އަމްރާއެކު އެސްޓީއޯ: ދުޅަހެޔޮ ސިއްހަތުގެ މަދަދު ގަރާރު

ހިންގަމުންއައި ކަންކަމުގެ އިތުރަށް ދުޅަހެޔޮ ސިއްހަތަށް އެސްޓީއޯއިން ގިނަގުނަ އެތައްކަމެއް

އަމްރާއެކު އެސްޓީއޯ: ދުޅަހެޔޮ ސިއްހަތުގެ މަދަދު ގަރާރު

އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުގެ ލީޑަރ ޝިޕްގެ ދަށުން ވޭތުވެދިޔަ ހަތަރު އަހަރު ހޯދާފައިވާ ކާމިޔާބިތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. އެއްރޮގަށްވުރެ ގިނަ ރޮގު ރޮނގުން ދިވެހި ރައްޔިތުނަށް އެސްޓީއޯއިން ހިދުމަތްތައް ވަނީ ކޮށްދީފައެވެ. އެގޮތުން ކުރިއްސުރެ ދެވެމުންއަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ދަމަހައްޓަމުން އައީ އައުކަންކަންކޮށް އައުތަޖުރިބާތައް ހިއްސާ ކުރަމުންނެވެ. ދެމުންއައި ފައިދާހުރި އެއްވެސް ހިދުމަތެއް ހުއްޓާނުލާ ފެންވަރު މަތިކޮށް ފުޅާކޮށް ބޮޑުކުރަމުންނެވެ. ލުއިފަސޭހަ ފައިދާހުރި ގޮތްތަކަށް ކަންކަން ބައްޓަންކޮށް ތަރުތީބު ކުރެވިގެންނެވެ.

ގާއިމުކޮށް ހިންގަމުންއައި ކަންކަމުގެ އިތުރަށް ދުޅަހެޔޮ ސިއްހަތައްޓަކައި އެސްޓީއޯއިން ގިނަގުނަ އެތައްކަމެއް އަމްރުގެ މޭސްތިރި ކަމުގެ ދަށުގައި ވޭތުވެ ދިޔަ ހަތަރު އަހަރު ހަމަހަމަ ކަމާއެކު ރައްޔިތުންނަށް އެސްޓީއޯ ވަނީ ފޯރުކޮށްދީފައެވެ. ކުރިއްސުރެ ކުރަމުން އައި ކަންކަމުގެ އިތުރަށް ހުސްވި ހަތަރު އަހަރު ސިއްހީ ދާއިރާގެ ކުރިއެރުމަށްޓަކައި އެސްޓީއޯއިން ވާސިލުވެފައިވާ ކުންނުތަކަށް ނަޒަރު ހިންގަލުމަކީ މުހިންމެވެ.

  • ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓިއޯ ފާމަސީ އެއް ހުޅުވާ މުޅިން އަލަށް ހިދުމަތް ދޭން ފެށިއެވެ.
  • އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ކޯސް ހެދުމުގެ ފުރުސަތު އާންމުންނަށް ފަހި ކޮށްދީފައިވެއެވެ.
  • ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ގޮތުން ސެންޓްރަލް ސްޓެރައިލް ސާރވިސެސް ޑިޕާޓްމެންޓު ސެޓްއަޕެއް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްއަށް ފޯރުކޮށްދިނެވެ.

  • ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނަރއެއް އިންސްޓޯލްކޮށް ދީފައިވެއެވެ.
  • ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެމްއާރުއައި ޑައިގްނޯސްޓިކް އިކުއިޕްމެންޓު ހަދިޔާ ކުރިއެވެ.
  • ރާއްޖެއިން އާއްމުކޮށް ލިބެންނުހުންނަ ބޭސް ބޭނުންކުރާ ފަރާތްތަކުގެ ހާއްސާ ރިކުއެސްޓުތަކަށް ރާއްޖެއިން ބޭރުން ބޭސް ގެނެވޭނެ އިންތިޒާމް ކޮވިޑް 19 ގެ ތެރޭގައި ހަމަޖައްސާ ދިން ދިނުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ލުއި ފަސޭހައެކެވެ.
  • އޮންލައިން ފޯމު މެދުވެރިކޮށް ބޭސް ސިޓީ ފޮނުވޭނެ ގޮތް ހަމަޖެހިގެން ދިޔުމަކީ އާއްމުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުޔެކެވެ.
  • 2020 ވަނަ އަހަރަކީ ކޮރޯނާ ޕެންޑަމިކްގެ އަސަރު މުޅި ދުނިޔެއަށް ކުރުވި ދަތި އުނދަގޫ އަހަރަކަށްވީ ނަމަވެސް ކޮވިޑްގެ ތެރޭގައިވެސް ބޭސް ފަރުވާގެ ކަންކަމުގައި ހުއްޓުމެއްނެތި ގިނަ ގުނަ މަސައްކަތްތަކެއް ކޮށް ކޮވިޑް19ގެ ވަބާއިން އަރާގަތުމުގައި އެސްޓީއޯ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
  • ކޮވިޑް ޕޭޝަންޓުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން، ތާޖުއްދީން ސްކޫލުގައި 19 ބެޑްގެ ސެޓްއަޕް އެއް ކުރުމުއްދަތެއްގެ ތެރޭގައި ވަނީ ހަމަޖައްސާ ދީފައެވެ.
  • އެސްޓީއޯ މެޑިކަލްސް އިން ރީޖަނަލް ކޮވިޑް 19 ފެސިލިޓީ ތަކުގައި މެޑިކަލް އިކިއުޕްމަންޓު ހަރުކޮށްދީ، ކްރިޓިކަލް ކެއަރ ޕޭޝަންޓުންނަށް ފަރުވާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިއްބައިދިނެވެ.
  • އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އެސްޓީއޯ ފާމަސީއެއް ހުޅުވާ ހިދުމަތްދޭން ފެށުމަކީ ވެސް ފާހަގަ ކޮށްލެވޭ ކަމެކެވެ.
  • މިނިސްޓްރީ އޮފް ހެލްތާއެކު ވެވުނު އެއްބަސްވުމުގެ ދަށުން 96 އެމްބިއުލަންސް ގެނެސް ރާއްޖޭގެ ރަށްރަށަށް ފޮނުވާ ދެވިފައިވަކަން ފަހުރުވެރި ކަމާއެކު ފަހަގަ ކުރަމެވެ.

  • ތެރަޕިއުޓިކް ސެކްޓަރއިން ދިވެހިން ތަމްރީންކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން 3 ދަރިވަރަކަށް ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށް އެސްޓީއޯ އިން ސްޕޮންސަރ ދިފައިވެއެވެ.
  • އޭޕްރީލް 2021 ގައި މިނިސްޓްރީ އޮފް ހެލްތާއި ނޭޝަނަލް ޔުނިވަރސިޓީއާއި ޖީއީ ހެލްތުކެއަރ ގުޅިގެން އެސްޓީއޯއިންވަނީ ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯސް ހިންގުމަށް އެއްބަސްވެ އެ މަސައްކަތް ފެށުމަކީ ވެސް ބޮޑު ކާމިޔާބެކެވެ.
  • މެޑިކަލް ސެގްމަންޓް އާއި އެސްޓީއޯގެ ކްރެޑިބިލިޓީ އިތުރުކުރުމަށް މޮރިޝަސްގެ ކުންފުންޏަކަށް އިންޓަރނެޝަނަލް ޓްރޭޑެއް، މެޑިކަލް ސެގްމަންޓްގެ ތާރީހުގައި އަލަށް ހެދި ހެދުމަކީ ލިބިގެންދިޔަ މުހިއްމު ފުރުސަތެކެވެ.
  • އަލަށް ވިހާ ކުދިންނަށްދޭ ހަދިޔާ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކާއި ސިޓީ ހޮސްޕިޓަލްތަކުގައި ފެށުމަކީ ކުޑަ ކާމިޔާބެއް ނޫނެވެ.