ޔާމީނަށް ދިން ދައުވަތަކަށް ވޯލްޑްކަޕް ބަލަން އިބޫ!

ޔާމީނަށް ދިން ދައުވަތަކަށް ވޯލްޑްކަޕް ބަލަން އިބޫ!

އަނދެ ހުރި ފޮށާ ބޭލުނު އިރު ވެސް ލަދެއް ހަޔާތެއް ނެތިގެން ޔާމީނު އުޅުނީ ރައްޔިތުން ފާޑު ނުކިޔާތީ ހެއްޔެވެ. ވެރިކަމަށް  އައިސް  ދަރިންގެ  ކުލި  ނުދެއްކިގެން  ވައުދު  އުވާލާ  ފުލް  މުސާރަ  ނަގާ  މާލޭން  ބިންގަނެ  އެކައުންޓަށް  100  މިލިއަން  ވެއްދި  ގޮތެއް  ކިޔައި  ނުދީ  އެ ހުންނަނީ  ފާޑު  ނުކިޔާތީ ހެއްޔެވެ.

އަމިއްލަ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ގޮތް ނޭނގޭ މިލިޔަން ޑޮލަރު ހަލާލެއް ހަރާމެއް ނުބަލާ ދިރުވާލައިގެން ހުރެ އޭސީސީ އާއިއެކު ހެދި އެސްކްރޯ އެކައުންޓަށް މުސާ ޒަމީރު އަތުން އެއް މިލިޔަން ޑޮލަރު ނަގައިގެން ޖަމާކުރީ މީހުން ފާޑު ނުކިޔާތީ ހެއްޔެވެ. 

ހެއްދެވިހާ ކުނިފުޅަ ތިމާއާއި ދިމާލަށް ގޮވާ ވަގުބުޅަލަށް ގޮވާ އެއް ގޮތެއްގައި ނުހުރެވޭ މަރު ކޮހަކު ދިފާއީ ވަކީލަކަށް ލައިގެން ހެކި އުފައްދާ ވައްކަމުން ރެކެން އުޅޭ އިރު ފަހުން އެ މަރުކޮސް ނިކުމެ ގޮވާފާނެ އެއްޗަކާ މެދު ފިކުރެއް ނުހުންނާނީ ލައްކަ ލަދު ނުގަންނަތީތާއެވެ. ހަތުރެއް މިތުރެއް ނެނގޭހާ ގަމާރީ މީހުން އެއްޗެހި ނުކިޔާތީ ހެއްޔެވެ.

އަނބިމީހާ، އުފަން ދުވަހު ހިލޭ ފިރިހެނަކު ދިން ޖަވާހިރާ އަލިމަސް ޖެހި ރަން އަނގޮޓި އަޅުވައިގެން އެމީހާ ދިން ކާރަށް ލައިގެން ދަތް ދިލުވައިގެން ހުރީ މީހުން ފާޑު ނުކިޔާތީ ހެއްޔެވެ. ސިންގަޕޫރަށް ބޮލުބޭހަށް ކުރިހާ ދަތުރަށް ފައިސާ ދެއްކީ ސީދިބޭ ތަރިކައިން ލިބުނު ބައު ފަހާފޮށި ގަނޑު ވިއްކައިގެން ލިބުނު ފައިސާއިން ހެއްޔެވެ. އަރިހުގާ ގެންދިޔަހާ ގަހުރަމާނުންނާ ހަށިފާރަ ވެރިންނާ ފަޓާނީންނަށް ހަރަދު ކުރީ މުރަނގަފަތް އަޅައިގެން ސީދިބޭ ހަލާލުކުރި ވެލާފޮޅި ވިއްކައިގެން ހެއްޔެވެ. 

އަސަރު ކުރާނެއެވެ. ވެރިކަމުގައި ފަސް އަހަރު ހުރި އިރު ވޯލްޑް ކަޕެއް ބަލައިލަން ދައުވަތު ގަނޑެއްވެސް މީހަކު ދިނީއެއް ނޫން ވިއްޔާއެވެ. ދެރަވާނެއެވެ. ދެފައިތަޅާ ރޯންވެސް ރޮވޭނެއެވެ. އެހެން  މީހުންގެ  ލަދު  ހަޔާތް  ހުންނަކަން  އެނގޭނީ  ލަދާ  ހަޔާތުގެ  ކަންފުޅެއްވެސް  ހުރިނަމަތާއެވެ. 

އަސްލުގައި ވެގެން މިއުޅެނީ އެހެން ގޮތެކެވެ. ޔާމީނު ވެރިކަމުގައި ހުރެ ގަތަރާ ސިޔާސީ ގުޅުން އޮތީ ކަނޑާލާފައެވެ. ގަތަރާ ރައްޖޭން ސިޔާސީ ގުޅުން ކަނޑާލުމަކީ ގަތަރު ފިސާރި ބޭނުން ވެގެން އުޅުނު ކަމެއް ވިއްޔާއެވެ. ގަތަރުގައި ވޯލްޑްކަޕް ބޭއްވޭ ފަހަރު ގުޅުން ކަނޑާލުމުގެ ހަދިޔާއެއްގެ ގޮތުން ވޯލްޑް ކަޕް ބަލައިލަންދާން ޔާމީނަށް ދައުވަތު ނުދީ އެއް ގަތަރަކަށް ނުވާނެތާއެވެ. އެހާ ބޭނުން ވެގެން ގަތަރުން ޔާމީނަށް ދިން ދައުވަތަކަށް އިބޫ އެއް ކަމަކު ގޮސްގެން ނުވާނެތާއެވެ.