މާލޭ މަގުތަކަށް ފެންފޭބުން ސިޓީ ކައުންސިލުން ހައްލުކުރަނީ

މާލެ ސިޓީގެ އިމާރާތް ތަކުން މަގުތަކަށް ފެން ފައިބާ މައްސަލަ ހައްލުކުރުމަށް، ޚާއްޞަ މަސައްކަތްތަކެއް ސިޓީކައުންސިލުން ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
މާލެސިޓީން ފަށާފައިވާ އެ މަސައްކަތުގައި މިދިޔަމަހު ވަނީ ބުރުޒު މަގަށް ފެންފައިބާ 40 ޢިމާރާތެއް ޗެކުކުރެވިފައެވެ. އޭގެތެރެއިން 22 ޢިމާރާތަކުން މަގަށް ފެންފައިބަމުންދިޔަ މައްްސަލަ ހައްލުކޮށްފިއެވެ.
ބުރުޒު މަގުން ހައްލު ނުކުރެވިވާ، 28 ގެއެއްގެ މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ކަންކަން ދަނީ ކުރަމުންނެވެ.
މާލެ ސިޓީއަށް ކުރިމަތިވެފައިވާ ކުދި ބޮޑު މައްސަލަތައް ހައްލުކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ސިޓީ ކައުންސިލަށް ބޭނުންވެއެވެ.