ނިމިދިޔައީ ހާސްކަމުގައި ދެންވާނީ ކިހިނެތްކަން ނޭނގޭ އަހަރެއް: ޝާހިދު

ދިވެހި ހުރިހާ ރައްޔިތުންނަށް އައުއަހަރުގެ ތަހުނިޔާ ދަންނަވަން: ޝާހިދު

ނިމިދިޔައީ ހާސްކަމުގައި ދެންވާނީ ކިހިނެތްކަން ނޭނގޭ އަހަރެއް: ޝާހިދު

2024 ވަނައަހަރަށް އަލްވަދާކިޔާ 2025 ވަނައަހަރަށް މަރުހަބާ ކިޔާއިރު ނިމިގެން މިދާ އަހަރަކީ ދިވެރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއް ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. 

އައު އަހަރުގެ ތަހުނިޔާ ދިވެރައްޔިތުންނަށް ފޮނުވުމަށް އޮނަރަބަލް ޝާހިދު ދެއްވި މެސެޖުގައި ވިދާޅުވީ މިދިޔަ އަހަރަކީ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަަވަރުކުރުމުގައި ދަތިތަކާއި ކުރިމަތިވީ އަހަރެއް ކަމުގައެވެ. މިދިޔަ އަހަރަކީ އަސާސީ ހައްގުތަށް ހޯދުމުގައި ހުރަސްތަކާއި ކުރިމަލާންޖެހުނު އަހަރެއް ކަމުގައެވެ. 

ކުރީގެ ހާރިޖީވަޒީރު އޮނަރަބަލް ޝާހިދު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ގައުމުގެ އިގުތިސޯދާއި ވިޔަފާރިއާއި މަސްވެރިކަމާއި ފަތުރުވެރިކަމާއި އެހެނިހެންވެސް އިގްތިސޯދީ ހަރަކާތްތަކަށް ބޮޑެތި ހުރަސްތައް އެޅުނެވެ. ޒުވާނުންނަށް މާޔޫސްކަން ގެނުވާފަދަ ބޮޑެތި ބޮޑެތި ނިންމުންތައް ނިމިގެންދިޔައެވެ. އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ރޫޅިގެންދާ ތަން ފެނިގެން ދިޔައެވެ. "މިހިރަ މިހިރަ ކަންތައްތަކަކީ މިދިޔަ އަހަރުތެރޭގައި ތަޖުރިބާ ކުރަންޖެހުނު ކަންކަން" ކަމުގައި ޝަހިދު ވިދާޅުވިއެވެ. 

 

ނިމިދިޔަ 2024 ވަނައަހަރު ދިވެހިން ކުރި ތަޖުރިބާތައް ޖުމްލަ ގޮތެއްގައި ޝާހިދު ސިފަކުރެއްވީ ރައްޔިތުންނަށް އަބަދުމެ ނިކަމެތި ކަމާއި ހާސްކަމާއި ދެންވާނީ ކިހިނެތްކަން ނޭގިތިބެ ނިމިގެން ދިޔަ އަހަރެއްގެ ގޮތުގައެވެ.

އޮނަރަބަލް ޝާހިދު ވިދާޅުވަނީ އައު ހަރަކަށް މަރުހަބާ ކިޔަންވާނީ އާ އުންމީދު ތަކަކާއެކުގައިކަމަށާއި ދިވެހި ރައްޔިތުން މާޔޫސްކަމުގެ ތެރޭގައި އުންމީދުކެނޑި ކަސްތަޅު އެޅިގެން ތިބެގެން ނުވާނެ ކަމަށާއި ހައްގުމިންވަރު ހޯދުމަށް ފަސްނުޖެހި މަސައްކަތް ކުރަންވާނެ ކަމަށެވެ.

"އަދަށްވުރެ ފެހި ޒަމާނެއް އަމާން ޒަމާނެއް ހޯދުމަށް އާހިއްވަރަކާއެކު މަސައްކަތްފަށަންޖެހޭ" ކަމަށް އެމްޑީޕީގެ ރައީސް ވިދާޅުވެއެވެ. އެފެހި އަމާންޒަމާން މަތްރަސްކަލާނގެ ރަހުމަތްފުޅާއެކު ހޯދޭނެކަމަށް ވިދާޅުވެ އުންމީދު އައުކުރެއްވިއެވެ. ދިވެހި ހުރިހާ ރައްޔިތުންނަށް އައުއަހަރުގެ ތަހުނިޔާ ދަންނަވަނީ އެ އުއްމީދާއި އެއަޒުމު އައުކުރަމުން ކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.