ޓޮމަށް: އިބޫ ހޮވޭނީ މީހެއްގެ މުއްޕަތަކުން ނޫން

ޓޮމްމެން ކިޔާ ލަވަޔަކާ ބެރެއް ދިމައެއް ނުވޭ

ޓޮމަށް: އިބޫ ހޮވޭނީ މީހެއްގެ މުއްޕަތަކުން ނޫން

މާތްކަލާކޯ މިހިރަ ޓޮމާއެވެ. އުމުރު ހުސްވާއިރު ތިޔަ އުޅެނީ ޖެރީ އަތުނުވެގެންނެވެ. ބޯ ގާނަ ގާނައިގެން އަތުލަން ޖަހާ ކޮންމެ މަޅިއެއްގައި ބެދެނީ ޖެރީއެއް ނޫނެވެ. ޓޮމެވެ. ފޫޅުދިގު ހަންޑި ހެދިގެން ކަށްބޮލަށް ވެލިފުރުން ގިނަވެ ބީފާނުމެން ދުމަށިމަތީ އޮތް ތަގަރީގައި ކާށިކިރު ފެލާ ތެޔޮ ހޭނުން ނޫން ކަމެއް ނުކޮށް ބަޔަކު އިސްލާހު ޖާޑިއަށް ލީކަން ހަނދާނެއް ނެތް ދޯއެވެ.

ބޮލަށް ބެރި ވެއްޓި ކުޅެން އުޅުނު ކުޅިން ހަރުތާކު ނުޖެހި ބޯޅަދަޑުން ސިޔާސީ ދަނޑަށް ފުންމާލީމާ ވީ ވަކި ކޮން މޮޅެއް ހެއްޔެވެ. ހޯދަން އުޅުނު މޮޅު ނުލިބި މާފުށީ ޖަލު ގިބުލަޔަށް ހަދައިގެން ފުމެ އެރިޔަސް ކުރާނީ ކީއްހެއްޔެވެ. ޓްވިޓަރ އަތްގަނޑުން ދޭތެރެއަކުން ފެން ނުހިފުނަސް ވާހަކައެއް ބުނެލައިގެން މޭ ހެޔޮކޮށް ލެވޭތޯ ބަލާށެވެ. މީހުނަށް ޓޮމަކީވެސް އުޅޭ މީހެއްކަން އެނގޭނެ ތާއެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. ޓޮމްމެން ކިޔާ ލަވަޔަކާ ބެރެއް ދިމައެއް ނުވެއެވެ. މިދާކަށް ދުވަހު އެމްޑީޕީ މީހަކަށް ވުރެ އެމްޑީޕީ ވެގެން ކަރުން ނާރު ނަގާފައި އުޅުނީމު ނޫން ހެއްޔެވެ. އުފަންކުރި މައިމީހާއަށް ވުރެ އަންނި ދެކެ ލޯބިވެގެން ހީވީ ލަވައެއްގެ ހަމަޔަށް ކޮރުލާ ލަނގެރި ފަޓަންނީން ތަކެއް ހެންނެވެ. ކަނިފުށި ކަލޭގެ ޖެހި ކޮކަޑިއަށް ވީވަރުވެސް ނުވެ ޓޮމް ބޮލަށްވެސް އެރީ ތެލެއް ނުން ހެއްޔެވެ.

އަނެއްކާ މިހާރު ތިޔަ ދައްކަނީ ހުރާސާނުގައި ޗޭނު ޖަހާފައި އޮތް ދައްޖާލު ދޫކޮށްލާ ވާހަކަ ކަހަލަ ވާހަކަ އެކެވެ. ގާސިމޭ ނަޝީދޭ ނުކިޔާ ބަޅުރުއް ދަށުން ޓިކެޓް ވެއްޓޭތޯ ގުދަށް އޮވެބަލާށެވެ. ފަހަރެއްގައި ލައްވާލަފާނެއެވެ.

ރައީސް ސާލިހު ވެރިކަމުގައި އެ ހުރިއްޔަކީ ވެސް ޓޮމާއި ޓޮމްގެ އައުވާނުންގެ ވޯޓަކުން ނޫނެވެ. މާމިގިލީ މީހަކަށް ގާސިމް ވިޔަކަސް މަހިބަދޫ ތޯރިގަކަށް ގާސިމް އިބުރާހީމްގެ ސިޔާސީ މިސްރާބު ހުރި ގޮތެއް ނޭނގޭނެއެވެ. ނުވެސް އަންގާނެއެވެ. ރާއްޖޭގެ ސިޔާސީ އުޑި އަނބުރަނީކީ ޓޮމްއާއި ޕީޕީއެމަކުންނޫނެވެ. ޓޮމްމެން މިހާރު ކުރާންވީ ކަމަކީ މާފުށީ ޖަލުވަށާ ވާތާވަންދެން އެނބުރުމެވެ. ރައީސް ސާލިހު ދެވަނަބުރަށް ދޭތޯ ނުދޭތީ ބަލަން އުޅޭނެ ކަމެއް ނެތެވެ. އިބޫ ދެވަނަ ބުރަށް ދިޔުމާއި ނުދިޔުން އޮތީ ޓޮމްގެ ބަނޑުވަލަކު ނޫނެވެ. އަދި އެހެން މީހެއްގެ ބަނޑުވަލަކުވެސް ނޫނެވެ.