އިބޫގެ ދެވަނަ ދައުރުގައި އެންމެނަށް ގޯތިކަށަވަރު
އެކަން ވުމާ ނުވުން އޮތީ މާލޭ ރައްޔިތުންގެ އަތްމަތީގަ
ހަގީގަތުގައިވެސް މާލޭގެ މާނޭވާ ހަމަނޭވާއަށް ބަދަލުކޮށް ދެއްވައިފައެވެ. ޝަރުތު ހަމަވާ އެންމެންނަށް މާލޭން ހިލޭ ގޯތި ކަށަވަރު ވުމަކީ މާލެއަށް ހަމަނޭވާ ލެވޭނެ ކަމެކެވެ.
ވަކިމީހެއް ތަފާތުުނުކޮށް އެއް ހަމައަކުން ތޭރަ ހާހަށްވުރެ ގިނަ އާއިލާއަށް ބަންޑާރަ ގޯތި ކަށަވަރު ވުމަކީ ކުޑަކުޑަ ކަމެއްނޫނެވެ. މާލޭ ރައްޔިތުން ބިންވެރިވެ ފުދުންތެރި ބަޔަކަށް ހެއްދެވުމަށް ރައީސް ސޯލިހު ދެއްވާ އިސްކަން ފެނިގެން ދަނީ ކަނޑާ ބައިސާ އަކުން މޫނެވެ. އަމަލުންނެވެ.
ފުރަތަމަ ދޫކުރަނީ ކަނޑައެޅުނު ފަސްހާސް ގޯތި ލިބޭ މީހުން އެވަނީ އާއްމުކޮށް ފައެވެ. އެ ވަރަކުން އަދި ނުދެއެވެ. އިތުރު ފަސްވަރަކަށް ހާސް ގޯތި ދޫކޮށްގެން ނޫނީ ހައްގުވާ އެންމެންނަކަށް ގޯއްޗެއް ނުލިބެއެވެ. ޝަރުތު ހަމަވާ އެންމެނަށް މިފަހަރު ގޯތި ނުލިބިއްޖެ ނަމަ ވެގެންދާނީ ވެށިފަހި މާލެ ފްލެޓްތަކަށް ވާގޮތަށް ކަމަށް ދެކޭ މީހުން އުޅެތެވެ.
އާނއެކެވެ އެއީވެސް ވެދާނެ ގޮތެކެވެ. އެކަން އެގޮތަށް ވުމާ ނުވުން އޮތީ މާލޭ ރައްޔިތުންގެ އަތްމަތީގައެވެ. ރައީސް ސޯލިހުގެ ވެރިކަމެއްގައި ޝަރުތު ހަމަވާ މާލޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ދެއްވާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ. އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ނޫން އެހެން ވެރިއަކު ހޮވައިފި ނަމަ މިފަހަރު ޝަރުތު ހަމަވެ ގޯތި ހައްގުވާ މީހުނަށާ ގޯތި ލިބުމުގެ ފުރުސަތު ނުލިބި ދިޔުން ވަރަށް އެކަށީގެން ވެ އެވެ.
ޝަރުތު ހަމަ އެންމެނަށް ގޯތި ކަށަވަރު ކުރުމަށް ކުރަން ޖެހެނީ އެންމެ ކަމެކެވެ. ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމެވެ.