ރައްޔިތުން ބިކަވިޔަސް ދޮޅުމިލިޔަން ޑޮލަރ ދުމަށް

ރައްޔިތުން ބިކަވިޔަސް ދޮޅުމިލިޔަން ޑޮލަރ ދުމަށް

ހައެއްކަ މިނިޓްގެ ތެރޭގައި ދޮޅު މިލިއަނެއްހާ ޑޮލަރު ދުމަށް އަރުވާލުން ހަމަ އޯކޭ ހެއްޔެވެ. މީސްމީހުންގެ ދެފައިމައްޗަށް ވެއްޓި ރޮއިހޭރިގެން ދަރާއޮތް ދަރަނި ފަސްކުރަމުން ދަރަނި އަދާކުރަން ދަރަނި މައްޗަށް ދަރަނި ނަގަމުން ބައިސެންޓްވެސް ދުމަށް އަރުވާލުމަކީ މާމޮޅު ކަމަކީހެއްޔެވެ. 

ރައްޔިތުން ކަރަންޓް ބިލާއި ފެންބިލު ނުދެއްކިގެން ތެޅެފޮޅެނީއެވެ. ދާއިމީ ބޮޑެތި އެތައް ބައްޔަކަށް ފަރުވާ ކުރެވެން ނެތި މީހުން މަރަށް ތެޅެނީއެވެ. ބޭސް ސިޓިއަށް ބޭސް ނުލިބިގެން ދުވެ ނަގަނީއެވެ.

ކުއްޔަށް އުޅޭ އެތައް ހާސް އާއިލާ ކުލި ނުދެއްކި މަގުމަތިވަނީއެވެ. އަތްފޯރާ ފަށުގައި މުދާލިބެންނެތި އާއްމު ރައްޔިތުން ބަނޑަށް މަރުވަނީއެވެ. ކަންމަތީ ފިހާރަތަކުން މުދާ ހުސްވެ ތަޅުއަޅުވަނީއެވެ.

ސަރުކާރުގެ ހިލޭ އެހީއާއި ލޯނު އެހީގައި ރާއްޖޭން ބޭރުގައި ކިޔަވާ ކުދިން ގައުމުން ބޭރުގައި ތިބީ މަގުމަތިވެފައެވެ. ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓް ކެނޑުން އޮތީ އާއްމުވެފައެވެ.

ސަރުކާރުން ހޯދާފައިވާ ހިދުމަތަކަށް ފައިސާއެއް ނުދެއްކެއެވެ. އަމިއްލަ މަސައްކަތްތެރިން ބަނގުރޫޓް ވެއްޖެއެވެ. އާއްމު މީހުން އޮންލައިން ސައިޓްތަކުން ކުރާ ވިޔަފާރިތަކުން %30 ނަގަނީއެވެ. ސިނގިރެޓްގެ އަގު ބޮޑުކޮށް މީހުން ހާލުގައި ޖައްސައިފިއެވެ. 

ރައްޔިތުން ކޮންމެ ހާލެއްގައި އުޅުނަސް މުއިއްޒަށް ފަރުވާލެއް ނެތެވެ. އަމިއްލަ ބޮޑާކަމާއި ކަންދެއްކުމަށް ދައުލަތުން މިލިއަނުން ޑޮލަރ ދުމަށް އަރުވާލުން މުއިއްޒަކަށް މައްސަލައަކަށް ނުވެއެވެ. ރައްޔިތުންނަށް އެގޮތް ހަމަ އޯކޭހެއްޔެވެ.