ބްކިންގތައް ކެންސަލްވެ، ސަރވިސްޗަރޖް ދަށެއްނުވާނެ: ޓީމް

ޓެކްސް މައްސަލާގައި މަޓާޓޯ ދެކޭގޮތް ގޯސް: ޓީމް އެއްބަހެއް ނުވޭ

ބްކިންގތައް ކެންސަލްވެ، ސަރވިސްޗަރޖް ދަށެއްނުވާނެ: ޓީމް

ޓީޖީއެސްޓީ ބޮޑުކުރުމަކުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްތަކުރާ މުވައްޒަފުންގެ ސާވިސް ޗާޖުން 2000ރ. ކުޑަ ނުވާނެ ކަމަށާއި ބުކިން ކެންސަލްވާނެ ކަމަށް ނުފެންނަކަމަށް ޓީމުން ބުނެފިއެވެ. ހަމައެކަނި ޓެކްސް އިތުރުކުރާ ގުޅިގެން އެފަދަ ބަދަލެއް އަންނާނެ ކަމަށް ޓީމުން ގަބޫލެއް ނުކުރެއެވެ. މީގެ ކުރިން ޓެކްސް ބޮޑުކުރުމުން ބުކިންގ ތަކަށް ބަދަލެއް އައިސްފައި ނުވާ ކަމަށް ޓީމުން ބުނެއެވެ.

ޓެކްސް ބޮޑުކުރުމުން ޓުއާރ އޮޕަރޭޓަރުންނާއި ޓޫރިސްޓު އޮޕަރޭޓަރުންގެ ފައިދާއަށް ކޮންމެވެސް ވަރަކަށް އަސަރު ކުރާނެ ކަމަށް ޓީމުން ލަފާކުރެއެވެ. އެހެން ނަމަވެސް ޓެކްސް އިތުރު ކުރުމުން އެކި ސިނާއަތް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް ޓީމުން ދެކެއެވެ. ސަރުކާރުގެ އެފަދަ ސިޔާތު ތަކަށް އެ ޖަމިއްޔާއިން މަރުހަބާ ކިޔައެވެ.

ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ މުއައްޒަފުންގެ ޖަމިއްޔާއިން ދެކެނީ " ދައުލަތުގެ އާމްދަނީ އިތުރުކޮށް އިގްތިސާދީ ހާލަތު ރަނގަޅުކޮށް މުވައްޒަފުންގެ މުސާރަ އިތުރުކޮށް ރައްޔިތުންގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ވިޔަފާރިތަކުން ޓެކްސް އިތުރުކުރުމަކީ ނުހަނު މުހިންމު ކަމެއް" ކަމަށެވެ. އޭގެ އިތުރުން ޓޫރިސްޓުންގެ އަތުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) އިތުރުކުރުމާއި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) އަދި ހަމަ އެހެންމެ އާމްދަނީއިން ނެގޭ ޓެކްސް (އިންކަމް ޓެކްސް) ޕްރޮގްރެސިވްކޮށް ކޮންމެހެން އިތުރުކުރުމަކީ މުޅި ގައުމުގެ އިގްތިސާދު ކުރިއަށް ގެންދިއުމަށްޓަކައި އަދި މާ މުހިންމު ކަމެއް ކަމަށް ވެސް އެ ޖަމިއްޔާއިން ދެކެއެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮކުރުމުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކަނި ވެސް ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ގެއްލުންވާނެ ކަމަށް މަޓާޓޯއިން ބުނާ ބުނުމާ ޓީމުން ދެކޮޅު ހަދައެވެ. ސަރުކާރުގެ އެ ނިންމުން ބަދަލުކުރުމަށައި މަޖިލީހުން އެކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް މަޓާޓޯއިން ގޮވާލާ ގޮވަލުމާ ދެކޮޅު ހަދާ ކަމުގެ ހަގީގަތް އޮތްގޮތް ސާފުކޮށް ދިނުމަށް ޓީމުން ވަނީ ބަޔާނެއް ނެރެފައެވެ.