ރާއްޖޭގެ ހަމަޖެހުމަށް ބޭނުންވަނީ ރައީސް ސާލިހު: އިމްރާން

ރާއްޖޭގެ ހަމަޖެހުމަށް ބޭނުންވަނީ ރައީސް ސާލިހު: އިމްރާން

މިދުވަސްވަރަކީ ރާއްޖޭގައި އެންމެ ވަރުގަދައަށް ރިޔާސީ ވާދަވެރިކަން ހިނގަމުންދާ ދުވަސްވަރަކައް ވުމުން ސިޔާސީގޮތުން ފުންނާބުއުސް ގިނަ ބޭފުޅުންގެންދަވަނީ އެބޭފުޅެއްގެ ސިޔާސީ ފިކުރުތަށް އެކި އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުންނެވެ. އެގޮތުން މިސަރުކާރުގެ ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިވަނީ އެމަކުފާނުގެ ސިޔާސީ ފިކުރުތައް ރޭ ޓުވިޓާރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.

ރާއްޖެއަށް ބޭނުންވަނީ ހަމަޖެހުންކަމަށާއި، އެކަން ކުރެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށްކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމުރާންގެ ޓުވިޓާރ އެކައުންޓުންކުރި ޓުވިޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މިއަދުގެ ހާލަތަށް އެންމެ ބޭނުންވަނީ ޤައުމުގެ ހަމަޖެހުމާއި މަސްލަހަތުކަމަށެވެ. އަދި އެކަން ކަށަވަރުކުރެވޭނީ ރައީސް ސާލިހަށް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. ވުމާއި އެކު  ރާއްޖޭގައި ހަމަޖެހުން ގާއިމުކުރަން ބޭނުންނަމަ ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރަންޖެހޭނެ ކަމައްވެސް އިމުރާން ހާމަކޮއްފައިވެއެވެ.

އެމްޑީއޭގެ އިތުރުން އަދާލަތު ޕާޓީންވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ.