ނުދައްކާހުރި ފައިސާތައް ދައްކަން މީހުންގަނޑު މީރާގައި!؟؟

ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ލިބުމުން ދަރަނީގެ މައްސަލަ ހައްލު ކުރެވޭނެ:ރައީސް

ނުދައްކާހުރި ފައިސާތައް ދައްކަން މީހުންގަނޑު މީރާގައި!؟؟

ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ ލިބުމުން ވެއްޓިފައިވާ އަނދަވަޅުން އަރައިގަނެވި ދަރަނީގެ މައްސަލަ ހައްލު ކުރެވޭނެކަމަށް ރައީސް ވަށަފަރު މުހައްމަދު ވިދާޅުވުމުން އަންތަރީސް ވެއްޖެއެވެ. މުހައްމަދާއެވެ. ގައުމެއްގެ ނިސްބަތުގައި އެންމެ 13 ބިލިޔަން ރުފިޔާ ލިބިގެން ދަރަނިން އަރައި ގަނެވެންޏާ އެއްޔަކީ ދަރަނިވެރި ވެފައިވާ ގައުމެއް ކަމަކަށް ނުވާނެއެވެ. 

120 ބިލިޔަން ޑޮލަރުން ދަރާފައޭ ކިޔައިގެން މިހުރިހާ ދުވަހު މުހައްމަދު ހެދީ ދޮގުތާއެވެ. ކުރީ ސަރުކާރޭ ކަހަރުވަކޭ ކިޔައިގެން މުހައްދު އުޅުނީ ނަފްރަތު އުފައްދައިގެން ރައްޔިތުންގެ ރުހުން ހޯދަންކަން ތިޔަ ދެއްކި ވާހަކައިން އެކަނިވެސް އެގިއްޖެއެވެ.    

ދައުލަތަށް ލިބެންޖެހޭ 13 ބިލިޔަން ރުފިޔާ ހުރެ، އެފައިސާ ދައުލަތަށް ނުހޯދިފައި އެހުރީ ކީއްވެކަން ވަށަފަރު މުހައްމަދަށް ނޭނގި އޮތުމަކީ ކުރީ ސަރުކާރުން އެފައިސާ ހޯދަން ނޫޅުން ކަމަށް ވާންޖެހޭ ސަބަބެއް ނޫނެވެ.  ބިން ކުއްޔަށް ދީގެން އެކަނިވެސް 513 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ލިބެންޖެހި ނުލިބި އޮތްކަން އެނގިހުރެ ހަތް މަހަށްވުރެ ގިނަ ދުވަސްވީއިރު ނުހޯދާ މުހައްމަދު ތިޔަހުރީ ކީއްވެފައި ހެއްޔެވެ. އެ ފައިސާ އެކަނި ހޯދިޔަސް ދަރަނީގެ މައްސަލަ ހައްލުވީ ކަން އެނގުނީ ރޭ ޖަލްސާއަށް އަންނަނިކޮށް ހެއްޔެވެ.

ޓީޖީއެސްޓީގެ ގޮތުގައި 102 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ނުލިބި ހުރި ކަމަށް އަނގަފުރާފައި ބުނާއިރު ޓެކްސް ފައިސާ ހޯދުމަކީ ސަރުކާރުން ކުރާކަމެއް ނޫންކަން ވެސް ވަށަފަރު މޮހަނދަކަށް ނޭނގެއެވެ. ކޯޕަރޭޓިވް އިންކަމް ޓެކްސްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ކުރީ ސަރުކާރު ތަކުން ދައުލަތަށް ނުހޯދާ ހުރި ވާހަކަ ދައްކާއިރު މީރާގެ އިހުތިސާސްގެ ތެރެއަށް ސަރުކާރު ތަކަށް ނުވަދެވޭ ކަމެއް މި ކަލޭގެއަކަށް ނޭނގެއެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތާއި އެހެނިހެން ވައްކަންތަކުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ހުސްވި ހަފްތާގެ ތެރޭގައި ލިބިއްޖެއޭ ކިޔައިގެން ބައިސާ ކަނޑަން މިހާ އަވަހަށް ތިޔަ ފެށީއެވެ. ކުޑަކުޑަ ލާރިކޮޅެއް ދައުލަތަށް ލިބިގެން ނެގިނެގިފާ މިޖެހެނީ ގުއިނުދެކޭ ކާޅަށް ގުއިފެނިގެންތާއެވެ. މި ސަރުކާރުން ސިޓީއެއް ފޮނުވާލާއިރަށް ނުދައްކާ ހުރި ފައިސާތައް ދައްކަން ވެއްޓި ފޮރޮޅެމުން މީހުންގަނޑު ގޮސް އެތިބީ މީރާގެ ކުރިމަތީގައި ފަތީލެވިގެން ވިއްޔާއެވެ. ވަނީ އެހެންތާއެވެ. ވަށަފަރު މުހައްމަދު ވެރިކަމަށް އެރީއްސުރެ ރައްޔިތުންގެ ޖީބުތައް އެހުންނަނީ ފައިސާއިން ފުރާ ބާރުކޮށްފައެވެ.