އެމްޑީޕީއަކީ އީޖާދީ ވިސްނުން ގެންގުޅޭ ޕާޓީއެއް

އެމްޑީޕީއަކީ އީޖާދީ ވިސްނުން ގެންގުޅޭ ޕާޓީއެއް

އެމްޑީޕީގެ ކުރިމަގު ބިނާކުރުމަށް ޗެއަރޕާސަން އޮނަރަބަލް އަލްއުސްތާޒު ފައްޔާޒު އިސްމާއީލް އިސްނެންގެވުމުގެ މަތިން އެކުލަވާލެވުނު ރޯޑްމެޕްގެ މުހިންމު އެއް މަސައްކަތް ކަމުގައިވާ އެމްޑީޕި ޓްރެއިނިންގ އެކެޑެމީގެ މަސައްކަތް ފެށިގެން ދިއުމަކީ ބޮޑު ކާމިޔާބީއެކެވެ. ކުރިއެރުމެކެވެ. އެމްޑީޕީ އެހެން ހަރުފަތަކަށް ގެންދިޔުމަށް ހުޅުވުނު ދޮރެކެވެ.

ޗެއަރޕާސަން ފައްޔާޒު ވިދާޅުވާ ގޮތުގައި ޓްރެއިނިންގ އެކެޑެމީ އުފެއްދުމަކީ ޕާޓީގެ މުސްތަގުބަލަށް ކުރެވޭނެ އެންމެ ރަނގަޅު އެއްކަމެވެ. "އަޅުގަނޑުމެންގެ ޕާޓީ އެބަ ބަދަލުވާން ޖެހޭ" ކަމަށް ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ބޮޑު ލަޝްކަރަކީ ދިވެހިބަހުން ރަނގަޅު މައުލޫމާތާއެކު ވަކާލަތުކުރާ ވާހަކަ ދެއްކުންތެރިންނަަށް ވުމަށް އުންމީދު ކުރައްވާ ކަމަށެވެ. 

އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވަނީ އެމްޑީޕީއަކީ ސުލަހަވެރި ސިޔާސީ ހަރަކާތް ރާއްޖެއަށް ތަޢާރަފްކޮށް، ޕާޓީ ހިންގުމުގައި އީޖާދީ ވިސްނުން ގެންގުޅޭ ޕާޓީއެއް ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ރޭގައި މަސައްކަތް ފެށިގެން ދިޔަ "އެމްޑީޕީ ޓްރޭނިންގ އެކެޑެމީ" އަކީ މުސްތަގުބަލުގައި ރާއްޖޭގެ ސިޔާސީ މައިދާނަށް ގިނަގުނަ ފައިދާތަކެއް ގެނެސްދޭނެ މަރުކަޒެެއް ކަމަށެވެ. އެމްޑީޕީ ޓްރޭއނިންގ އެކެޑަމީ އިން ފެށި ފުރަތަމަ ތަމްރީން ޕްރޮގްރާމް ކަމަށްވާ ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށް ދިނުމުގެ ކޯސް އިފްތިތާޙް ކުރުމުގައި ބައިވެރިވުމަކީ ލިބުނު އުފަލެއް ކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.