މިދިޔަ އަހަރު ބީއެމްއެލްއިން 33 މިލިޔަން ރުފިޔާ ގެއްލުނު

14 ބިދޭސީއެއްގެ ނަމުގައި 62000 ސިމްކާޑް

މިދިޔަ އަހަރު ބީއެމްއެލްއިން 33 މިލިޔަން ރުފިޔާ ގެއްލުނު

އޮޅުވާލައިގެން ސްކޭމްގެ ގޮތުގައި ބީއެމްއެލް އެކައުންޓް ތަކަކުން 33 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓްކޮށްފައި ވާކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ. ބީއެމްއެލް އެކައުންޓް ތަކަކުން ގެއްލިގިގެން އުޅޭ 33 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އަކީ ހުސްވި އަހަރު އެ ބޭންކްގެ އެކައުންޓް ތަކަކުން ފައިސާ ގެއްލިގެން ރިޕޯޓް ކޮށްފައިވާ 1360 މައްސަލައިގައި ހިމެނޭ ފައިސާއެވެ.

2021 ވަނަ އަހަރު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 686 މައްސަލަ މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީއަށް ވެސް ހުށައަޅާފައިވއެވެ. 2022 ވަނަ އަހަރު އެމްއެމްއޭއަށް އޮޅުވާލައިގެން އެކައުންޓްތަކުން ފައިސާ ހޯދުމުގެ 1459 މައްސަލަ ހުށަހަޅާފައި ވަނިކޮށް މިއަހަރުގެ މިހާތަނަށް 238 މައްސަލައެއް އެމްއެމްއޭއަށް ވަނީ ހުށަހަޅާފައެވެ. 

ސްކޭމުން އޮޅުވާލައިގެން ފައިސާ ހޯދުމަށް ބޭނުންކޮށް އުޅެނީ ސިމްކާޑް ކަމަށް ފުލުހުންގެ ހޯދުންތަކުން އެނގިފައިވެއެވެ. ސްކޭމްގެ މުއާމަލާތުގައި ގިނައިން ބޭނުންކޮށްފައި ހުންނަނީ ބިދޭސީންގެ ނަމުގައި ނަގާފައި ހުންނަ ސިމްކާޑްކަން ފުލުހުންނަށް ވަނީ ފާހަގަ ކުރެވިފައެވެ. ފުލުހުން ބުނާ ގޮތުގައި 12 ބިދޭސީއެއްގެ ނަމުގައި 38000 ސިމް ކާޑު ހައްދައިގެން ބޭނުން ކުރާއިރު އެންމެ ބިދޭސީއެއްގެ ނަމުގައި ވެސް 800 ސިމްކާޑް ހައްދާފައި ވަކަން އެނގެއެވެ. ޖުމްލަ 14 ބިދޭސީއެއްގެ ނަމުގައި 62000 ސިމްކާޑް ހައްދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

މަފުށީޖަލުގައި ތިބި ގައިދީންގެ ތެރެއިން ބަޔަކު 305 ސިމްކާޑް ބޭނުން ކޮށްގެން ސްކޭމްގެ މުއާމަލާތްތައް ހިންގާފައިވާކަން ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވެއެވެ.