ޕީޕީއެމުން އުޅެނީ ނުވިހާ ދަރިއެއްގެ ފޫޅުކަނޑަން
ޔާމީނަށް ވާދަކުރެވޭނެ ގޮތް ހަދަދޭން މަސައްކަތްކުރާ މީހަކު ނޫޅެ
ހެޔޮނުވާނެއެވެ. މީހުން ގުނބޯ ހައްދަން ވާނީ ވަކި ވަރަކަށެވެ. ޕީޕީއެމްގެ މައުސޫމް އާއްމު ރައްޔިތުންނަށް އެ ޕާޓީގެ ލީޑަރޝިޕުން ހުވަފެން ދައްކާ ދައްކާ އެ ފަކީރުން އަވަދިވާ ވަރު ވެއްޖެއެވެ. ޕީޕީއެމްގެ ލީޑަރޝިޕުން ކުރާ ކަމެއްގެ ފުލެއް ބިތެއް ނެތެވެ. ލީޑަރޝިޕްގެ އެކި މީހުން އުޅެނީ އެކިފާޑާށެވެ. ނަމުން ރައީސް ޔާމީނަށް ވެރިކަން ހޯދާދޭށެވެ.
ފެން ހިފާ އެއްކަމެއް ނުކުރެއެވެ. މުޒާހަރާ ކުރާނަމުގައި ކޮންމެ ރެއަކު ދޮޅަހަކަށް މީހުން ނެރެގެން ދެއްކޭ ނުދެއްކޭ ނޭނގެއެވެ. އެކި ފަހަރު އެކި ނަމުގައި އިންޑިއާ އައުޓު ޖައްސަން އުޅެއުޅެ ވަޔަކު ނުހިފިއެވެ. ހަރާން ހުކުން ކަމަކަށް ނުވިއެވެ. ނުހެދިގެން އުޅުނު ޗަގޯސް ވެސް ހަދާ ނިމިއްޖެއެވެ. ކަނޑުވިއްކި ޕެޓިޝަން ދިޔައީ ތޮޅިއަށެވެ. ހަމަ ތެދެކެވެ. ސިޔާސީ ހަރަކާތުގައި ޕީޕީއެމެކޭ ހުންގާނުނެތް ދޯންޏެކޭ ތަފާތެއް ނެތެވެ.
ޕީޕީއެމްގެ ލީޑަރޝިޕްގެ އެކި މީހުން އުޅެނީ އެކި ޓްރެކްގައެވެ. ޑރ. ޖަމީލު ބުނެފައި އޮތީ ޖަލު ނޯޓް ދެންނާނެ ކަމަށާއި ރައީސް ޔާމީނުގެ ވިދާޅުބަސްފުޅު އިއްވާނީ ޖަމީލު ކަމަށެވެ. މަޖިލީހުގެ ތެރެއިން އަންނި އިސްވެ ހުރެ އިދިކޮޅު ގަޑުކޮށް ޔާމީނު ނޫން މީހަކަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓްކަން ހޯދަ ދޭން ކުރާ މަސައްކަތުގައި ނައިފަރު ޝިޔާމާއި ތޯރިގުމެން ތިބީ ރަނގަޅަށް ބަނދެވިފައެވެ. މަޖިލީހުގައި އަންނި ކައްކާ ގޭހުގައި ޕާޓީގެ ރަސްމީ ނިންމުމެއް ނެތި އެމްއެންޕީން އުޝާމާއި ޖޭޕީން އަލީ ހުސައިން ޖެހިފައި ތިިބިހެން ނައިފަރު ޝިޔާމްމެން ޖެހި ރައީސް ޔާމީނުގެ ނަމުގައި ނޭނގި ތިބެ އަންނިއަށް އިދިކޮޅުގެ ބާރުތައް ދަނީ ޖަމާކޮށް ދެމުންނެވެ.
