ބޭރުކުރާ މަހުގެ ޑިއުޓީ ކަނޑާލަން މުއިއްޒު މަސައްކަތެއްނުކުރޭ!

ބޭރުކުރާ މަހުގެ ޑިއުޓީ ކަނޑާލަން މުއިއްޒު މަސައްކަތެއްނުކުރޭ!

މޯލްޑިވްސް- ޔޫކޭ ޑަޔަލޮގުގެ މިފަހަރުގެ ބައްދަލުވުމުގައި ފްރީ ޓްރޭޑް އެގްރިމަންޓްގެ ވާހަކަ ނުހިމެނި ސަބަބު ރައްޔިތުންނަށް ހާމަކޮށް ދިނުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު އަބްދުއްލާ ޝާހިދު ގޮވާލައްވައިފިއެވެ. އޮނަރަބަލް ޝާހިދު އެކަމަށް ގޮވާލެއްވީ އެމްޑީޕީގެ ނޫސްބަޔާނެއް ޓެގްކުރައްވާ މިއަދު އެސްގައި ކުރެއްވި ޕޯސްޓްގައެވެ.

މޯލްޑިވްސް- ޔޫކޭ ޑަޔަލޮގުގެ މިފަހަރުގެ ބައްދަލުވުމުގައި ފްރީ ޓްރޭޑް އެގްރިމަންޓްގެ ވާހަކަ ނުހިމެނުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ވަނީ ބަޔާނެއް ނެރެފައެވެ. 2025 ގައި ތަންފީޒު ކުރުމަށް ތާވަލުކުރެވިފައިވާ މޯލްޑިވްސް- ޔޫކޭ ފްރީޓްރޭޑް އެގްރިމަންޓްގެ މަސައްކަތް ރައީސް މުއިއްޒު ސަރުކާރުން ކުރިއަށް ގެންދަން މަސައްކަތެއް ނުކުރެއެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ ވާހަކަ މޯލްޑިވްސް- ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުމުގައި ހިމަނާފައި ނުވުމުގެ ކަން ބޮޑުވުން އެމްޑީޕީ ފާޅުކޮށްފިއެވެ.

ރައީސް ސާލިޙްގެ ސަރުކާރުން ކުރިމަސައްކަތުން އިނގިރޭސިވިލާތަށް ރާއްޖެއިން ބޭރުކުރާ މަހަށްނަގަމުންއައި ޑިއުޓީ %24 އިން %20 އަށް 2020 ގައި ތިރިކުރިއެވެ. ޑިޔުޓީ މުޅީން ކަނޑާލުމަށް ދެ ގައުމުގެ ދެމެދުގައި ފްރީ ޓުރޭޑް އެގްރީމަންޓެއް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި އޭރު ކުރިއަށް ގެންދިޔައެވެ. 

އެހެން ނަމަވެސް އެންމެ ފަހުން މިދިޔަ ހަފްތާގައި ބޭއްވި މޯލްޑިވްސް- ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުމުގައި ފްރީ ޓްރޭޑް އެގްރިމަންޓްގެ ވާހަކަ ހިމަނާފައެއް ނުވެއެވެ.