މޮރިޝަސްއިން އިނގިރޭސީން ވެސް ގަނެލީތަ!

ޗާގޯސްގެ ސިޔާދަތީ ބާރު އޮންނަންޖެހޭނީ މޮރިޝަސްއަށް: ޕީޕީއެމް-2019

މޮރިޝަސްއިން އިނގިރޭސީން ވެސް ގަނެލީތަ!
  • މޮރިޝަސްއިން ޗާގޯސް ހޯދަން މަސައްކަތް ކުރިއިރު ރައީސް ޔާމީނު ސަރުކާރު އޮތީ ނިދާފަ.
  • ޗާގޯސް މޮރިޝަސްއަށް އޮންނަން ނުޖެހޭކަމަށް ރާއްޖޭން ވޯޓުދިނުން ކުރީން ޕީޕީއެމަށް ގޯސްވި. 
  • ރައީސް ސޯލިހު ސަރުކާރުން އިޓްލޮސްގައި ދިފާއުކުރީ ރާއްޖޭގެ މަސްލަހަތު.
  • ކަނޑު ހޯދަދޭނަމޭ ކިޔައިގެން ވެރިކަމަށް އަންނަން މުއިއްޒު ހެދީ ދޮގު.
  • ގައުމުގެ ސިޔާދަތާއި މިނިވަންކަމުގެ ވާހަކަ ޕީޕީއެމް ފިކުރުގެ މީހުން ދައްކަނީ އެ ވަގުތަކަށް  ނެގެން އޮތް ސިޔާސީ ފައިދާއެއް ނަގަން
  • ގައުމީ މަސްލަހަތު އޮތްކަމެއްގައި އިހުލާސް ތެރިކަމެއް އޮތްނަމަ ދެ ފަހަރު ދެ ގޮތަށް ވާހަކައެއް ނުދައްކާނެ

ޗާގޯސް މައްސަލާގައި ފެށުނީއްސުރެ ޕީޕީއެމްގައި އޮތީ ދެފުށް ދެގޮތްކަމެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސްއިން އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދިޔައީ ރައީސް ޔާމީނު ވެރިކަމުގެ ދުވަސްވަރުއެވެ. އދގެ ގުނަންތައް މެދުވެރިކޮށް މޮރިޝަސްއިން ޗާގޯސް ހޯދަން މަސައްކަތް ކުރިއިރު އޭރު އޮތް ދިވެހި ސަރުކާރު ( ރައީސް ޔާމީނު ސަރުކާރު ) އޮތީ ނިދާފައެވެ. ޗާގޯސް ހޯދުމަކަށް އެއްވެސް ކަމެއް ނުކުރެއެވެ. މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިއްޖެނަމަ ޗާގޯސް ކަޑުން ބައެއް ރާއްޖެއަށް ގެއްލިދާނެތީ ބައިނަލްއަގުވާމީ ގޮތުން ކުރި ކަމެއް ހަރާމުން ހަރާމެވެ. 

އެހެން އެކަން އޮތްއިރު ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައި އޮންނަން ޖެހޭތަނެއްތޯ ބެލުމަށް އދގެ އާއްމު މަޖިލީހުގައި 2019 ގައި ވޯޓު ނެގިއެވެ. އެ ވޯޓުގައި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނަން ނުޖެހޭކަމަށް ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭން ވޯޓުދީގެން އޭރު އިދިކޮޅުގައި އޮތް ޕީޕީއެމުން ހީވީ އުޑު ބޮލަށް ވެއްޓެން އުޅުނު ހެންނެވެ. 

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނަން ނުޖެހޭކަމަށް ރައީސް ސޯލިހު ސަރުކާރުން ވޯޓުދިނުމަކީ ގައުމުތައް އަޅުވެތިކުރުމަށް ހިއްވަރު ދިނުންކަމަށް ޕީޕީއެމުން ބުންޏެވެ. ރާއްޖޭ ވޯޓު ދޭންޖެހޭނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތުމާއި އެއްކޮޅަށް ކަމަށް އޭރު ޕީޕީއެމުން ބުނެ ބަޔާންނެރެ ސަރުކާރުން މާފަށް އެދެން ޖެހޭނެކަމަށް ބުންޏެވެ. 

