ޕޮލިސް ކޮމިޝަނަރަކީ ވަޒީރު އިހުސާނުތަ!

ޕޮލިސް ކޮމިޝަނަރަކު ފުލުހުންގެ ހިދުމަތުގައި މިހާރު އެބަހުރި ހެއްޔެވެ. ފުލުހުން ދުވަހުން ދުވަހަށް ކުރާކަންކަމުގައި އާއްމުކޮށް ބަސް ބުނާތަން ފެންނަނީ ހޯމް މިނިސްޓަރެވެ. ފުލުހުންގެ އަމަލީ މަސައްކަތުގެ ތެރެއަށް ވަޒީރު އަލީ އިހުސާނު ވަދެގެން ފުލުުހުންގެ ފުލުހުންގެ ޕްރޮފިޝަނަލް ހަމަތައް މުގުރާލާ މުޅި ޕޮލިސް މުއައްސަސާ ސިޔާސީކޮށް އަވަދިކޮށްލައިފިއެވެ.
މުއިއްޒުގެ ވައި ހޯދަން މުއިއްޒުގެ ދަރިއަކާގުޅޭ މައްސަލައެއް ބޮޑުކޮށްލައިގެން ނުކުރާ ޝަކުވާއަކަށް ނުޖައްސާ މައްސަލައަކަށް ތަހުގީގެއް ފައްޓުވައިގެން އެކަން ފުލުހުންގެ އަތަށް ގޮއްވާލީއެވެ. ޗިލްޑްރަން އެމްބޮޑްސްމަން ފަދަ ފަރާތްތަކާ ޖަދަލުކޮށް ހަމަދައްކާ ޓްވީޓްކޮށް ހަދަން އިހުސާނަކީ ޕޮލިސް ކޮމިޝަނަރ ހެއްޔެވެ.
ފުލުހުންނަށް ހެދޭނެހެދޭ ނޭނގޭ ވަރަށް ކަންކަން އަގަޑަ ބަގަޑަކޮށް ފުލުހުންގެ އިތުބާރު ކަނޑުވާލައިފިއެވެ. ތަހުގީގުކުރުމުގައި ގެންގުޅުނު ހަމަހަމަ އުސޫލު އެއްޒާތެއްގެ ކަންކަމުގައި އެކިމީހުނަށް ތަފާތުކުރުމަކީ އާއްމު ކަމަކަށް ހަދައިފިއެވެ.
ވަޒީރުކަން ލިބުމާއެކު ބައިއަޅައިގެން ހިއުމަން ޓްރެފިކިން ހިންގުވުމަކީ އިހުސާނު ކުރަމުންދާ ކަމެއް ކަމަށް އަޑުފެތރިފައިވެއެވެ. އަމިއްލަ ބަރަހަނާ ފޮޓޯ އަމިއްލައަށް އެތައް ބަޔަކަށް ފޮނުވާ ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގެ އަޑު ފަތުއަޑުކިޔާފައި ފެތުރިފައިވެއެވެ.
މަގާމުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުން ކޮށްގެން އެތައް ހާސް ބައެއްގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމުގެ ތުހުމަތު އެޅިފައިވެއެވެ. ގާނޫނާ ހިލާފަށް ހެކިބަސް ނަގައިގެން އެތައް ބަޔަކު ތިމާ ނިސްބަތްވާ ޕާޓީއަށް ވައްދާފައި ވާނޭކަމަށް ރައްޔިތުންގެ މަޖިލީހުގައިވެފައިވާ އަމިއްލަ އިއުތިރާފްވެސް އެބައޮތެވެ.
ކޮށްޕާލައިގެން ވިޔަސް ފުންމާލައިގެން ވިޔަސް ފުރާޅު މައްޗަށް ވެއްޓި ކޯމާގައި އޮތް އަންހެން ކުއްޖާ އޭރު އޮތީ މަސްތުގެ ހާލަތުގައި ކަން ފުލުހުންނަށް އެގެއެވެ. އެކަން އެނގިތިބެ މަސްތުގެ ހާލަތަށް އެކުއްޖާ ދާން މެދުވެރިވި ސަބަބު އުފެއްދި އެންމެނާ މެދު ކަނުލޮލަކުން ފުލުހުން ބަލަން ޖެއްސީ އިހުސާނު ކަމާމެދަކު ޝައްކެއް ނެތެވެ. ވަޒީރުބޭފުޅެއްގެ ގޭގައި ސިޔާސީ ވެރިންތަކެއް ޕާޓީކޮށްގެން ދެރަވަރު ކުއްޖެއްގެ ފުރާނަ ދިޔަސް ހެޔޮތާއެވެ. ސިޔާސީ ވެރިންނާއި އެމީހުންގެ ނަމާ އަބުރު ހިމާޔަތް ކުރެވެނިކޮށް އިހުސާނަށް ނިމުނީތާއެވެ.
ތިމާގެ މައްޗަށް ތުހުމަތު ކުރެވޭ ބޮޑެތި ސިންގާ ޖަރީމާތައް ހުރި ގޮތަށް ހުއްޓާ ނުއުފަންނަ މައްސަލަތައް އުފައްދައިގެންވެސް މައްސަލަ ބަލާ މީސްމީހުނަށް އުގޫބާތްދޭން އިހުސާނު ހުރީ އަމަށަކު ވަރެއް ނޫނެވެ. އަދުލު އިންސާފު ގާއިމުކުރުމުގެ ނަމުގައި ފުލުސް މުއައްސަސާގެ ހުރުމަތް ކަނޑާލައިގެން ވެސް އިހުސާނު އިހުސާނު ބޭނުންވާ ކަންކަން ހާސިލުކުރަން ގެންގުޅޭ ބަޔަކަށް ފުލުހުން ހަދައިފިއެވެ.