އާޒިމުގެ ހިތްވަރުން އުންމީދު އައުކޮށްދޭ!

މާލެސިޓީގެ ސާފުތާހިރު ކަމަށް އިސްކަންދެއްވާ

އާޒިމުގެ ހިތްވަރުން އުންމީދު އައުކޮށްދޭ!

މާލެ ސީޓީއަކީ އަމާން ރައްކާތެރި ސިޓީއަކަށް ހެއްދެވުމަށް މާލެސިޓީ މޭޔަރ އޮނަރަބަލް އާދަމް އާޒިމް ކުރައްވަމުން ގެންދަވާ މަސައްކަތް ޝުކުރުވެރި ކަމާއެކު ފާހަގަ ކުރަން ޖެހެއެވެ. ކަންކަން ކުރުމަށް ބަޔަކާ ހަވާލު ކޮށްލެއްވުމަށް ފަހު ހިނގަމުންދާ ގޮތް ގާތުން ބެއްލެވުމަކީ އާދަމް އާޒިމް އެންމެ ބޮޑަށް އިސްކަން ދެއްވާ އެއްކަމެވެ. 

މާލެސިޓީއަކީ ސާފުތާހިރު ހިތްގައިމު ވެއްޓަކަށް ހެއްދެވުމަށް މޭޔަރ އިސްވެހުންނަވާ އެތައް ސަތޭކަ ކަމެއް އެބަކުރައްވައެވެ. އެކަންތައް ތަކުގެ ތެރެއިން މިހިނގާ ދިހަވަރަކަށް ދުވަހު ހިންގަމުންދާ ބައެއް ކަންކަމަށް ބަލައިލިޔަސް ފެންނަނީ ހިތް ހަމަ ޖެހުމެވެ. އުންމީދު އާވާތަނެވެ.   

  • ގަލޮޅު ސިޓީ ޕާރކް ސާފުކުރުން 

އެތައްް ދުވަހެއް ވަންދެން ބެލެހެއްޓުމެއް އަލާލުމެއްނެތި ވާނެ އެއްޗެއްވާން މާލޭގެ މެދުތެރޭގައި ސިޓީ ޕާރކްއޮތެވެ. ސިޓީ ކައުންސިލްވެސް އޮތެވެ. މޭޔަރުންވެސް ތިއްބެވެ. ދުށްލޮލެއް ނެތެވެ. އެހެން ނަމަވެސް މިހާރުގެ މާލޭ މޭޔަރ އާޒިމަކަށް އެކަން ވަރިހަމައެއް ނުވިއެވެ. ގަލޮޅު ސިޓީ ޕާރކަކީވެސް ދިރުންހުރި ހިތްހަޖެހުން ލިބިދޭ ތަނަކަށް ހެއްދެވުމަށްޓަކައި ސިޓީ ޕާކް ސާފުކުރަންފެއްޓުވީއެވެ. 

  • ބާ ޖަމާލުއްދީން ބިންސާފުކުރުން

މާލެސިޓީ (މާލެ، ހުޅުމާލެ، ވިލިމާލެ) އަކީ ސާފު އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ބާ ޖަމާލުއްދީން ބިން ސާފު ކުރަން ވަނީ ފައްޓަވާފައެވެ. އެ މަސައްކަތް ކުރައްވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިވަޑައިގެންނެވެ. 

  • ތަބުރޭޒީމަގު މަރާމާތުކުރުން

އާސަހަރާ މިސްކިތް ރަސްމީކޮށް ހުޅުވުމަށް ތައްޔާރު ވުމުގެ ގޮތުން ގިނަ ކަންތައް ތަކެއް ދަނީކުރަމުންނެވެ. އެގޮތުން ތަބުރޭޒީމަގުގެ އުތުރުފަޅީ ދުވާރުމަތީގައި ޕާރކް ކުރުން ހުއްޓުވުމުގެ ގޮތުން ޕާރކް ނުކުރެވޭގޮތަށް ބޮލާޑް ޖެއްސުވިއެވެ.  ހެދުން

  • ވިލިމާލެއަށް ޑަމްޕްލޮރީއެއް

ވިލިމާލޭގެ ކައުންސިލް އިދާރާއިން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް އަވަހަށް އަދި ފުރިހަމައަށް ފޯރުކޮށް ދެއްވުމަށް މޭޔަރު ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ. އެގޮތުން ވިލިމާލެ މުނިސިޕަލް ހިދުމަތް ދިނުމުގެ މަސައްކަތަށް ބޭނުންވާ ޑަމްޕް ލޮރީ ވިލިމާލެއަށް ފޮނުއްވާ ދެއްވުމަކީ އެޅުއްވި މުހިންމު ފިޔަވަޅެކެވެ. 

  • ބްލޫކިޔާމަގު މަރާމާތުކުރުން

މ. ބުލޫކިޔާމަގުގެ ގަނބައި ގެންފައިވާ ސަރަހައްދު އަވަސް ކަމެއްގެ ގޮތުގައި މަރާމާތު ކުރެއްވުމަކީ އެމަގު ބޭނުން ކުރަމުންދާ އެންމެނަށް ލުޔެކެވެ.

  • އަލިމަސްމަގު މަރާމާތުކުރުން

އިމާރާތް ކުރުމާ ގުޅިގެން އަލިމަސްމަގަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކޮށް މަރަމާތުކުރުމުގެ މަސައްކަތް ކުރުވިއެވެ. ހަލާކުވެފައިވާ ސަރަހައްދުތަކުގައި ހުރި ކާބްސްޓޯންތައް ނަގާ އަލުން ކާބްސްޓޯން ޖައްސުވާ ކާނުތައް ސާފުކުރުވިއެވެ.