ޗާގޯސްއަކީ މޮރިޝަސްގެ ބައެއްކަމަށް މޮރިޝަސް ގަބޫލުކުރާތީ މޮރިޝަސްއާއި ރާއްޖެއާއި ދެމެދު ޗާގޯސް ކަނޑުގެ ފުށުއެރުމެއް އޮތްކަމަށް ބަލާ އިޓްލޮސްގައި މޮރިޝަސްއިން ދައުވާ ކުރިއެވެ. އެދައުވާ މޮރިޝަސްއިން އުފުލުމުން އެއީ ބެލޭނެ މައްސަލައެއް ނޫންކަމަށް ބުނެ ރައީސް ސޯލިހު ސަރުކާރުން ދެކޮޅު ހެދުމުން އިޓްލޮސްގައި މައްސަލަ އޮތީ ޕާކްކޮށްފައެވެ. އެހެންނަމަވެސް ދުނިޔޭގެ ކޯޓްގެ އިސްތިރާޝީ ލަފައާއި އާއްމު މަޖިލީހު ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީބާރު ލިބިގެންވާ ތަނެއްކަމަށް ކަނޑައެޅުމުން އިޓްލޮސްގައި އޮތް ޗާގޯސް ކަނޑުގެ ފުށުއެރުމުގެ މައްސަލަ ބަލަން އެޓްރައިބިއުނަލުން ނިންމާ ޖަވާބު ދާރީވުމަށް ރާއްޖެއަށް އެންގިއެވެ. 

ރައީސް ސޯލިހުގެ ސަރުކާރުން އިޓްލޮސްގެ ޝަރީއަތުގައި ރާއްޖޭގެ މަސްލަހަތު ދިފާއުކުރަން އެހިސާބުން މަސައްކަތް ފެއްޓިއެވެ. ނެގެން ހުރި ދިފާއުތައް ނަގައިގެން މޮރިޝަސް ބޭނުންވި ގޮތަށް ފުށުއެރުން ބައިކުރިޔަނުދީ ފުށުއެރުމުގެ ބޮޑުބައި ރާއްޖެއަށް ހޯދާދިނެވެ. ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ހިމާޔަތް ކޮށްދިނެވެ. 

ސިޔާސީ ވާދަވެރިކަމުގައި އިދިކޮޅުގައި ތިބެ ޕީޕީއެމް ފިކުރުގެ މީހުން ޗާގޯސް މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ކުރިންކީ ލަވަ ދެކޮޅު ލަވަޔަކަށް ބަދަލުކުރީ އޭރުގެ ސަރުކާރާ ދެކޮޅުވެރި ވުމުގެ ގޮތުންނެވެ. މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު އޮންނަންޖެހޭ ކަމަކަށް ފަހަކުން ނުވިއެވެ. ދުނިޔޭގެ ކޯޓަކުން ހަމަޖެއްސި ފުށުއެރުމުގެ މައްސަލަ ވެސްވީ ކުރީ ސަރުކާރުން ކަނޑުވިއްކާލި ކަމަށެވެ. 

އަސާސެއް ނެތްކަމެއްގައި ރައްޔިތުންނަށް އޮޅުވާލައިގެން ކަނޑު ހޯދަދޭނަމޭ ކިޔައިގެން ވެރިކަމަށް އައި މުއިއްޒަށް އެކަނޑެއް ހޯދަން ކުރާނެ ކަމެއް ހެދޭނެ ގޮތެއް ނެތްކަން ފުރަތަމަ ދުވަހުވެސް އެނގެއެވެ. ވޯޓު ހޯދަން ވިއްކި މާސިންގާ ދޮގުގެ ތެރެއިން އެއް ދޮގަކީ ވިއްކާލި ކަނޑު ހޯދުމެވެ. މުއިއްޒު ވެރިކަމަށް އަހަރު ކިއްކުރަން ހެއްޔެވެ. ސަތޭކަ އަހަރު ވިޔަސް ރައީސް ސޯލިހުގެ ވެރިކަމުގައި ވެފައި އޮތްވަރަށްވުރެ ވަކީން ރަނގަޅު ގޮތެއް ރާއްޖެއަކަށް ނުހޯދޭނެއެވެ. 

