ސީދި އޮޑިއަށް ސައިތާނު އަރާ އިންހެން ކެބިނެޓްގައި އިނީ މަލީހު
އުފަން ދަރިންނަކީ ދަރިންނެއް ނޫނޭ ބުނާވަރަށް މަލީހުގެ ބުއްދި ގޯސް
ގަމާރުން އުޅެއެވެ. އެކަމަކު މިއުޅޭ މަލީހު ވަރުގެ ގަމާރެއް ނުދެކެމެވެ. މިކަލޭގެއެއްގެ ސިނކުޑި ހަމަބާއޭ ހިތަށް އަރައެވެ. ތިމާއަށް އުޅެވުނު ގޮތެއް އުޅެވޭ ގޮތެއް ހަނދާން ހުރޭބާވައެވެ. އަމިއްލަ އުފަން ދަރިންނަކީ ތިމާގެ ދަރިންނެއް ނޫނޭ ބުނާ ހިސާބަށް ދިޔުންވެސް ކައިރިއެވެ. އެހާވެސް މިކަލޭގެ ހަނދާން ބައްޔެވެ.
މީގެ ހަތަރު އަހަރުކުރިން ދެކޮލުގައި ރަތްފުށް ޖަހައިގެން ދިންހާ އަތްވެއްގައި ވެހުނުހާ ވާރެއެއްގައި ތެޅެބޭލީ ކާކު ވެރިކަމަށް ގެންނަން ހެއްޔެވެ. ދަތްތައް ރޮނޑަށް ދީގެން އެއް ރަށުން އަނެއް ރަށުން ލަފާ އޮޑީ ކާޅު ހެދިގެން ކާކާ ލެއްވީ ކާކު ވެރިކަމަށް ގެންނަން ހެއްޔެވެ.
ލަދު ހަޔާތުގެ ކަންފުޅެއް ނެތެވެ. މިނުނު ނާޅި އަކުން މިނަން އެހެން މީހުނަށްވެސް އެނގޭނެއެވެ. ބުނަން ހެއްޔެވެ. ސީދި އޮޑިއަށް ސައިތާނު އަރާއިންހެން ރައީސް އިބޫގެ ކެބިނެޓްގައި އިނީ ތިޔަ މަލީހެވެ. ބޮޑު މުސާރަކައިގެން ދިދަޖެހި ކާރުގައި ދެކޮޅަށް ދުއްވިއިރު އިބޫ ވަރެއް ނެތެވެ.
އުޑެއް ބުޑެއްނޭނގި ވަޒީރުކަން ކުރަން އުޅެ ފެންވަރު ނެތި އިތުބާރު ކެނޑި ގިއްގެޅުނީމާ ތިޔަ ހުރީ ބޮލަށް ބެރިވެއްޓިފައެވެ. ތިޔަހުރި ބަހުރުވައަކުން ވެސް އިލްމެއް އަހުލާގެއް ފެންވަރެއް ނެތީ ކާކުކަން ތިބީންނަށް އެނގޭނެއެވެ.
ކޮމިއުނިކޭޝަން ސްކިލް ދެމިޔަކަނުން ހުރެ ތިޔަ ފައިބަނީ ޓްވިޓަރ ތެރެއަށެވެ. ތޫނު ފިލިކަމާ ބުއްދި ވެރިކަން ތިޔަ ހުރިވަރުން ގޮސް އޮންނަންވީ ޕީޕީއެމަކު ނޫނެވެ. މޮޔައިންގެ ހޮސްޕިޓަލެއްގައެވެ. ބޮލަށް ބޭސްކުރަން އާސަންދަ ލިބޭނެއެވެ.