ގާނޫނު ތަންފީޒު ކުރާނަމުގައ ޓޯކުރުމަކީ ދޭ އަނިޔާއެއް
މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުނީ އިއްޔެއަކު މިއަދަކު ނޫނެވެ. މަގުތަކުގެ ތޮއްޖެހުން ހައްލުކުރަން މަސައްކަތް ކުރުމަކީ ރަނގަޅު ކަމެކެވެ. އެހެންނަމަވެސް ގާނޫނު ތަންފީޒުކުރުމުގެ ނަމުގައި މީސްމީހުންގެ އަގުބޮޑު މުދަލަށް ގެއްލުން ދިނުމަކީ ސަރުކާރަށްވިޔަސް ކުރެވިގެންވާނެ ކަމެއްނުނެވެ. މީހުންގެ މުދަލަކީ ހުރުމަތްތެރިވެގެންވާ އެއްޗެކެވެ.
މާލެ ސަރަހައްދަށް އެތެރެކޮށްފައިވާ ހަތަރު ފުރޮޅުލީ އުޅަނދު ފަހަރަކީ އެއިރަކު އޮންނަ އުސޫލެއްގެ ތެރެއިން އެތެރެކޮށްފައިވާ ތަކެއްޗެވެ. ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީއާއި ޓެކްސް ދައްކައިގެން އެތެރެކޮށް ރަޖިސްޓްރީކޮށް ފީދައްކައިގެން ގެންގުޅޭ ތަކެއްޗެވެ.
ރަޖިސްޓްރީ ޒޯނު ނޫން ޒޯނެއްގައި އޮންނަ އުޅަދު ރަޖިސްޓްރީ އޮތް ޒޯނަށް ގެންދަން އަންގާ، ވަގުތުދީ ކުރަންޖެހޭ ޖުރުމަނާއެއް ކުރަމުން ދާންވީއެވެ. ގާނޫނާ ހިލާފަށް ގެންގުޅޭ އުލަނދު ފަހަރު ގާނޫނުގެ ތެރެއަށް ވެއްދުމަށް އެކަށީގެންވަ ވަގުތު ކޮންމެ އުޅަނދަކަށް ވެސް ދޭންޖެހޭނެވެ. ގާނޫނާ ހިލާފަށް އެތެރެކޮށްގެން ދުއްވަނީ މާގިނަ އުޅަދެއް ނޫނެވެ
ގާނޫނީ އިމުގެތެރެއަށް ވެހިކަލްތައް ވެއްދުމަށް ކޮންމެ އުޅަދެއްގެ ވެރިއަކަށް ވަކިވަކިން އަންގަން ޖެހޭނެއެވެ. ކުރަންޖެހޭ ޖުރުމަނާތައް ކުރަންޖެހޭނެއެވެ.
ވެރިފަރާތަށް އެނގުމަކާނުލާ އެއްވެސް އުޅަނދެއް ޓޯކުރެވިގެން ނުވާނެއެވެ. އަމްދުން ޓޯކުރުމުގައި ލިބޭ ގެއްލުމަކަށް ޒިންމާވާން ސަރުކާރުން ނުޖެހޭނެކަމަށް ބުނެފައި މީހުންގެ އަގުބޮޑު މުދަލަށް ސަރުކާރެއް ކަމަކު އަރައެއް ނުގަނެވޭނެއެވެ.
އެއްގަމު އުޅަދުވިޔަސް އެއީ މީހުންގެ އަގުބޮޑު މުދަލެވެ. ހަމަތިބެފައި ނިކުމެ ވާގެއްލުމަކަށް ބެލުމެއްނެތި ގާނޫނު ތަންފީޒު ކުރާނަމުގައި އެއްވާނަކަށް މީހުންގެ އެކިވަރުގެ އުޅަނދުތައް ޓޯކުރުން ހުއްޓާލަން ޖެހެއެވެ. ކޮންމެ އުޅަނދަކަށް ވަކި ކޯޓު އަމުރެއް ނެތި ޓޯކޮށްގެން ލިބޭ ގެއްލުމަށް އަދުލުޥެރި ބަދަލު ދޭންޖެހޭނެއެވެ.