ރައީސް ޔާމީނުގެ ނަމުގައި އަދުރޭ އިސްވެ ހުރެ މަގުކޮށާ ދެނީ ގާސިމަށް ރައީސްކަން ހޯދާ ދޭށެވެ. އެއްބަޔަކު ސިޔާސީ މީޓިންތައް އަންނިއާއެކު ހަދަމުން ދާއިރު އަދުރޭގެ މަސައްކަތަކީ ގާސިމް ކޮޅަށް ޕީޕީއެމްގެ ހުންގާނު އަނބުރާލުމެވެ. އަނެއްކޮޅުން މާލެސިޓީ ކައުންސިލްގެ ތެރެއިން ލިބެން އޮތް ހުރިހާ ބާރެއް ނަގައިގެން ޕީޕީއެމް މެޔަރ މުއިއްޒުގެ ކޮންޓްރޯލަށް ގެންނަސް ޕީޕީއެމްގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ނިކުންނަން މުއިއްޒު ހޭނުބަހައްޓާ މަސައްކަތް އެބަކުރެއެވެ. މުއިއްޒު ފަހަތުގައި އޮތީ ސަލަފް ޖަމިއްޔާއެވެ. ގައްސާނު މައުމޫނު ގެންގުޅެނީ މުޅިން އެހެން އެޖެންޑާއެކެވެ.
ލީޑަރޝިޕްގެ އެކި މީހުން އެކި ޓްރެކްގައި ތިބެގެން އެ މީހުންގެ މަގަށް ތާއީދު ހޯދަން ދައްކަނީ ރައީސް ޔާމީނެވެ. އަޑަށް ބާރުލާފައި އެހެން ޕާޓީއެއްގެ ފަހަތަށް ޕީޕީއެމް ނާރާނެ ކަމަށް ބުނަމުން ޕީޕިއެމް ލީޑަރޝިޕްގެ ގިނަ މީހުން ތިބީ އެކި ސިޔާސީ މީހުންގެ އުނގުތެރެއަށް ވެއްޓިގަނެގެންނެވެ. ކޮންމެ މީހަކުވެސް ކުރާ މަސައްކަތަކީ އެ މީހަކު ތާއީދުކުރާ މީހެއްގެ ފަހަތަށް ޕީޕީއެމްެ ބޮޑު ބައެއް ކަހަލަ ދިނުމުގެ މަސައްކަތެވެ.
ރައީސް ޔާމީނު މިނިވަންކޮށްގެން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ހަދަދޭން މަސައްކަތްކުރާ މީހަކު ނޫޅެއެވެ. ޖަމީލު ބޭނުންވަނީ ޖަމީލަށް ޕީޕީއެމްގެ ޓިކެޓް ލިބޭށެވެ. މުއިއްޒު މަސައްކަތް ކުރަނީ މުއިއްޒަށް ޓިކެޓް ހޯދާށެވެ. އަދުރޭމެން އުޅެނީ ރައީސް ޔާމީނު ނޫން މީހަކު ނެތޭ ކިޔައިގެން މީހަކު ނުނެރި ފަހު ވަގުތު ގާސިމަށް ޕީޕީއެމް ވެދުން ކުރާށެވެ. ނައިފަރު ޝިޔާމްމެން ބޭނުންކޮށްގެން ޕީޕީއެމްގެ ބޮޑުބައެއް އަންނި ހޯދުމަކީ ވެސް ހިފިފާ ހުރި އަމާޒެކެވެ.
ނަމުގައި ޕީޕީއެމް އުޅެނީ ރައީސް ޔާމީނަށް ވެރިކަން ހޯދަދޭށެވެ. އާއްމު މެންބަރުންގެ ލޮލުގައި އަނދުން އަޅުވައިގެން ރައީސް ޔާމީނުގެ ނަން ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތައް ފެށުމެކޭ ނުވިހާ ދަރިއެއްގެ ފޫޅުކަނޑަން އުޅުމެކޭ ތަފާތެއް ނެތްކަން ޕީޕީއެމް ލީޑަރޝިޕަށް ރަނގަޅަށް އެނގެއެވެ. އާއްމު މެންބަރުންނަށް އެކަން ރޭކާލާއިރު ޕީޕީއެމް އޮންނާނީ ގާސިމު ނޫނީ އަންނިގެ ޕަޕެޓެއްގެ ގޮތުގައެވެ.