ތިންއިރުކާ ބޭހެއްހެން ދިނަސް ވައްޑެއަށް ލައްވައެއް ނުލާނެ!

ގައުމީ ހިދުމަތެއްގެ އަގުވަޒަން ކުރުރުމަށް ވައްޑެ ހުރަސްއެޅުން

ތިންއިރުކާ ބޭހެއްހެން ދިނަސް ވައްޑެއަށް ލައްވައެއް ނުލާނެ!

ދެއިރުކާ ބޭހެއް ކީއްކުރަން ހެއްޔެވެ. ތިން އިރު ކާބޭހެއްހެން ގައުމީ އިނާމު ދިނަސް ވައްޑެއަށް ލައްވާލާނީއެއް ނޫނެވެ. އެހެން ވީމާ ގައުމީ އިނާމު ދޭތީ ހަސަދަވެރި ވާނެއެވެ. އަނގަދިޔާ ކުރުމުން ގައުމީ އިނާމް ދިނަސް އެއްވެސް ލިބޭނީ އެއް ނޫނެވެ.

ގައުމީ ހިދުމަތުގައި ދިވެހިން އެކި ރޮނގު ރޮނގުން މިންނަތް މަސައްކަތް ކުރާތާ ކިތަންމެ ޒަމާނެކެވެ. އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ކުރާ ސަރުކާރެއް މި ނޫނީވިއްޔާ މި ގައުމު ދެކިފައެއް ނުވެއެވެ. ގައުމީ އިނާމުގެ ސަބަބުން އިހުނަށް ވުރެ ގިނަ މީހުން އިހުނަށް ވިރެ ގިނަ މަސައްކަތް ގައުމަށްޓަކައި އެބަ ކުރެއެވެ.

މީހަކަށް އެއްޗެއް ލިބެދާނެތީ ވައްޑެމެން މިހުންނަނީ ހާދަވަރެކެވެ. އަރަނީ މާގަދަ ރުޅިއެކެވެ. ތިމާގައިގާ ގައުމަށް ހިދުމަތެއް ކޮށްދޭނެ ފަންނެއް ހުނަރެއް ހިތްވަރެއް ނެތުމަކީ އެހެން މީހަކު ގައުމަށް ކޮށްދޭ ހިދުމަތެއްގެ އަގުވަޒަން ކުރުރުމަށް ހުރަސް އަޅަންޖެހޭ ކަމެއް ނޫނެވެ.

ރައީސް ސާލިހު ސަރުކާރުން ކުރާ ރަނގަޅު އެއްވެސް ކަމެއް ނެތްކަން ދައްކަން އެހެން މީހުނަށް ލީބޭ ޝަރަފާއި އިއްޒަތަށް ހުރަސް އަޅާނީ ހާދަހާވާ ގޮތްކުޑަ ވީމައެވެ. އުޑެއް ބުޑެއް އެނގޭ މީހަކު ނަމަ ތިޔަ ފާޑަކަށް މީހުނާ ޖެހިގަނެގެނެއް ނޫޅޭނެއެވެ.

ގައުމިއްޔަތެއް ނެތް ފިކުރެއް ދިރުވަން އުޅޭ ބައިގަނޑަކަށް ގައުމިއްޔަތު ވާހަކަ ދައްކާކަށް ނޭނގޭނެއެވެ. ގައުމީ ހިދުމަތްތެރިއެއް ވެސް ދޭ ހިދުމަތެއް ވެސް ވަތްކެއް ނުވާނެއެވެ. ހިދުމަތުގެ އަގެއްވެސް ވަޒަނެއް ނުކުރެވޭނެއެވެ.

ގައުމުގެ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ބޮޑުގުޅަކުރާ ބައިގަނޑަކަށް ވާނީ ކޮން ހަމަ ބުއްދިއެއް ހެއްޔެވެ. ރައީސް ނަޝީދު ބޮޑުގުޅަކޮށް ގަންހިންގާ އެކަހެރި ކުރަނީ މި ބައިގަނޑެވެ. މާ ހެޔޮއެދޭ ބަޔަކު ކަމުގައި ހެދިގެން ރައީސް ނަޝީދު އަގު ވަޒަންވިޔަ ނުދީ ހެއްދެވިހާ ޅައިހަލަކުން ޅައެއްޗެތި އަޅުވަމުން އެ މަނިކުފާނުގެ އަގު ވައްޓާލަނީ މި ބައިގަނޑެވެ. އަޅެފަހެ އަގުވަޒަން ކުރެވޭ ފަދަ ކަމެއް ކޮށްދެވިފައިވާ ކަމަށް ވައްޑެއަށް ހީވާނަމަ މުއްދަތު ހަމަވުމުގެ ކުރިން އަވަހަށް ގައުމީ އިނާމަށް ނަން ހުށަހަޅާށެވެ.