މުއިއްޒު ލީކް: ޔާމީނު ގެއަށް ބަދަލުކުރުން ޑިލޭ ކުރަނީ

މުއިއްޒުގެ ސިއްރު އެޖެންޑާތައް ދަނީ ލީކުވަމުން.

މުއިއްޒު ލީކް: ޔާމީނު  ގެއަށް ބަދަލުކުރުން ޑިލޭ ކުރަނީ

ޑރ. މުއިއްޒުގެ ވެރިކަމެއްގައި އޭނާގެ ޗީފް އޮފް ސްޓާފަކަށް ބަހައްޓަން ނިންމާ ފައިވާ ރަމީޒާއެކު ސިއްރު ގިނަ ކަންތައް ތަކެއް ދަނީ ހިއްސާ ކުރަމުންނެވެ. މުއިއްޒުގެ ސީރިއަސް ސިއްރު މީޓިންތައް އިންތިޒާމު ކުރަނީ ރަމީޒެވެ. ކަންކަމުގައި މުއިއްޒާ ހިއްސާކުރަން ޖެހޭ ހުރިހާކަމެއް ވެސް އެހެން މީހުން ހިއްސާ ކުރަނީވެސް ރަމީޒު މެދުވެރި ކޮށެވެ. 

ޑރ. މުއިއްޒާއި ރަމީޒާ ދެމެދު ބަދަލު ކުރެވިފައިވާ މެސެޖްތަކެއްގެ ޗެޓްލޮގް މިހާރުވަނީ ލީކްވެފައެވެ. ލީކްވެފައިވާ ޗެޓްލޮގުން ފަޅާއެރި އެންމެ ބޮޑު ސިއްރަކީ ރައީސް ޔާމީނު މިނިވަން ކުރުން ލަސް ކުރަން މުއިއްޒު ކުރަމުންދާ މަސައްކަތެވެ. މި ދެންނެވި ޗެޓް ލޮގްގައިވާ ވާހަކަ ތަކަށް ބައްލަވާށެވެ. 

  • ރަމީޒު: ސަރ. ކެބިނެޓަށް މީހުންލާން އެބަ ވަރަށް ޕުރެޝަރކުރޭ. ގައްސާން ޑިފެންސް މިނިސްޓްރީއަށް ލާންވެގެން އެބަ ކިޔާ ލީޑަރޝިޕްގެ ބައެއް ބޭފުޅުން. ކޮމިޓްމަންޓެއް ހޯދަން އެބަ ކިޔާ. ކީކޭތޯ ބުނަންވީ.
  • މުއިއްޒު: އަދި ވަކި ޑިސިޝަނެއް ނުނަގަން. އެކަމާ ޑިސްކަސް ކުރަން އެބަ.
  • ރަމީޒު: އޯކޭ. ޖަމީލް- ރައީސް ޔާމީންގެ ނަންތަކެއް ގެނެސް ދެވިއްޖެ. ބައެއް ކީ ޕޯޓިފޯލިއޯ ތަކަށް.
  • މުއިއްޒު: ރައީސް ޔާމީނު ގެއަށް ބަދަލު ކުރުމުގެ ކުރިން ކެބިނެޓް އެނައުންސްކޮށް ނިންމާނަން.
  • ރަމީޒު: ....އެކަމަކު. ވަގުތުން ގޭބަންދަށް ބަދަލުކުރަން ޖެހޭނެ ނޫންތޯ. ނޮވެންބަރ 17ގަ.
  • މުއިއްޒު: ރަމީޒު މިހާރު ވެސް ކަރެކްޝަންސް ތްރޫކޮށް އިދާރީ ގޮތުން ޑިލޭކުރަން ވޭއެއް ހޯދާ. އެކަން ޗެކްކޮށްފަ ބާއްވާ.
  • ރަމީޒު: އޯކޭ. މިރޭ މީޓިންގ 21.00 ކޮންފޯމް. ސަލަފް.
  • މުއިއްޒު: އޯކޭ. ސަލާމް. 

މީހުންގެ ހުރި ނުބައި ނުލަފާކަށް ދެކޭށެވެ. ޔާމީނުގެ ފޮޓޯ ވިއްއކައިގެން ޔާމީނުގެ ސަޕޯޓަރުންގެ ތާއީދުގައި ވެރިކަމަށް އައިސް ޔާމީނަށް ދޭން ރާވާ ކެހީގެ ކުޑަ މިންވަރެއް މިއޮތީ ފެންނާށެވެ. ވެރިކަން އަދި ލިބުނީއެއް ވެސް ނޫނެވެ. ވެރިކަން ލިބިއްޖެނަމަ ކުޑަމިނުން ކެބިނެޓް ޕޯސްޓެއްހާ ހިސާބު ވެސް ޔާމީނު ބުނާ މީހަކަށް ދިއްކޮށްލުމުގެ ވިސްނުމެއް މި ގައްދާރުގެ ނެތެވެ. 

މި ވާހަކަ ވެސް އަވަހަށް ދޮގުކުރާށެވެ. ތާއީދު ގެއްލުވާލަން ދައްކާ ހަގީގަތެއް ނެތް ވާހަކަ އެކޭ ބުނާށެވެ. ކިތަންމެ ބާރަށް ދޮގު ކުރިޔަސް މިއީ ތެދު ހަގީގަތެކެވެ. ދެވަނަ ބުރުގައި ވޯޓު ދިނުމުގައި ޔާމީނުގެ ވަފާތެރިން ވަރަށް ބޮޑަށް މިކަމާ މެދު ވިސްނަން ޖެހެއެވެ. މިއީ މުއިއްޒުގެ ގައްދާރު ކަމުގެ ކުޑަ މިންވަރެކެވެ.