ޑިމޮކްރެޓިކް ވެއްޓެއް ގާއިމުކުރަން އަބަދުވެސް މަސައްކަތް ކުރާނަން: މޭޔަރ
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް މާލޭ މޭޔަރ އޮނަރަބަލް އާދަމް އާޒިމް އަރިސް ކުރައްވައިފިއެވެ.
ޖުމްހޫރީ ވެރިކަމުގެ ހުރިހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި ޖުމްހޫރީ ވެރިކަމަށް ފާރަވެރިވެ ސަރުކާރު ޖަވާބުދާރީކޮށް، ހެޔޮވެރިކަމެއް ހިންގާކަން ޔަޤީންކުރުމަށް ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ މުހިއްމު މަސްއޫލިއްޔަތެއް ކަމާއި ޒިންމާއެއް ކަމަށް މޭޔަރ ވިދާޅުވިއެވެ.
މިއަދު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން، ސަރުކާރު ޖަވާބުދާރީކޮށް ޖުމްހޫރީ ވެރިކަން ނެގެހެއްޓުމަށެވެ.
ބަސްބުނުމުގެ ޙައްޤު ހަނިކުރުމެއްނެތި ފުރިހަމަގޮތުގައި ރައްޔިތުންނަށް ބޭނުންކުރެވޭނެ ޑިމޮކްރެޓިކް މާހައުލެއް ފަހިކުރުމަށް އަބަދުވެސް އާޒިމް ވަކާލާތު ކުރައްވާނެކަމަށް ވެސް މޭޔަރ އާޒިމް ވިދާޅުވިއެވެ.

