ރައްޔިތުންގެ ބާރުވެރިކަން ސަރުކާރުން ފޭރިގަންނަނީ: ފައްޔާޒު

ރައްޔިތުންގެ ބާރުވެރިކަން ސަރުކާރުން ފޭރިގަންނަނީ: ފައްޔާޒު

ލާމަރުކަޒީ ގާނޫނު ބަދަލު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ފޭރިގަންނަ ބިލެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން އޮނަރަބަލް ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެބިލަކީ ރަށްރަށުގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު މައި ސަރުކާރަށް ނެގުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށްވެސް އުސްތާޒު ފައްޔާޒު ވިދާޅުވެއެވެ. 

ފައްޔާޒު ވިދާޅުވަނީ ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި، އާމްދަނީ ހޯދާނެ ގޮތް ކަނޑައަޅަން ޖެހެނީ މައި ސަރުކާރަކުން ނޫން.ކަމަށެވެ. 

ލާމަރުކަޒީ ގާނުނަށް އިސްލާހުގެންނަން ހުށަހަޅަފައިވާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ނެރުނު ނޫސްބަޔާން ޓެގްކުރައްވާ ކުރެއްވި އެކްސް ޕޯޓެއްގައި ފައްޔާޒު ވިދާޅުވީ ސަރުކާރަށް ބަރޯސާނުވެ ކަންކަން ނިންމުމަށް މާލީ މިނިވަންކަން ކައުންސިލްތަކަށް އޮންނަން ޖެހޭނެ ކަމަށެވެ.

މިހާރު އޮތް ބިލުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ފުނޑިގެން ގޮސް، މައި ސަރުކާރަށް އަޅުވެތިވުމަށް ކައުންސިލްތަކަށް މަޖުބޫރުވާނެ ކަމަށެވެ.

ރައްޔިތުންގެ ބާރުވެރިކަން މައި ސަރުކާރަށް ނެގުމަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް ތެދުވެ ވަކާލާތު ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބެވި އެންމެހާ ކައުންސިލަރުންނަށް ފައްޔާޒު ގޮވާލެއްވިއެވެ.