ޑރ. މުއިއްޒާ ދެކޮޅަށް ޔާމީންގެ މަޖިލިސް ކުޅިބައި!
ރައީސް މުއިއްޒުގެ ވެރިކަން އަންނަ މަޖިލިހުގެ ތެރޭން ނިންމާލުން
އިތުބާރުހުރި މަސްދަރު ތަކުން މައުލޫމާތު ލިބޭ ގޮތުން ޑރ. މުއިއްޒާ ދެކޮޅަށް ރައީސް ޔާމީންގެ މަޖިލިސް ކުޅިބައި އެތުރުމުގެ މަސައްކަތް ފައްޓަވައިފިއެވެ. މިގޮތުން އެންމެ ފުރުޞަތު ބޮޑު އެ މަނިކުފާނުގެ ފޭވަރިޓް ފަރާތްތަކާ ވަކިވަކިން މަޝްވަރާ ކުރައްވަމުން އެބަ ގެންދަވައެވެ.
ރައީސް ޔާމީނު މަޖިލީހުގެ ކުޅިބައި ތަފާތުކޮށް އަތުރާލައްވަން ބޭނުންފުޅުވާ މައިގަނޑު ސަބަބަކީ ޑރ. މުއިއްޒު ވެރިކަން ކުރައްވާނެ ކަމަށް މިހާރު ރައީސް ޔާމީނަށް ގަބޫލު ކުރެއްވޭ ގޮތް ތަފާތުވުމެވެ. ފާއިތުވި ތަނުގައި ހިނގާދިޔަ ވެރިކަން ތަކުގެ ތަޖްރިބާއަށް ބައްލަވާ ރައީސް ޞޯލިޙް ކުރެއްވި ފަދަ ވެރިކަމެއް ރައިސް މުއިއްޒު ކުރައްވާނެ ކަމަށް ރައީސް ޔާމީނަށް ގަބޫލު ކުރެއްވެނީ ކަމަށް ބެލެވެއެވެ. ގިނަ ބަޔަކަށް ދަޢުވާކޮށް ޖަލަށްލުމުގެ ވިސްނުމާ ދެކޮޅު އަދި ވީވަރަކުން އެންމެން ގޮވައިގެން ގައުމުގެ ހަމަޖެހުމަށް އިސްކަންދޭ ދައުރެއް ރައީސް މުއިއްޒު ވެސް ފުރިހަމަ ކުރައްވާ ކަމަށް ރައީސް ޔާމީނަށް ވިސްނި ވަޑައި ގަންނަވަނީއެވެ.
އެހެންކަމުން ރައީސް ޔާމީނު މަޝްވަރާ ކުރެއްވި އަރިސް ގިނަ ބޭފުޅުން އެރުވި މަޝްވަރާއަކީ މަޖިލިސް އިންތިޚާބު ނިމެންދެން ރައީސް ޔާމީން ހުންނެވީ ރައީސް މުޢިއްޒާ އެކު ކަމަށް ދައްކަވާ އެގޮތަށް ކޮމެންޓް ކުރައްވަމުން ގެންދެވުމަށެވެ. އަދި މަޖިލިސް މެޖޯރިޓީ ލިބުމުން މަތީ ކޯޓްތަކުގެ ބެންޗް ބަދަލު ކުރައްވާ މިނިވަންވެ ވަޑައިގެން ރައީސް މުއިއްޒުގެ ވެރިކަން އަންނަ މަޖިލިހުގެ ތެރޭން ނިންމާލުމަށެވެ.
މިކަމަށް ބާރުދޭ ކަމަކީ ބުރާސްފަތި ދުވަހުގެ އިރުއޮއްސެމުން ދިޔައިރު މީޑިއާއިން ފެންނަ ސުރުޚީ ތަކެވެ. އެ ސުރުހީ ތަކުން އެނގެނީ ރައީސް ޔާމީންގެ ރާގު ބަދަލުވެ ޑރ މުއިއްޒަށް ތާއީދު ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމުގެ ސުރުޚީ ތަކެވެ.
އަނެއްކޮޅުން ލިބޭ ޚަބަރަކީ ރައީސް ނަޝީދުގެ ބަދަލުގައި ރައީސް އިބޫގެ ތާއީދާ އެއްބާރުލެއްވުން ހޯއްދެވުމަށް ގިނަ ބައެއްގެ މަޝްވަރާ ލިބިވަޑައިގެން ރައީސް މުއިއްޒު ވެސް އެގޮތަށް ރައީސް ޞޯލިޙާ މަޝްވަރާ ކުރައްވަމުން ގެންދަވަން ނިންމެވި ޚަބަރެވެ.
ލަފާ ކުރެވޭ ގޮތުން ވޭތުވެ ދިޔަ ވެރިކަން ތަކުގެ ހުރިހާ ތަޖްރިބާއަށް ބައްލަވާ ރައީސް މުއިއްޒުގެ ކުރިއަށް އޮތް ދައުރު މައިގަނޑު ސިޔާސަތު ބިނާ ކުރައްވަނީ ރައީސް ޞޯލިހް ފަދައިން ބަދަލު ހިފުމެެއް ނެތް ރިޔާސީ ދައުރަކަށެވެ.