ޓެކްސް ޕޭޔަރުން ރުހުމުގައި ޓެކްސް ނުދައްކާނެ: މެންބަރ އައްދު

ނިމިދިޔަ އަހަރުތަކަކީ މާލިއްޔަތަށް ބުރަބޮޑު އަހަރުތަކެއް: ސަރުކާރު

ޓެކްސް ޕޭޔަރުން ރުހުމުގައި ޓެކްސް ނުދައްކާނެ: މެންބަރ އައްދު

ރައީސް މުއިއްޒު ސަރުކާރުން 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުން ނަތީޖާ ނިކުންނާނެ ކަމާ މެދު އައްޑޫ މީދޫ ދާއިރާގެ މެންބަރު އައްދު ސުވާލު އުފައްދަވައިފިއެވެ. މެންބަރ އައްދު ފާހަގަ ކުރައްވާ ގޮތުގައި ބަޖެޓްގައި ނަތީޖާ ހާސިލު ވާނެކަމާމެދު ޝައްކުއުފެދޭ އެތައް ކަމެއް އެބަހުއްޓެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ވިދާޅުވާ ގޮތުން ހަރަދު ކުޑަކުރުމަށާއި އާމްދަނީ ހޯދުމަށް ސަރުކާރުން އަޅަންއުޅޭ ފިޔަވަޅުތަކުން ރައްޔިތުންނާއި ސަރުކާރު ކަރުބުޑުގައި ހިތިރަހަލާނެއެވެ. އައްދު ވިދާޅުވި ގޮތުގައި ރާއްޖެ އޮތީ އިގްތިސޯދީ އަނދަވަޅެއްގައިކަމަށް އޭނާވެސް ގަބޫލު ކުރައްވައެވެ. އައްދު ވިދާޅުވީ އެކަމަކީ ކުރީ ސަރުކާރޭ ކިޔައިގެން ފުއްދާލެވެން އޮތްކަމެއް ނޫނެވެ. އެހާލަތަށް ރާއްޖެ ދިޔައީ ފާއިތުވި ހުރިހާ ސަރުކާރުން އެޅި ފަރުވާކުޑަ ފިޔަވަޅުތަކެއްގެ ނަތީޖާއިން ކަމަށް އައްދު ވިދާޅުވިއެވެ. 

ވޭތުވެދިޔަ ދައުރުގެ އަހަރު ތަކަކީ ދައުލަތުގެ މާލިއްޔާއަށް ބުރަބޮޑު އަހަރުތަކެއް ކަމަށް މި ސަރުކާރުން މިހާރު ގަބޫލު ކުރާކަން އައްދުގެ ވާހަކަތަކަުން ރައްޔިތުންނަށް ކަށަވަރުކޮށް ދެއްވިއެވެ. ބަޖެޓްގެ ފިސިކަލް ޕޮލިސީގެ ތައާރަފްގައި މި ސަރުކާރުން ބަޔާންކޮށްފައި ވާކަމަށް އައްދު ވިދާޅުވީ ކޮވިޑް19 ބަލިމަޑުކަމާއި ކުރިމަތިވި އިގްތިސޯދީ ހީނަރުކަމާއި ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ ތެލުގެ އަގު ބޮޑުވުމާއި ދައުލަތުގެ ބަޖެޓާއި ބޭރުފައިސާގެ ރިޒާވަށް ކުރި ނޭދެވޭ އަސަރުން ފާއިތުވި އަހަރުތައް ވެެގެން ދިޔައީ ދައުލަތުގެ މާލިއްޔާއަށް ބުރަބޮޑު އަހަރުތަކެއް ކަމަށެވެ. 

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުބޮޑުވެ ގިނަ ގައުމު ތަކުގެ އިންފްލޭޝަން ރޭޓް މަތިވުން ކުޑަކުރުމައްޓަކާ މަރުކަޒީ ބޭންކް ތަކުން އިންޓްރެސްޓް ރޭޓްތައް މަތިކުރުމުން ދައުލަތުގެ ބަޖެޓް ފައިނޭންސް ކުރުމަށް ގޮންޖެހުންތަކެއް ކުރީ ސަރުކާރަށް ކުރިމަތި ވިކަން މިސަރުކާރުން ގަބޫލުކޮށްފައިވާކަން އައްދުގެ ވާހަކަފުޅުން ސާފުވިއެވެ.  

ދައުލަތަށް ލިބޭނެކަމަށް 2025ގެ ބަޖެޓްގައި ލަފާކޮށްފައިވާ ޓެކްސްތައް ލިބޭނެ ކަމަށް އައްޑޫ މީދޫ މެންބަރު ގަބޫލެއް ނުކުރައްވައެވެ. ޓެކްސް ޕޭޔަރުން ރުހުމުގައި ޓެކްސް ދައްކާނެ ކަމަކަށް ވެސް އައްދު ގަބޫލެއް ނުކުރައްވައެވެ. އެހެން ކަމުން ދައުލަތައް ލިބެންޖެހޭ އާމްދަނީ ފުރޭނިގެން ގޮސް ބޮޑުބައެއް ގެއްލިގެން ދާނެކަމަށް މެންބަރ އަބްދުއްރަހުމާން ދެކެވަޑައި ގަންނަވައެވެ.