ވެރިކަމާހުރެ އިދިކޮޅުން ލާރދީގެން ޝިރްކު ކުރުވަން ފަސްނުޖެހުން: ބޮޑު ނުރައްކަލެއް.

ވެރިކަމާހުރެ އިދިކޮޅުން ލާރދީގެން ޝިރްކު ކުރުވަން ފަސްނުޖެހުން: ބޮޑު ނުރައްކަލެއް.

ޔާމީނު އައްޑުއަށް ދާތީ އިދިކޮޅުން ކޮންމެވެސް ފިތުނައެއް ހަދާނެ ކަމަށް ކުރިންވެސް އޮތީ ހީކުރެވިފައެވެ. 

ހިތަދޫގެ މަގެއްގައި ތާރު އަޅަން ތައްޔާރު ވީމާ ސަރުކާރު މީހެއްކަން ދައްކަން ޓައީއެއް އަޅައިގެން މީހަކު އައިސް އެތާ ހުންނަ ބިދޭސީ ސުޕަވައިޒަރާ ބައްދަލު ކުރުމަށް އޮތީ ކޮން ހުރަހެއް ހެއްޔެވެ؟ އޭނާއަށް އެއީ ޕީޕީއެމްގެ އެޖެންޓެއް ކަމެއް ނޭނގޭނެއެވެ.

ޓައީ އަޅައިގެންއައި ޕިޕީއެމް އެޖެންޓް ސްޕަވައިޒަރ އަތަށް 300 ޑޮލަރު ދީފާ 5 ކާށި ގަނެގެން ކާށި ޖަހައިގެން ތާރު އަޅަން ފަށަން ބުނުމަކީ ބޮޑު ކަމެއް ވެސް ނޫނެވެ. 300 ޑޮލަރަށް 5 ކާށި ގަނެ ބާކީއަށް ސައިބޯލަން ބުނުމަކީ ކިހާ ބޮޑު ރަނގަޅެއް ހެއްޔެވެ؟ އެކަމެއް ނުކުރާނެ ކަމެއް ވެސް ނެތްތާއެވެ.

ތާރު އަޅަން ފަށާއިރު ރާވާ، ލާރި ދީފައި އޮތް ގޮތަށް ކާށިޖަހާތަން ވީޑިއޯ ކުރަން ތައްޔާރު ވެފައި ތިބި މިންވަރު ކުޑައެއް ނޫނެވެ. 

ދީން ވިއްކައިގެން، ޝަރީކު ކުރުވައިގެން ވެސް ހުކުރަށް ނުދާ މީހަކު ވެރިކަމަށް ގެންނަން ފޫގެޅުން އެއީ ނުބައި ނުލަފާ ކަމުގެ ނިހާޔަތެވެ.