މެޑަމް ފަޒްނާއާއި އެކު އިންސްޕަޔަރ ދޮންފަނު

އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް 2

މެޑަމް ފަޒްނާއާއި އެކު އިންސްޕަޔަރ ދޮންފަނު

ކަނޑުތަކާއި ތިމާވެށްޓަށް ކުރާ ގަދަރާއި ލޯބި އާލާކުރުމަށް ސޮނެވާ ނަމޫނާއިން "އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ބާއްވަތާ ދެއަހަރެވެ. ދެވަނަ އިންސްޕަޔަރ ޝޯ މިއަހަރު ބޭއްވީ ބ. ދޮންފަނުގައެވެ. ޝޯ ޝަރަފްވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެދަމް ފަޒްނާ އަހުމަދެވެ.

ގޮނޑުދޮށުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމުގެ އާދަ ދިރުވާ އާލާކުރާ ރައްޔިތެއް ދިރިއުޅޭ ރަށްތަކެއްގެ ގޮތުގައި ދެކެވަޑައިގަތުމަށް މެދަމް ފަޒްނާ ބޭނުންފުޅުވެ ވަޑައިގަނެއެވެ. ކަނޑަށް ކުރާ ގަދަރާއި ލޯބި އާލާކުރުމަށް ބ. އަތޮޅު ދޮންފަނުގައި ބޭއްވި 2 ވަނަ "ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ޝަރަފުވެރި ކޮށްދެއްވަމުން މެޑަމް  އެހެން ވިދަޅުވީ ކަމުގެ މުހިންމު ކަމުންނެވެ.



"އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް 2" ބޭއްވީ ދޮންފަނު ރަށު ކައުންސިލާއި ސޮނޭވާ ނަމޫނާ ޖަމިއްޔާއާ ގުޅިގެން ތިން ދުވަހުގެ މުއްދަތަށެވެ. މި ފެސްޓިވަލުގައި ގޮނޑުދޮށާއި ރަށުތެރެ ސާފުކުރުމުގެ ހަރަކާތެއްގެ އިތުރުން ވޯޓަރ ޕޯލޯ މުބާރާތެއްވެސް ކުރިޔަށްގެންދިޔައެވެ.  އެކުވެރި ވާދަވެރި މާހައުލެއްގައި ރަށްފުށުގެ މުޖްތަމައުތަކުގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ އުކުޅުތައް ދަސްކޮށްދީ ކަނޑަށް ފަރިތަވާން ދަސްކޮށްދިނުމުގެ މަގުސަދުގައި "ޝޯ ޓު އޯޕަން ވޯޓަރ" ގެ ތެރޭގައި ވޯޓަރ ޕޯލޯ މުބާރާތެއް ބޭއްވިއެވެ. މުބާރާތުގެ ފައިނަލް މެޗު ފަށްޓަވައިދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

ދަރަވަންދޫ، ދޮންފަނު، ކިހާދޫގެ އިތުރުން ކަމަދޫ އަދި ނ. އަތޮޅު ކުޑަފަރީން ބައިވެރިވި 253 ޒުވާނަކަށް ތަމްރީނު ދީފައިވާ ސޮނެވާ ނަމޫނާގެ އިންސްޕަޔަރ ޕްރޮގްރާމްގެ ދަށުން ދަސްވެނިވި ސްވިމިން އެންޑް ވޯޓަރ ރެސްކިއު އިންސްޓްރަކްޓަރުންގެ ކާމިޔާބީ ފާހަގަކޮށް މެޑެލް ދިނުންވެސް ފެސްޓުވަލްގައި އޮތެވެ.

ސްވިމިން އެންޑް ވޯޓަރ ރެސްކިއު ޕްރޮގްރާމްއަކީ ކަނޑުފަޅުތަކަށް ލޯބި ޖައްސާ އެ ތަންތަން ހިމާޔަތް ކުރުމުގެ އާދަ އަންނަން އޮތް ޖީލުތަކުގައި އަށަގެންނެވުމަށް ހިންގާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގެ ދަށުން ސްވިމިން އިންސްޓްރަކްޓަރުން ތަމްރީނުކޮށް، އިންސްޓްރަކްޓަރުން މެދުވެރިކޮށް މި ރަށްރަށުގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ އުކުޅުތައް ދަސްކޮށްދީ ކަނޑަށް ފަރިތަވާން ދަސްކޮށްދެވެއެވެ.

"އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް 2" ގައި އިންސްޓްރަކްޓަރުންގެ ހުނަރު ދައްކާލުމަށް ދޮންފަނު ބަނދަރު ސަރަހައްދުގައި ސިމިއުލޭޝަން ޑްރިލް ކުރިއަށްގެންގޮސްފައިވެއެވެ.  ސޮނޭވާ ނަމޫނާ ޖަމިއްޔާއާއި ދަ މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރެއިނިންގ ސްކޫލާއި ދޮންފަނު ރަށު ކައުންސިލާއި ރައްޔިތުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ނަމޫނާ ސްވިމިންގ އެންޑް ވޯޓަރ ރެސްކިއު އިންސްޓްރަކްޓަރސް ގުޅިގެންނެވެ.

ސޮނޭވާ ނަމޫނާ ޖަމިއްޔާއިން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށާއި ކަނޑުތަކަށް ލޯބިޖެއްސުމަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ގެންގުޅޭ ސިޔާސަތުތަކަށް ތައުރީފުކުރައްވަމުން ފަތަން ދަސްކުރުމާއި މީހުން ސަލާމަތް ކުރުމަށް މޫދުގައި ގެންގުޅޭނެ ސަލާމަތީ ހުނަރުތައް ދަސްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މެޑަމް ފަޒްނާ މި ފެސްޓިވަލްގައި އަލި އަޅުއްވާލެއްވިއެވެ.