ރައީސް ސޯލިހުވެރިކަމުގައި ކަނޑުވިއްކަލާ ޗާގޯސް ދޫކޮށްލީއޭ ބުނާ ސިޔާސީ މުނާފިގުން ކުރެން އަހާލަން އޮތީ އެތައް ޒަމާނެއް ވަންދެން ޗާގޯސް އެބައެއްގެ ބާރުގެ ދަށުގައިއޮތް އިނގިރޭސި ވިލާތުންވެސް ޗާގޯސްގެ މޮރިޝަސްއަށް ވިއްކާލީހެއްޔެވެ.  ފިކުރުގެ މީހުން ދައްކަނީ އެ ވަގުތަކަށް ނެގެން އޮތް ސިޔާސީ ފައިދާއެއް ނަގާށެވެ. ގައުމީ މަސްލަހަތު އޮތްކަމެއްގައި އިހުލާސް ތެރިކަމެއް އޮތްނަމަ ދެފަހަރު ދެގޮތަށް ވާހަކައެއް ނުދައްކާނެއެވެ.

ޗާގޯސް މައްސަލާގައި ފެށުނީއްސުރެ ޕީޕީއެމްގައި އޮތީ ދެފުށް ދެގޮތްކަމެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސްއިން އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދިޔައީ ރައީސް ޔާމީނު ވެރިކަމުގެ ދުވަސްވަރުއެވެ. އދގެ ގުނަންތައް މެދުވެރިކޮށް މޮރިޝަސްއިން ޗާގޯސް ހޯދަން މަސައްކަތް ކުރިއިރު އޭރު އޮތް ދިވެހި ސަރުކާރު ( ޔާމީނު ސަރުކާރު ) އޮތީ ނިދާފައެވެ. ޗާގޯސް ހޯދުމަކަށް އެއްވެސް ކަމެއް ނުކުރެއެވެ. މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިއްޖެނަމަ ޗާގޯސްކަޑުން ބައެއް ރާއްޖެއަށް ގެއްލިދާނެތީ ބައިނަލްއަގުވާމީ ގޮތުން ކުރި ކަމެއް ހަރާމުން ހަރާމެވެ. 

އެހެން އެކަން އޮތްއިރު ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައި އޮންނަން ޖެހޭތަނެއްތޯ ބެލުމަށް އދގެ އާއްމު މަޖިލީހުގައި 2019 ގައި ވޯޓު ނެގިއެވެ. އެ ވޯޓުގައި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނަން ނުޖެހޭކަމަށް ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭން ވޯޓުދީގެން އޭރު އިދިކޮޅުގައި އޮތް ޕީޕީއެމުން ހީވީ އުޑު ބޮލަށް ވެއްޓެން އުޅުނު ހެންނެވެ. 

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނަން ނުޖެހޭކަމަށް ރައީސް ސޯލިހު ސަރުކާރުން ވޯޓުދިނުމަކީ ގައުމުތައް އަޅުވެތިކުރުމަށް ހިއްވަރު ދިނުންކަމަށް ޕީޕީއެމުން ބުންޏެވެ. ރާއްޖޭ ވޯޓު ދޭންޖެހޭނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތުމާއި އެއްކޮޅަށް ކަމަށް އޭރު ޕީޕީއެމުން ބުނެ ބަޔާންނެރެ ސަރުކާރުން މާފަށް އެދެން ޖެހޭނެކަމަށް ބުންޏެވެ. 

ޗާގޯސްއަކީ މޮރިޝަސްގެ ބައެއްކަމަށް މޮރިޝަސް ގަބޫލުކުރާތީ މޮރިޝަސްއާއި ރާއްޖެއާއި ދެމެދު ޗާގޯސްކަނޑުގެ ފުށުއެރުމެއް އޮތްކަމަށް ބަލާ އިޓްލޮސްގައި މޮރިޝަސްއިން ދައުވާ ކުރިއެވެ. އެދައުވާ މޮރިޝަސްއިން އުފުލުމުން އެއީ ބެލޭނެ މައްސަލައެއް ނޫންކަމަށް ބުނެ ރައީސް ސޯލިހު ސަރުކާރުން ދެކޮޅު ހެދުމުން އިޓްލޮސްގައި މައްސަލަ އޮތީ ޕާކްކޮށްފައެވެ. އެހެންނަމަވެސް ދުނިޔޭގެ ކޯޓްގެ އިސްތިރާޝީ ލަފައާއި އާއްމު މަޖިލީހު ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީބާރު ލިބިގެންވާ ތަނެއްކަމަށް ކަނޑައެޅުމުން އިޓްލޮސްގައި އޮތް ޗާގޯސް ކަނޑުގެ ފުށުއެރުމުގެ މައްސަލަ ބަލަން އެޓްރައިބިއުނަލުން ނިންމާ ޖަވާބު ދާރީވުމަށް ރާއްޖެއަށް އެންގިއެވެ. 

ރައީސް ސޯލިހުގެ ސަރުކާރުން އިޓްލޮސްގެ ޝަރީއަތުގައި ރާއްޖޭގެ މަސްލަހަތު ދިފާއުކުރަން އެހިސާބުން މަސައްކަތް ފެއްޓިއެވެ. ނެގެން ހުރި ދިފާއުތައް ނަގައިގެން މޮރިޝަސް ބޭނުންވި ގޮތަށް ފުށުއެރުން ބައިކުރިޔަނުދީ ފުށުއެރުމުގެ ބޮޑުބައި ރާއްޖެއަށް ހޯދާދިނެވެ. ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ހިމާޔަތް ކޮށްދިނެވެ. 

ސިޔާސީ ވާދަވެރިކަމުގައި އިދިކޮޅުގައި ތިބެ ޕީޕީއެމް ފިކުރުގެ މީހުން ޗާގޯސް މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ކުރިންކީ ލަވަ ދެކޮޅު ލަވަޔަކަށް ބަދަލުކުރީ އޭރުގެ ސަރުކާރާ ދެކޮޅުވެރި ވުމުގެ ގޮތުންނެވެ. މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު އޮންނަންޖެހޭ ކަމަކަށް ފަހަކުން ނުވިއެވެ. ދުނިޔޭގެ ކޯޓަކުން ހަމަޖެއްސި ފުށުއެރުމުގެ މައްސަލަ ވެސްވީ ކުރީ ސަރުކާރުން ކަނޑުވިއްކާލި ކަމަށެވެ. 

އަސާސެއް ނެތްކަމެއްގައި ރައްޔިތުންނަށް އޮޅުވާލައިގެން ކަނޑު ހޯދަދޭނަމޭ ކިޔައިގެން ވެރިކަމަށް އައި މުއިއްޒަށް އެކަނޑެއް ހޯދަން ކުރާނެ ކަމެއް ހެދޭނެ ގޮތެއް ނެތްކަން ފުރަތަމަ ދުވަހުވެސް އެނގެއެވެ. ވޯޓު ހޯދަން ވިއްކި މާސިންގާ ދޮގުގެ ތެރެއިން އެއް ދޮގަކީ ވިއްކާލި ކަނޑު ހޯދުމެވެ. މުއިއްޒު ވެރިކަމަށް އަހަރު ކިއްކުރަން ހެއްޔެވެ. ސަތޭކަ އަހަރު ވިޔަސް ރައީސް ސޯލިހުގެ ވެރިކަމުގައި ވެފައި އޮތްވަރަށްވުރެ ވަކީން ރަނގަޅު ގޮތެއް ރާއްޖެއަކަށް ނުހޯދޭނެއެވެ. 

ރައީސް ސޯލިހުވެރިކަމުގައި ކަނޑުވިއްކަލާ ޗާގޯސް ދޫކޮށްލީއޭ ބުނާ ސިޔާސީ މުނާފިގުން ކުރެން އަހާލަން އޮތީ އެތައް ޒަމާނެއް ވަންދެން ޗާގޯސް އެބައެއްގެ ބާރުގެ ދަށުގައިއޮތް އިނގިރޭސި ވިލާތުންވެސް ޗާގޯސްގެ މޮރިޝަސްއަށް ވިއްކާލީހެއްޔެވެ.