ހަގީގީ މަގުސަދު ހާސިލްވާގޮތަށް ކެޓްޝެލްޓަރ އިންތިޒާމުކުރޭ

މާލޭގައި އުޅޭ ބުޅާތަކުގެ ސަބަބުން ޢާއްމު ރައްޔިތުންނަށް ދިމާވަމުންދާ އުނދަގޫތައް ހައްލުކުރުމަށާއި ބުޅާތައް ވެސް، ރައްކާތެރި މާޙައުލެއްގައި ގެންގުޅުމަށް މާލޭ މޭޔަރ އާދަމް އާޒިމު ވަރަށް ބޮޑަށް އިސްކަން ދެއްވިއެވެ.
މާލޭ ސަރަހައްދުން ބިމެއް ހޯދާ މާލެ ސަރަހައްދުގައި ކެޓް ޝެލްޓަރއެއް މާލެ ސިޓީ ކައުންސިލްގެ ހަރަދާ މަސައްކަތުން ބިނާކޮށް ނިންމާލީ ކުރު މުއްދަތެއްގެ ތެރޭގައެވެ. ރަނގަޅު ފެންވަރެއްގައި ބުޅަލަށް އަޅާލެވޭ ހޮތަށް ކެޓް ޝެލްޓަރ ގާއިމުކޮށް، އެ ތަނަށް މާލޭގައި އުޅޭ ބުޅާތައް ގެންދަން ފަށަން އޮތް ދުވަހު ސަރުކާރުން އޮޅުހިޔާ ޖަހައިގަތީއެވެ.
ކާޅު ހާލިހެދީމާ ކޮވެލި ބިސް އަޅާ އުސޫލުން ކަންތައް ކުރާ ސަރުކަރުން މެޑެލް ޖަހަން ކެޓްޝެލްޓަރ އަތުލިޔަސް ވީކަމެއް ހަރާމެވެ. ކެޓްޝެލްޓަރއަށް ގެންދިޔަ ބުޅާތަކަށް، ރައްކާތެރި މާޙައުލަކަށް އޮޅުހިޔާ ހެދުމުގައި ސަރުކާރު ފޭލިވެއްޖެއެވެ. ބުޅަލަށް ރައްކަތެރި ވެއްޓެއް އެތާގައި މިހާރު ނެތެވެ. އޮޅުހިޔަލަށް ގެންދިޔަ، ގިނަ ޢަދަދެއްގެ ބުޅާ ވަނީ ސަރުކާރުގެ އިހުމާލުން މަރުވެއްޖެއެވެ.
މާލޭ ސިޓިގެ މޭޔަރ އާދަމް އާޒިމް މި ދަނޑިވަޅުގައި ސަރުކަރަށް ގޮވާލައްވަނީ ޖަނަވާރުތަކަށް ރައްކާތެރިކަން ހޯދައި ދިނުމަށް މަސައްކަތް ކުރުމަށެވެ. ގިނަ ޢަދަދެއްގެ ޖަމިއްޔާތަކުން، ކެޓް ޝެލްޓަރގެ ހާލަތު މޮނިޓަރ ކުރުމަށް ފަހު ނެރުނު ރިޕޯޓުގައިވާ ކަންކަމާ މެދު ނުހަނު ކަންބޮޑުވުން މޭޔަރ އަޒިމް ފާޅުކުރައްވައެވެ.
"ސަރުކާރުން، ކެޓްޝެލްޓަ އަތުލިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، ކެޓް ޝެލްޓަރ ގެ ޙާލަތު އެހާ ދެރަ ހާލަތަކަށް ވެއްޓިފާ ހުރުމަކީ، އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއްނޫން" ކަމަށް މޭޔަރ އަޒިމް ވިދާޅުވިއެވެ.
މާލޭ މޭޔަރ ސަރުކާރަށް ގޮވާލައްވަނީ ކެޓްޝެލްޓާގެ ޙާލަތު ރަނގަޅުކުރުމަށެވެ. މާލެ ތެރޭގައި ދޫވެފާވާ ބުޅާތައް އެތަނަށްގެންގޮސް އެ ތަން ހެދި ހަގީގީ މަގުސަދުތައް ހާސިލްކުރެވޭ ގޮތަށް، ކެޓް ޝެލްޓާގެ އެންމެހައި ކަންކަން އިންތިޒާމު ކޮށްދެއްވުމަށް ޖަނަވާރުތަކާއި ބެހޭ ވުޒާރާއާއި، ދައުލަތުގެ ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މާލޭ މޭޔަރ އާދަމް އާޒިމް ވަނީ ގޮވާލައްވާފައެވެ.