ރައްޔިތުންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި ނާއުއްމީދު: މޭޔަރ އާޒިމް

ދިވެހި ރައްޔިތުންގެ މޫނުމަތިން މިއަދު ފެންނަން ހުރީ މާޔޫސްކަމާއި ނާއުއްމީދު ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ވިދާޅުވެއެވެ. އެކަމުގެ ސަބަބުތައް ބައިވަރު ކަމަށްވެސް އާޒިމް ވިދާޅުވެއެވެ.
ލައިގެން ކާނެ އެއްޗެއް ގެޔަށް ވައްދާނެ ފެންވަރެއް މިއަދު އާންމު މީހާގައި ނެތްކަމަށް ވިދާޅުވަމުން މާލޭ މޭޔަރ ވިދާޅުވަނީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ދިވެހިން ހޯދި ބަސް ބުނުމުގެ ހައްގާއި އަަމިއްލަ ހިޔާލުގެ މައްޗަށް ވާހަކަ ދެއްކުމުގެ ހައްގު ވެސް ސަރުކާރުން ނިގުޅައިގެންފި ކަމަށެވެ.
ފުލެޓާއި ގޯތީގެ ހައްގުވެރިންނަށް އޮތީ އޮޅުވާލުން ކަމަށާއި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަން ކަމަށް އަރައިގެންފިކަމަށް އާޒިމް ވިދާޅުވެއެވެ.
ނޫސްވެރިންގެ އަތުގަ ބިޑި އަޅުވައިފި ކަމަށް ވިދާޅުވަމުން އާޒިމް ވިދާޅުވަނީ ހައްގަކަށް ފަހު ހައްގެއް މުއިއްޒު ސަރުކާރުން ނިގުޅައިގަންނަމުން ގެންދާ ކަމަށެވެ.
މުއިއްޒު ސަރުކާރުން އަނިޔާއަކަށް ފަހު އަނިޔާއެއް ދެމުންދާ ދިޔުން ހުއްޓުވުމަށް 3 އޮކްޓޫބަރު ވާ ހުކުރު ދުވަހު ނިކުންނަނީ މިހިރަ މިހިރަ ކަންތައްތަކުގެ އަޑު އަދުގެ ސަރުކާރަށް އިއްވުމަށް ކަމަށް މާލޭ މޭޔަރ ވިދާޅުވެއެވެ.
މާލޭ މޭޔަރ ކުރައްވާ އިލްތިމާސް އަކީ " ތިބޭފުޅުންގެ (ރައްޔިތުންގެ) ޝަކުވާތައް އިއްވުމަށް މި އިހުތިޖާޖުގައި އަޅުގަނޑުމެން ( އެމްޑީޕީ ) އާއި އެކު ބައިވެރިވަޑައިންނަވާ"ށެވެ.
އާޒިމް ގޮވާލައްވަނީ 03 އޮކްޓޯބަރ ދުވަހުގެ ރޭ 8:30 ހަށް އަރޓިފިޝަލް ބީޗްއަށް ވިހާވެސް ގިނަ ބަޔަކު ނިކުތުމަށެވެ.