ދޮގުނުކުރެވޭނެ ހަގީގަތް: ކުދި އަދި މެދުފަންތި ވިޔާފާރި
ކުދި އަދި މެދުފަންތީގެ ވިޔާފާރިކުރާ 1100 ފަރާތަކަށް 1.16 ބިލިއަން ރުފިޔާ އެސްއެމްއީ ބޭންކުން ދޫކޮށްފި
ޕްރައިވެޓް ސެކްޓަރަކީ ދިވެހި އިގްތިސާދުގެ ދިރުމެވެ. ޕްރައިވެޓް ސެކްޓަރގެ ވިޔާފާރި ކުރިއެރުވުމަށް މި ސަރުކާރުން ކަންކަން ނުކުރާ ކަމަށް ވާދަވެރިން އެބަބުނެއެވެ. ވާދަވެރިން އެބުނާ ބުނުމުގައި އެއްވެސް ހަގީގަތެއް ނެތްކަން ސާބީތުވާ އެންމެ ބޮޑު އެއް ހެއްކަކީ އެސްއެމްއީ ބޭންކެވެ.
އެސްއެމްއީ ބޭންކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އެހީތެރިވެދޭ ދިނުމަކީ އެޅުނު އެންމެ ހަރުދަނާ އެއް ފިޔަވަޅެވެ. އެސްއެމްއީ ބޭންކް ކަށަވަރުކޮށް ދެނީ އުންމީދީ މަންޒަރެކެވެ. ޒުވާނުންނާއި އަންހެނުން އުފެއްދުންތެރިކަމުގާ ކުރިއަށްދާ ދިޔުމެވެ. މަސައްކަތްތެރިކަމާއި ވިޔަފާރީގައި ކުރިއަރާ ދާން އެދޭ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެ ބޭންކުން ދެމުން ދަނީ ކެނޑިނޭޅިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔާފާރިކުރާ 1100 ފަރާތަކަށް 1.16 ބިލިއަން ރުފިޔާ އެސްއެމްއީ ބޭންކުން މިހާތަނަށް ދޫކޮށްފައި ވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ލުއިލިބި އަންހެނުންނާއި ޒުވާނުން ފުދުންތެރިވެ ބާރުވެރި ވަމުން އެދަނީ ފަތުއަޑު ކިޔާފައެވެ.
އަނެއް ކޮޅުން އޯތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ބައިނަލްއަގުވާމީ ވާން ފެށިފެށުމަކީ ހެޔޮފާލެކެވެ. ޖަޕާންގެ ނަރީޓާ އަދި ކަންސާއި އެއަރޕޯޓުން އޯތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް މިހާރު އެހުރީ ލިބޭށެވެ. މިފެށުން ފުޅަވެގެން ގޮސް ކުރިއަށް އޮތްތަނުގާ ދުނިޔޭގެ އެކި ގައުމުތަކުން އޯތެންޓިކް ދިވެހި އުފެއްދުންތައް ލިބޭކަށް ލަހެއް ނުވާނެއެވެ. އޯތެންޓިކް މޯލްޑިވްސް ފިހާރަތަކަކީ މިފަދަ އުފެއްދުންތައް މާކެޓްކޮށް އެވިޔަފާރިއަށް ފަހިކަން ގެނެސްދިނުމުގެ ޕްލެޓްފޯމެވެ. އޭގެ ޒަރީއާއިން 2000 އަށްވުރެ ގިނަ ދިވެހި އުފެއްދުން ދުނިޔޭގެ މާކެޓްގާ ޑިސްޕްލޭ ކުރެވޭނެ މަގު ފަހިވެއްޖެކަން ގައިމެވެ. ރައީސް ސާލިހު ވިދާޅުވާހެން މިހާތަނަށް 182 ދިވެހި ސަޕްލަޔަރުން އޯތެންޓިކް މޯލްޑިވްސް ވިޔަފާރީގާ ހަރަކާތްތެރިވެއެވެ. އޭގެ 57 އިންސައްތައަކީ އަންހެނުން ކަމަށް ވުމަކީ އަންހެނުން ފުދުންތެރިވެ ބާރުވެރި ވަމުން ދާކަމުގެ ދަލީލެކެވެ.
ރައީސް ސާލިހުގެ ހެޔޮވެރިކަން ފެނުނަސް ނުފެންނަ ކަމަށް ހަދާ އޮޅުވާލަން އުޅުނަސް އެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަކަށް އެކަމެއް އޮޅުވައެއް ނުލެވޭނެއެވެ. ވީކަމެއް ނުވާކަމަކަށް ނުހެދޭނެއެވެ. ސިޔާސީ ފިތުނައިގެ ހުޅުގައި އަދާ ހުލިވެދާނީ ހެޔޮވެރިކަމެއްގެ ހެޔޮކަން ލިބިގަންނަން ނޭނގޭ ހަސަދަ ވެރީންނެވެ.