ރައީސް ސާލިހު ނޫން ގޮތެއް ނެތް: ސައީދު
ރައީސް ސޯލިހަށް އިތުރު ދައުރެއް ދޭން ޖެހޭ
ކުޑަގިރިއަކީ ނެތް ތަނެއް ކަމަށް ވެސް ބަޔަކު ބުނެފާނެއެވެ. ނުހުޅުވާ ތަނެއް ކަމަށް ވެސް ބުނެވި ދާނެއެވެ. އެހެނަސް ހަމަ ބުއްދި ހުރި މީހަކު ނަމަ ހަގީގަތް ގަބޫލު ކުރަން ޖެހޭނެއެވެ. ފެނަކައިގެ ހީވާގި އެމްޑީ އަހުމަދު ސައީދު މުހައްމަދު އެ ވިދާޅުވީ ރަނގަޅަށެވެ.
ރައީސް ސޯލިހަކީ ކަޑަޖައްސަވާ ބޭފުޅެއް ނޫނެވެ. މަނިކުފާނަށް ކުރައްވަން އެންމެ ފަރިތަފުޅު ކަމަކީ މަޝްރޫއުތައް ނިންމައި އެކަމުގެ ރިބަން ކެނޑުއްވުން ކަމަށް ސައީދު އެ ވިދާޅުވަނީ ރައީސް ސާލިހުގެ ތަފާތު ނުކުރެއްވުމުގެ ސިޔާސަތު ހިންގަވާ ދެއްވުމުގެ އަމަލީ ތަޖުރިބާ ކުރައްވަމުންނެވެ. ސައީދުގެ މޭސްތރި ކަމުގެ ދަށުގައި ފެނަކައިން އެތައް ސަތޭކަ މަޝްރޫއެއް ހިންގަވާ ނިންމަވަމުންނެވެ.
އެއްބަހެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ ހުޅަނގަށް ކަނޑަޖައްސަވާ އިރުވައަށް ދިޔަދޮތްވާއި ތޮށަލިއަޅުއްވާ ބޭފުޅެއް ނޫނެވެ. ސައީދު ވިދާޅުވާ ގޮތުން ރައީސަކީ ނަމެއްގައި ބިންގަލެއް އެޅުމަށް ރުހިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ރައީސް ސޯލިހުގެ އަރިހުގައި ބިންގާ އަޅުއްވަމުން ގިނަ ބިނާ ތަކެއް ކުރެއްވުމުގައި އުޅުއްވާ ފެނަކަ ސައީދު އެކަމަށް ހެކިވެ ވަޑައި ގަންނަވައެވެ. ސައީދު ވިދާޅުވާ ގޮތުން ރައީސް ސާލިހަކީ ކަން ކުރައްވައިގެން ރިބަން ކަނޑުއްވަން ނިކަން ފަރިތަފުޅު ބޭފުޅެކެވެ.
ކުޑަގިރިއަކީ ވެސް އޭގެ މިސާލެކެވެ. ސައީދު ވިދާޅުވަގޮތުން ކުޑަގިރިއަކީ އަންނަން އޮތް ޖީލަށް ވެސް އުފާވެރިކަމުގެ ނިއުމަތެކެވެ. ކުޑަގިރިއަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ލުއި ގޮތްތައް ގާއިމު ކުރުމަށް އެކަނި ވިޔަސް ރައީސް ސޯލިހަށް އިތުރު ދައުރެއް ދޭން ޖެހޭ ކަމަށް ސައީދު ދެކި ވަޑައިގަނެއެވެ.
ސައީދު ވިދާޅުވަނީ ދިހަބާރަ އަހަރުވީ އިރު ކުޑަގިރި ފަދަ ޕިކްނިކް އައިލެންޑެއް މާލޭގެ ރައްޔިތުންނަށް ހޯއްދަވާ ދެއްވުނު ބޭފުޅެއް ރައީސް ސާލިހު ނޫނީ ނެތްކަމަށެވެ. މާލޭ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެވުނު ހަމައެކަނި ބޭފުޅަކީ ރައީސް ސޯލިހުކަމަށް ސައީދު ތަކުރާރު ކުރައްވައެވެ. އެހެން ކަމުން މަނިކުފާނު އެކަހެރި ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިއަށް އޮތް ދައުރުގައި ރައީސް ސޯލިހު ފަދަ ރައީސެއް ނުގެނަވުމަކީ ދިވެހންނަށް ލިބޭނެ އެންމެ ބޮޑު ހިތާމައަށް ވާނެކަމަށް ފެނަކަ އެމްޑީ އަހުމަދު ސައީދު މުހައްމަދު ޔަގީން ކަމާއެކު ވިދާޅުވެއެވެ.