އަހަރެމެން ބައްޔެއް ނުވޭ: ޝާހިދު

އިންޓަރނޭޝަނަލް ޑިމޮކްރަސީ ޔުނިއަންގެ ލީޑަރުނންނަށް ރާއްޖޭގެ މިހާރުގެ ހާލަތު އަޑު އިއްވައިފިއެވެ. ރާއްޖޭގެ ހާލަތު ދުނިޔެއަށް އިއްވާދިނީ ދުނިޔޭގެ އިހުތިރާމާއި ލޯބި ލިބިފައިވާ ރާއްޖޭގައިހުރި އެންމެ ސީނިއަރ ޑިޕްލޮމެޓެވެ. އދގެ 78 ވަނަ ރައީސްއެވެ. ދެފަހަރަށް ރާއްޖޭގެ ހާރިޖީ ވަޒީރުކަން ކުރައްވާފައިވާ އޮނަރަބަލް އަބްދުއްލާ ޝާހިދެވެެ.
ބްރޫސަލްސްގައި ތަގުރީރު ކުރައްވަމުން ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޯޓުތައް ރޫޅާލައިފިއެވެ. މުއައްސަސާތައް މުށުތެރެއަށް ލައިފިއެވެ. އިންސާފަށް އެދި އަޑުއުފުލާ ޒުވާނުންނަށް އަނިޔާވެރި ވެއްޖެއެވެ.
އެހެން ނަމަވެސް " އަހަރެމެން ވަނީ ބަލިވެފައެއް ނޫނެވެ" ޝާހިދުވިދާޅުވިއެވެ. ޝާހިދު ވިދާޅުވި ގޮތުގައި އަނިޔާވެރިކަމުގެ ރާޅުތައް ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ.
އެހެން ކަމުން ރައްޔިތުންގެ ތެރޭގައި ސަރުކާރާމެދު ނުރުހުންތެރިކަން ދަނީ އިންތިހާއަށް ބޮޑުވަމުންނެވެ. އިސްލާހުކުރުމުގެ ޢަޒުމާއި ޑިމޮކްރަސީ އަނބުރާ ހޯދުމުގެ ވިސްނުން އުތުރި އަރަމުން ދާކަން ފާހަގަ ކުރެއްވިއެވެ.
ހަމައެހެންމެ ޔޫރަޕިއަން ޕާލަމެންޓްގެ ވަފުދުގެ ވެރިޔާ އާއި ބައްދަލު ކުރައްވާ ރާއްޖޭގެ ޝަރުއީ ނިޒާމަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމާއި ރާއްޖޭގައި ޑިމޮރަސީ ފުޑުފުޑު ކުރަމުންދާ ސަރުކާރުގެ ނޭއްގާނި ކަމުގެ މައުލޫމާތު ހިއްސާ ކުރެއްވިއެވެ.