މުއިޒުވެފައި އޮތް އާސަހަރާ އާޒިމް ނިންމުމުން މުއިއްޒު ހުޅުވުން!
މުއިއްޒުވީ ހިޔާނާތްދާނީ މުއްގަޑަށް ވަދެގެން
މަރާމާތު ކުރަން ބަންދުކޮށް މުއިއްޒުވެފައި އޮތް އާސަހަރާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުން މިއަދު މުއިއްޒު ހުޅުވާދީފިއެވެ. ސިޓީ ކައުންސިލުގެ މޭޔަރުކަމުގައި ހުރެ ދެމަސްދުވަހަށް ބަންދު ކުރި އާސަހަރާ މިއަދު ހުޅުވީ އެކަމަށް 9.7 މިލިއަން ރުފިޔާ ހޭދަކޮށްގެންނެވެ.
މަރާމާތުކޮށްގެން ދެމަސް ދުވަހުން ހުޅުވަން ބަންދުކުރި އާސަހަރާ މިއަދު މިހުޅުވުނީ އެއް އަހަރާއި ހަތަރުމަހު މުއިއްޒުވެފައި އޮތުމަށް ފަހުގައެވެ. 2023 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަދުވަހުން ފެށިގެން އާސަހަރާ މުއިއްޒު ވެފައި ހަތް މަހެއްހާ ދުވަހު އޮތުމަށްފަހު މަސައްކަތް ހިގައިގަތީ މާލޭ މޭޔަރުކަމަށް އާދަން އާޒިމް އިންތިހާބު ކުރެވުނު ފަހުން މިއަހަރު ޖެނުއަރީ މަހުއެވެ.
ކުރީގެ މޭޔަރ މުއިއްޒު މޭޔަރު ކަމުގައި ހުރެ 4.9 މިލިޔަން ރުފިޔާ ބަޖެޓްކޮށްގެން 2 މަސްދުވަހުން ނިންމަންފެށި އާސަހަރާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށީ ސިއްރުވެރި ހީލަތްތެރި ގޮތަކަށެވެ. މަސައްކަތް ހަވާލުކުރީ ކޮން ބަޔަކާ ކަންވެސް މީޑިއާތަކަށް އޮތީ ސިއްރު ކޮށްފައެވެ. އާސަހަރާ މިސްކިތް ތަޅާލާ ވަކި ވަރަކަށް މަސައްކަތް ކުރާތަން ފެނުނެވެ. ދެންއިވުނީ ކޮންޓްރެކްޓް ބާތިލުކުރިއަޑެވެ. 4.9 މިލިޔަން ރުފިޔާގެ ކޮންޓްރެކްޓް ބާތިލު ކުރި އިރު މަސައްކަތުގެ %25 ނުނިމުނެއް ކަމަކު 3.9 މިލިޔަން ރުފިޔާ ކޮންޓްރެކްޓަރަށް ވަނީ ދޫކޮށްނިމިފައެވެ.
އާސަހަރާގެ އަޕްގްރޭޑިންގެ ނަމުގައި ސިޓީ ކައުންސިލުގެ ބަޖެޓުން މުއިއްޒުގެ ރިޔާސީ ކެންޕޭނަށް ފައިސާކޮޅެއް ކައްވާލީ ކަމަށް އެތައް ބަޔަކު ތުހުމަތު ކުރިއެވެ. ވީ އެއްޗެއްވެ އާސަހަރާ މުއިއްޒުވެފައި އޮތުމަށްފަހު އިތުރަށް 4 މިލޔަން ރުފިޔާ ހަރަދު ކޮށްގެން އާސަހަރާ މިއަދު އެހުޅުވުނީއެވެ. ކޮރަޕްޝަނާއި ހިޔާނާތަކީ ރާއްޖޭގައި ބެލޭ ކަންކަމެއް ނޫނެވެ. ސިޓީ ކައުންސިލްގެ 3.9 މިލިޔަން ރުފިޔާއަށް ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސް މުއިއްޒު ވީ ހިޔާނާތްވެސް އެހެން ކަންކަންހެން ދާނީ މުއްގަޑަށް ވަދެގެންނެވެ.
މާލެ ސިޓީގެ މިހާރުގެ މޭޔަރ އާޒިމަކީ ރައްޔިތުންގެ ހެވާލާބައަށް އެންމެ ކުރިން ކުރަންޖެހޭ ކަމަކަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާ ބެފުޅެކެވެ. އާޒިމް އިސްކަން ދެއްވީ އާސަހަރާ ބަންދުކޮށްފައި އޮތުމުން މާލޭގައި ދިރިއުޅޭ ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފްތަކަށް އަވަހަށް ނިމުން ގެނައުމަށެވެ. މަތީ ފެންވަރަކަށް ލުއިފަސޭހަ ތަކާއެކު ސަހަރާ މިސްކިތާއި ހިނަވާގެ ނިންމާ އާސަހަރާގައި ވިހާވެސް އަވަހަކަށް ޖަނާޒާތައް ބޭއްވޭނެ ގޮތް ހައްދަވާ ދެއްވުމަކީ އާޒިމްގެ އަމާޒެވެ. ހުރި ހުރިހާ ދަތިތައް ގިރާކުރައްވާ މާލޭ ރައްޔިތުންނަށް އާސަހަރާއިން ހިދުމަތް ހޯދޭނެގޮތް ރަސްމީކޮށް މިއަދު އެހަ އްދަވާ ދެއްވީއެވެ. ކްރެޑިޓް ނަގާނެ މީހަކު ކުރެޑިޓް ނަގަން ވީއެވެ. މޭޔަރު އަޒިމް އެހުރީ އެކަން ކޮޅެއްގައި ޖައްސަވާ ދެއްވާ އާސަހަރާ މުއިއްޒުވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ދެއްވާފައެވެ.