މުއިއްޒު ވެރިކަމެއްގާ އޮންނާނީ ސަލަފީ ސަރުކާރެއް

ރައީސް ޔާމީނުގެ ނަންފުޅު ބޭނުން ކުރަނީ ކެންޕޭން ޓޫލަކަށް

މުއިއްޒު ވެރިކަމެއްގާ އޮންނާނީ ސަލަފީ ސަރުކާރެއް

ސަލަފް ޖަމްއިއްޔާގެ ކަންދަހާރު ޝޭހުންނަށް މުއިއްޒު ނޫނީ ވެރިކަމެއް ކުރެވޭ ވަރު މީހަކު ނުފެނުމަކީ ހައިރާންވާ ވަރުގެ ކަމެއް ނޫނެވެ. ޑރ. މުޢިއްޒު އާ ބައްދަލުކޮށް ސަލަފުން މުއިއްޒުގެ ވެރިކަމުގެ ތަސައްވުރު ސާފު ނުކުރިޔަސް މުއިއްޒަކީ ސަލަފުގެ މީހާކަން އޮޅިފައެއް ނެތެވެ. މުއިއްޒާ މެދު ސަލަފަށް އިތުބާރު އޮންނާނެއެވެ. ހެޔޮވެރިކަމެއް ކޮށްދެވޭނެ ޢިލްމާއި ގާބިލުކަން ހުރި ކަމަށްވެސް ސަލަފަށް މުއިއްޒު ވާނެއެވެވެ. ސަލަފުގެ ތާއީދު ޑރ. މުޢިއްޒުއަށް ނެތިއެއް ނުދާނެއެވެ. 

ވާނީ އެހެންތާއެވެ. ޑރ. މުއިއްޒަކީ ސަލަފުގެ ރައީސް އަބްދުއްލާގެ ބޮޑު ޅިޔަނެވެ. ޗާގޯސް ކޯލިޝަންގެ ރައީސް އިބްރާހީމްގެ ވެސް ބޮޑު ޅިޔަނެވެ. ބާބުލްއަވާލީ ޖަނާބުގެ ދަނބި ދަރިއެވެ. ސަލަފަކީ ބާބުލްއަވާލީއެވެ. ރައީސް ޔާމީނު ވުޖޫދުން ފުހެލައިގެން ޕީޕީއެމް މެންބަރުން ޖަޒްބާތުގައި ޖައްސައިގެން މުއިއްޒު ރާއްޖޭގައި ގާއިމު ކުރަން މިއުޅެނީ ކަންދަހާރީ ވެރިކަމެކެވެ. ޕީޕީއެމްގެ ވެރިކަމެއް ނޫނެވެ.  

މުއިއްޒުގެ އަމަލުތައް ބަހައްތަވަމުން ގެންދެވި ގޮތުން ރައީސް ޔާމީނުގެ ހިތުލޯބި މުއިއްޒުގެ މައްޗަށް ނެތްކަން ވަރަށް ސާފެވެ. މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީނުގެ ބަހަށްވުރެ ބޮޑަށް ހިނގާނީ ސަލަފުގެ ކަންދަހާރު ސޭހުންގެ ބަސްކަން ރައީސް ޔާމީނަށް އެނގިވަޑައިގަނެއެވެ. ސަރުކާރުގެ ރަސްމީ ހެދުމަކީ ކަންދަހާރު ލިބާހާ ބޮލު ފަގުޑިއަށް ހަދާނެކަން ދެނެވަޑައި ގަނެއެވެ. ސަރުކާރުގެ މަތިފަޑީގައި ތިބޭނީ ޕީޕީއެމާއި ޔާމީނުގެ ވަފާތެރިން ނޫންކަން ވެސް ވިސްނި ވަޑައިގަނެއެވެ. ރައީސް ޔާމީނަށް އެ ވިސްނި ވަޑައިގަންނަވަނީ ހަމަ ރަނގަޅަށެވެ. މުއިއްޒުގެ ސަރުކާރެއްގައި ތިބޭނީ ސަލަފީންނެވެ. 

ތާލިބާނުންގެ އައްޑާއަކަށް ރާއްޖެ ބަދަލުކޮށް އެންމެ ގާތް ބަޔަކީ ތޮލިބާނުން ކަމަށް ވެރިކަމުގެ ފުރަތަމަ ދުވަހުވެސް އޭނާ ހަދާނެއެވެ. ރައީސް ޔާމީނު މިނިވަން ކުރާނޭ ކަމުގެ ދަލަ ދެއްކިޔަސް އެހެން ގޮތެއް ނެތިގެން ނޫނީ އެކަމެއް މުއިއްޒެއް ނުކުރާނެއެވެ. ރައީސް ޔާމީނުގެ ނަންފުޅު މުއިއްޒު ބޭނުން ކުރަނީ ހަމަ އެކަނި ކެންޕޭން ޓޫލެއްގެ ގޮތުގައެވެ. 

ރައީސް ޔާމީނު ނެތް ހާލަތެއްގައި ރައީސް ޔާމީނުގެ ޗޮއިސްއަކީ މުއިއްޒު ނޫންކަން ވިސްނައިފި މީހަކަށް ރަނގަޅަށް އެނގޭނެއެވެ. ޕީޕީއެމުން އިންތިހާބު ބޮއިކޮޓް ކުރަން ވިދާޅުވުމުގެ ފަހަތުގައި އޮތީ މުއިއްޒު ޕީޕީއެމްގެ ހިޔަނިން ވެރިކަމަށް ނިކުތަ ނުދެއްވުންކަން ކިތަންމެ ހާވެސް ސާފުކޮށް އެނގޭނެއެވެ. މުއިއްޒު ވެރިކަމަށް އަތުވެއްޖެ ނަމަ ވާނެ ގޮތް ރައީސް ޔާމީނަށް ވިސްނި ވަޑައިގަނެއެވެ. އެމްޑީޕީގައި ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ކަން ވީގޮތަށް ވުރެ މުއިއްޒުގެ ވެރިކަމެއްގައި ކަންކަން ގޯސްވެ ރައީސް ޔާމީނު ހާލުގައި ޖެހި ވަޑައިގަންނަވާނެއެވެ. 

ވެރިކަމަށް އައުމަށްޓަކާ ތާއީދު ހޯދަން ކިތަންމެ ރައީސް ޔާމީނު ވެގެން އުޅުނަސް ރައީސް ޔާމީނު  މިނިވަންވެ ވަޑައި ގަތުމުން ވެރިކަމުގައި ރައީސް ޔާމީނު ބައިވެރި ނުކުރައްވާނެކަން ރައީސް ޔާމީނަށް ކަށަވަރުވެ ވަޑައި ގަންނަވައެވެ. މާލެ ސިޓީކައުންސިލް ހިންގުމުގައިވެސް ރައީސް ޔާމީނުގެ ވަފާތެރިންނާމެދު މުއިއްޒު ކަންތައްކުރެއްވި ނިކަމެތި ގޮތް ތަޖުރިބާ ކުރެއްވި ބޭފުޅުންނަށް އެކަން ނިކަން ރަގަޅަށް ވިސްނި ވަޑައިގަންނަވާނެއެވެ.