ފެންނަނީ ރައީސް ސާލިހުގެ ވައުދުފުޅުގެ ތެދުކަން

އިދިކޮޅު އެއްވެސް ލީޑަރަކަށް ރައީސް ސާލިހާ ވާދަ ނުކުރެއްވޭނެ: އާޒިމް

ފެންނަނީ ރައީސް ސާލިހުގެ ވައުދުފުޅުގެ ތެދުކަން

ޖަޒީރާ ރަށްވެހިކަމުގެ ތަރައްގީގައި އިދިކޮޅު އެއްވެސް ލީޑަރަކަށް ރައީސް ސާލިހާ ވާދަ ނުކުރެއްވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމު ވިދާޅުވި ވިދާޅުވުމަކީ ވަރަށް ބޮޑު ތެދެކެވެ. ޖަޒީރާވަންތަކަމުގެ ތަރައްގީގެ ހަގީގަތް ރާއްޖޭގެ ކޮންމެ ރަށަކުން މިހާރު އެ އޮތީ ފެންނާށެވެ.

ކޮންމެ 11 ދުވަހަކުން ސަރުކާރުގެ މަޝްރޫއެއް އެމްޓީސީސީން ހިންގާ ނިންމާ ކުޅަދާނަ އާރުކާޓީ އާދަމް އާޒިމަށްވުރެ ވަކީން ސާފުކޮށް ރާއްޖޭގެ ރަށްރަށަށް އަންނަމުންދާ ޖަޒީރާ ވަންތަ ހެޔޮބަދަލު ގާތުން ދެކޭނެ ވަކި އެހެން މީހަކު ނުހުންނާނެއެވެ.

ހަމަތެދެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ޒައާމަތުގައި އެމްޓީސީސީއަކީ ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގި އަދި ހިންގަމުންދާ ކުންފުންޏެވެ. ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ މި ދައުރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްޓީސީސީން އެކަނި 135 މަޝްރޫއު ނިންމައި ހަވާލުކޮށްފައިވެއެވެ. 130 މަޝްރޫއެއް ނިންމުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އެބަދެއެވެ.

އާދަމް އާޒިމް ވިދާޅުވާގޮތިގައި މި ފެންނަނީ ރައީސް ސާލިހުގެ ވައުދުފުޅުގެ ތެދުކަމެވެ. އެ ހާމަކޮށްދެނީ ރާއްޖޭގެ ތާރީހު ދުން އެންމެ ބަރާބަރު ސަރުކާރަކީ ރައީސް ސާލިހުގެ ހަމަހަމަ ސަރުކާރުކަމެވެ. މިއަދު ފެނިގެން މިދިޔައީ މާއުފަވެރި މަންޒަރެކެވެ.

އީޕީއޭގެ ދިރާސަތާކަަށް ފަހު ހުސްވި އަހަރު ޖެނުއަރީ މަހު ހިއްކަން ފެށި ކުޑަގިރި ފަސް ހިއްކާ ނިންމިއެވެ. ކުރިން މާލޭގެ ރައްޔިތުން ދަތުރުދަމުން ދިޔަ ކުޑަބަނޑޮހަށް ވުރެ ކުޑަގިރި ދެގުނަ ބޮޑު ކޮށެވެ. ރަހުމެއް ނެތް އަތަކުން ކުދަ ބަނޑޮސް މާލެގެ ރައްޔިތުން އަތުން ދަމައިގަތުމުން ލިބުނު ހިތްދަތިކަމުގެ ތަސައްލީ ކުޑަގިރިން މިއަދު ލިބިގެން ދިޔައީ ރައީސް ސާލިހުގެ ކެތްތެރި ހިތްތިރި ތަފާތު ކުރުން ނެތް ހަރުދަނާ ސިޔާސަތާއި މަސައްކަތްޕުޅުންނެވެ.