ށ އަތޮޅުން ޖޭޕީ ފުހެވެނީ

އެމްޑީޕީ އަހަރީ ހަދިޔާ

ށ އަތޮޅުން ޖޭޕީ ފުހެވެނީ

ޖުމްހޫރީ ޕާޓީ ށ. އަތޮޅުން ފުހެވެނީ ބަލަބަލާ ތިއްބައެވެ. އެ ޕާޓީގެ ށ. ދާއިރާގެ ރައީސް އަޙްމަދު މާހިރު އާއި ޖޭޕީގެ ށ. އަތޮޅު ކެންޕެއިން މެނޭޖަރު ޢަބްދުއްލާ ޝަފީޤް އެމްޑީޕީއަށް ސޮއި ކުރެއްވުމަކީ އޭގެ ހެއްކެވެ.

މި ދެ ބޭފުޅުން ޖުމްހޫރީ ޕާޓީ ދޫކުރައްވާ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާ އެމްޑީޕީއަށް ސޮއިކުރެއްވީ މިއަދު މުލިއާގޭގައެވެ.ދެ ބޭފުޅުންވެސް އެމްޑީޕީއަށް ސޮއި ކުރެއްވީ އެމްޑީޕީޑީގެ އިސްލީޑަރު އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާޒިރުގައެވެ.

އެމްޑީޕީއާއި ޖޭޕީގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް މިމަހުވެސް ސޮއިކޮށްފައިވެއެވެ. އޭތެރެގެރޭގައި ޖޭޕީގެ ކުރީގެ ކައުންސިލް މެންބަރުން ހިމެނޭގޮތަށް ޖޭޕީގެ ކުރީގެ ގިނަ މެންބަރުންތަކެއް ވެސް ވަނީ އެމްޑީޕީއަށް ބަދަލުވެފައެވެ.