އެސްޓީއޯ ސިއެފްއޯ ނިޒާމް ދުއްވާލުމުގެ ރޭވުން

ހަމަހިފަހައްޓާ ހިދުމަތްތެރިން ދުއްވާލަން އުޅޭނީ ވައްކަން ކުރަން

އެސްޓީއޯ ސިއެފްއޯ ނިޒާމް ދުއްވާލުމުގެ ރޭވުން

މިވަގުތު ގަބޫލު ކުރަންޖެހޭ އެއް ހަގީގަތަކީ ރައީސް މުއިއްޒުގެ ސަރުކާރު ބަލިކަށި ކުރުމަށް ވެސް ރެޔާދުވާލު މަސައްކަތް ކުރާނެ ބަޔަކު ތިބޭނެ ކަމެވެ.

އަމުދުން ރައީސް ޔާމީން ސިޔާސީ ޕާޓީ އެއް އުފައްދަވާ އޭގެ ފަސްމުގޫ ޑރ. ޖަމީލާއި  މަލީހް ޖަމާލަށް ދެއްވީމާ ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ ކަމެވެ. 

މީހެއްގެ ޕްރޮފައިލް ޕިކްޗަރ ސޭވްކޮށް އެމީހާގެ ނަމުގައި ކޮންމެ ނަމްބަރެއް ސޭވް ކޮށްގެން ވެސް ފޭކް ޗެޓް ލޮގެއް އުފައްދާ އޭގެ ސްކްރީން ޝޮޓް ސޯޝަލް މީޑިއާގައި ދައުރު ކުރީމާ ބަލާމީހުންނަށް އެއީ އަސްލު މީހާ ނޫން ކަމެއް ނޭނގޭނެއެވެ.

މިގޮތުން މިހާރު ހިނގާ އެންމެ ބޮޑު ރޭވުމަކީ މި ސަރުކާރުގެ އޯނަރު ފޮނަދޫ ޢަބްދުއްރަހީމް ޢަބްދުއްލާ އާ މިހާރުގެ އެސްޓީއޯގެ ސީއެފްއޯ ނިޒާމާ ދެމެދު ނުތަނަވަސް ކުރުވައިގެން ނިޒާމްގެ މަގާމް ގެއްލުވާލުމުގެ ޖަރީމާ އެކެވެ.

އެސްޓީއޯގެ ސީއެފްއޯ ނިޒާމަކީ ފާއިތުވި 15 ވަަރަކަށް އަހަރު އޭނާގެ ޕްރޮފެނަލިޒަމް އާއި  ޕާރފޯރމެންސް އިން ދެއްކި ރަނގަޅު ނަތީޖައިން އެހިސާބަށް ދަތުރުކުރި ޓެކްނިކަލް ބޭފުޅެކެވެ.  

ސަރުކާރު ތަކާއި އެމްޑީން ބަދަލު ވިޔަސް އެއްވެސް ސިޔާސީ ކުލައެއް ނެތި ކުންފުނީގެ ކުރިއެރުމަށް މަސައްކަތް ކުރެއްވި ފަރާތެކެވެ. މިކަމަށް ހެކިވާނެ އެންމެ ބޮޑު ހެއްކަކީ އެސްޓީއޯގެ މިހާރުގެ ވެރިޔާ ސިމާދެވެ. ދެން އޭގެ ކުރިން އިއްޔެއާ ހަމައަށް ހުންނެވި މއ. ކޮށީގޭ ކެޕްޓަން އަބްދުއްލާ ސައީދެވެ. ނޫނީ ރައީސް ޔާމީންގެ ވެރިކަމުގައި ހުންނެވި އެސްޓީއޯގެ ވެރިޔާ އެވެ. ނުވަތަ އަންނަން ހުރި މާލޭގެ މޭޔަރު އާދަމް ޢާޒިމެވެ. 

ސާފުކޮށް ބުނަމެެވެ. މި ނޫހަކީ ނޫހެކެވެ. އޮންނަ ސަރުކާރުގެ އަޅެއް ވެސް ނޫނެވެ. އަދި ހަތުރެއް ވެސް ނޫނެވެ.

ކޮންމެ ބައެއްގެ ރޭވުމުގައި އަދުރޭ އާއި ރައީސް މުޢިއްޒު ވާވަދެގެން މިސަރުކާރު ކޮސް ހެދި ވަރަކަށް އުފާކުރާނެ ބަޔަކު ބަޔަކު އުޅުނަސް ދައުލަތަށް ދެރަވުމަކީ އެންމެނަކު އަބަދަކު އުފާވާނެ ކަމެއް ނޫނެވެ.

އަމްދުން ރައްޔިތުންގެ އިތުބާރު ލިބިފައިވާ ދައުލަތުގެ އެންމެ ބޮޑެތި ކުންފުނި ތަކުގައި ހަމަ ހިފަހައްޓަން ތިބޭ ތަޖުރިބާކާރު ހިދުމަތްތެރި ފަންނީ ގާބިލު ބޭފުޅުން ދުއްވާލަން އުޅޭނީ ކުންފުނިން ނާޖާއިޒު ފައިދާއެއް ނަގާ ބޮޑު ވައްކަމެއް ހިންގާލަން އުޅޭ ބައެކެވެ.