ޖެނެރަލް ޝަމާލުގެ ތައުރީފް ފަޔަރ ފައިޓަރުންނަށް

ޖެނެރަލް ޝަމާލުގެ ތައުރީފް ފަޔަރ ފައިޓަރުންނަށް

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާ ރޭ މަލޭގައި ވަނީ ހިނގާފައެވެ. މާފަންނު ނިރުފެހި ގޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފައެވެ. އަލިފާނުގައި ފިހިގެން މަރުވެފައިވަނީ އިންޑިޔާގެ 8 މީހުނާއި ބަނގްލާދޭޝްގެ 2 މީހުނެވެ. 

އަލިފާން ރޯވެފައިވާ ގޭގެތެރެއިން މީހުން ސަލާމަތްކުރުމާއި ފިހިގެން މަރުވެފައިވާ ހަށިތައް އަލިފާނުގެ ތެރެއިން ނެރުމުގެ މަސައްކަތް ކުރީ އެމްއެންޑީއެފްގެ ކުޅަދާނަ ފަޔަރ ފައިޓަރުންނެވެ. ރޯވެފައިވާ އަލިފާންގަނޑުގެ ތެރޭގައި އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ޖެހެލުން ކުޑަ ކަމާއެކު ދެއްކި ކެރުން ތެރިކަމަށް ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު ތައުރީފް ކުރައްވައިފިއެވެ.

ޖެނެރަލް ޝަމާލު ކުރެއްވި ޓްވީޓެއްގައި ފަޔަރ ފައިޓަރުންގެ ޖެހެލުން ކުޑަ ކެރުންތެރި ކަމަށް ތައުރީފް ކުރައްވަމުން ވިދާޅުވެފައިވަނީ އެ ކަމުން އެ ދައްކައި ދިނީ ފަޔަރ ފައިޓަރުންގެ ކެރުންތެރިކަމާއި ހިތްވަރު ގަދަކަން ކަމަށެވެ.

https://twitter.com/CDFofMNDF

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓުންނާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި އާއްމު ރައްޔިތުން ދިން އެއްބާރު ލުމުގެ އަގު ވަޒަން ކުރައްވާ ކަމަށް ވެސް ޖެނަރަލް ޝަމާލު ވިދާޅުވެފައި ވެއެވެ.