ރައީސް މޮހަނދުގެ އެއަރ އެންބިއުލާންސަކީ އިންޖީނުނެތް ހުސްފޮށިގަނޑެއް

އިންޑިއާގެ އަޝްކަރީ އުޅަނދުތަކުގާ ކުރިއެކޭ އެއްގޮތަށް އޮޕަރޭޝަންތައް ފަށާ އުނބަށް ޖެހުން

ރައީސް މޮހަނދުގެ އެއަރ އެންބިއުލާންސަކީ އިންޖީނުނެތް ހުސްފޮށިގަނޑެއް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރއެމްބިއުލާންސްގެ ހިދުމަތް ދޭން ފެށި ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީއަށް އެރުވީ މި އަހަރުގެ މާރޗް މަހުއެވެ. އޭގެފަހުން މިހާރު ފަސް މަސް ވަނީއެވެ. އެއަރ އެމްބިއުލާންސްގެ ހަބަރެއް ހިލަމެއް މިހާރަކު ނެތެވެ. 

ހެގަރުގައި އޮތް ބައު ބޯޓުގަޑެއްގައި ކުލަ އުނގުޅަލައިގެން ނެރެ ދައްކާލިއިރު ހީވީ އައު ކުޅަކަށް ގައުބިހެއް އެޅިގެން އުޅުނުހެންނެވެ. އެއަރ އެމްބިއުލާންސޭ ކިޔާފައި ނެރެ ދެއްކީ އެކަންކުރެވޭ ވަރަށްވުރެ ހަސްނެތް ބޯޓުގަނޑެއް ކަމަށް އޭރުވެސް ދެނެތިބި މީހުން ކިޔާއުޅުނެވެ.

އިންޑިއާގެ ހެލްކޮޕްޓަރު ތަކުގައި ނުޖެހި ކަންވާން އޮތްކަން މީހުނަށް ދައްކަން ބައު ބޯޓުގަޑެއްގައި ނަމަވެސް ކުލަލައިގެންވެސް ނެރެންވާނެތާއެވެ. އެއަރ އެންބިއުލާންސް މިތައް ދަތުރުކޮށްފިޔޭ ކިޔައިގެން ފުރަތަމަ މަހު ފިސާރި ބާރަށް އަޑުވެސް އެރުވިއެވެ. 

ފެށުމުގައި ވެސް ހަސްނެތް ބައު އުޅަދެއްގައި ކަންދައްކަން ފެށި ހިދުމަތް ހުއްޓުނުތާ ކިތަންމެ ދުވަހެކެވެ. ބޯޓުގަނޑުގައި އިންޖީނު ނެތްތާވެސް ކިތަންމެ ދުވަހެކެވެ. އެއަރ އެންބުލާންސަށް ހަދައިގެން އުޅުނު ސީޕްލޭނާއި ޑޭޝް8 މަރުކާގެ ބޯޓު އޮތީ ހަމަ ރަގަޅަށް ގްރައުންޑްވެފައެވެ. އިންޖީނު ނެތް ހުސްތޮށިގަނޑަކަށް ބަދަލުވެފައެވެ. 

ވަށަފަރު މުހައްމަދުގެ އެއަރ އެމްބިއުލާންސްގެ ހިދުމަތްވެސް ވެގެން މިދިޔައީ ޖަމަލު ފޮޑިއަށެވެ. އެންމެ ފަހުން ބޭނުން ނުކުރާން އުޅުނު އިންޑިއާގެ އަޝްކަރީ ހެލްކޮޕްޓަރ ތަކާއި ޑޯނިއާ ބޯޓްގައި ކުރިއެކޭ އެއްގޮތަށް ރެސްކިއު އޮޕަރޭޝަންތައް ފަށާ އުނބަށް ޖެހީއެވެ.

އެކަމަކާ ހުރެ މިނިވަން ކަމާ ސިޔާދަތު ގެއްލޭތީ ފަޔަށް ހިނި އަރައިގެން އުޅުނު މީހުން މި އަހަރުގެ މިނިވަން ދުވަހު ރަސްމީކޮށް އިންޑިއާގެ އަސްކަރީ އުޅަދުތަކުގައި އިންޑިއާ ލައްވާ ރެސްކިއު އޮޕަރޭޝަންތައް އެ ފެށީއެވެ. މިހާރަކު ގެއްލޭ މިނިވަންކަމެއް ސިޔާދަތެއް ނެތެވެ.