މުއިއްޒު ޔަގީންކޮށްދެއްވީ ސޯލިހަށް ދެދައުރު ހައްގުކަން
ހަނިމާދޫގައި ހިނގާ މަޝްރޫއުތައް މުއިއްޒަށް ބަރާބަރު
ރައީސް ސޯލިހު ސަރުކާރުން ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ހުއްޓައިނުލައްވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވުމުން ރައީސް ސޯލިހަށް ދެވަނަ ދައުރު ދިނުމަކީ ކޮންމެހެން ކުރާން ޖެހިފައި އޮތް ކަމެއްކަން ކަށަވަރު ވެއްޖެއެވެ. މި ސަރުކާރުން ފަށަފައިވާ ތަރައްގީގެ ކަންކަން ހުއްޓުމަކީ ތަރައްގީގެ ފިކުރުގެ ބަޔަކު ކުރާނެކަމެއް ނޫންކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވުމަކީ ވެރިކަމަށް މުއިއްޒު އަދި ގެންނަން ނުޖެހޭކަމަށް ވިދާޅުވި ވިދާޅުވުމެކެވެ.
ރަށަށް އަންނަން އޮތް އެއްވެސް ތަރައްގީއެއް ހުއްޓައިނުލައްވާނެ ކަމަށް ވަނަމަ ތަރައްގީގެ ކަންކަން ކުރާ ސަރުކާރުން ތަރައްގީކޮށް ނިންމަންދެން މަދުން ހުންނެވުމަށްވުރެ މޮޅުގޮތެއް ރައްޔިތުންނަކަށް ނެތެވެ. ހިނގަ ހިނގާ އޮތް މަޝްރޫއުތަކެއް ހިންގަން ތިބި ބަޔަކު އަތުން ނަގާ އެހެން ބަޔަކު ހަވާލުވެގެން ކުރުމަށް ނުއްދަތާ ފައިސާ އިތުރަށް ހަރަދުވެ ފަސްވެ ލަސްވުން ނޫންކަމެއް ނުވާނެއެވެ.
ހަނިމާދޫގައި ހިނގާ ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ މުއިއްޒު ދައްކަވާއިރު ހަނިމާދޫ އެއަރޕޯޓްތަރައްގީ ކުރަނީ އިންޑިއާ ސަރުކަރުގެ އެހީގައިކަން މުއިއްޒު އެހާ އަވަހަށް ހަނދާން ނެތިއްޖެއެވެ. ރަށުގެ އެއާޕޯޓު ފަދަ މަޝްރޫއުތައް ރަނގަޅަށް ކުރިއަށް ގެންދެވޭ ނަމަ ވަރަށް ފައިދާތައް ވީސްކަމަށް ވިދާޅުވީއިރު އެވިދާޅުވާ ތަރއްގީގެ ފިކުރުގެ މީހުން ވެރިކަމުގައި ތިބި އިރު ހަނިމާދޫ އަކީ އޮތްތަނެއް ކަމެއް އެމީހުންނަކަށް ނޭގެއެވެ. އެކަންކަން ރަނގަޅަށް ކުރިއަށް ގެންދެވިއްޖެ ނަމަ ރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިވާނެކަމަށާއި ވިޔަފާރިއަށްވެސް ފައިދާ ވާނެކަމަށް ޑރ. މުއިއްޒަށް އެނގުމުގެ މާކުރިން ރައީސް ސޯލިހަށް ވިސްނިވަޑައިގެން އެކަންކަން އެގެންދަވަނީ ބާރަށް ކުރިއަށެވެ.
ރަށަށް ފައިދާހުރި ގޮތަށް ކަންކަން ކުރާވާހަކަ މުއިއްޒުމެން ދެއްކެވީމާ ރަށްރަށުގެ ރައްޔިތުން ކުރަނީ މަލާމާތެވެ. މުއިއްޒާ ވެރިކަން ހަވާލުކޮށްގެން މިހާރު ހިނގަމުންދާ ކަންކަމުގައި ބުރަކި ޖެހޭކަށް ރަށްރަށު ރައްޔިތުން ބޭނުމެއް ނުވެއެވެ. އެތައް ޒަމަނަކުއްސުރެ ރަށްރަށުގެ ރައްޔިތުން އިންތިޒާރުކުރި ރަށު ތަރައްގީ ރައީސް ސޯލިހު ގެނެސް ދެއްވަން ފައްޓަވާ ބޮޑެތި ކުރިއެރުންތައް ހުރިހާރަށަކަށް ހޯއްދަވަތަން އެރަށްރަށުގެ ރައްޔިތުންނަށް އެބަފެނެއެވެ. ދުވަހަކު ހުވަފެނުން ވެސް ނުދެކޭ ކަންކަން ވަކިރަށެއް ތަފާތުނުކޮށް ރަށްރަށުގައި ކޮށްދެއްވަމުން ގެންދަވާ ގެންދެވުމުގެ ފޮނި މީރުކަން ހޯދާދެއްވުމަށް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދެއްވުމަށް ރައްޔިތުންގެ ގިނަ ބަޔަކު ތިބީ ކެތް މަދުވެފައެވެ. މުއިއްޒުމެން ދައްކަވާ ހުވަފެނުގެ ޖާދޫގައި ޖެހިގެން ކުރިއެރުން ހުއްޓި ލަސްވެ ފަސްވާކަށް ރައްޔިތުން ނޭދެއެވެ.