އދ ދަތުރު މުއިއްޒު ގޮއްވާލީ އަތަށް!

15 އަހަރު ފަހުން ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓަށް

އދ ދަތުރު މުއިއްޒު ގޮއްވާލީ އަތަށް!

އުފެއްދުން ތެރިކަން އިތުރުކޮށް އިގްތިސޯދު ފުޅާކުރުމަށް ރައީސް މުއިއްޒު އދގައި ގޮވާލީ މީގެ ދެދުވަސް ކުރިންނެވެ. ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުގެ ނުރައްކަލާއި ޒުވާނުން ބާރުވެރި ކުރުމަށާއި ދެންވެސް ހުރި ކަންބޮޑުވުންތަކުން އަރައިގަތުމަށް ދުނިޔޭގެ ގައުމުތަކުގެ އެހީތެރިކަން ދިނުމަށްވެސް ރައީސް މުއިއްޒު ވަނީ ގޮވާލާފައެވެ. އެހެންކަމުން ދިވެހިރައްޔިތުން އުންމީދު ކޮށްގެން ތިބީ ރައީސްގެ މުޅި ދަތުރުގެ އަމާޒު ހިފާފައިވަނީ ރާއްޖެއަށް ކުރިމަތިވެގެން އުޅޭ މާލީ ދަތިކަމުން އަރައި ގަތުމަށްކަމަށެވެ.

އެހެން ނަމަވެސް ރައީސް މުއިއްޒަށް ދެއްކޭ ނުދެއްކޭ ވާހަކަ އެގޭބާއެވެ. ދުނިޔޭގެ އެހީތެރިކަން އިންތިހާއަށް ރާއްޖެއަށް ވަނީ ބޭނުންވެފައެވެ. މިދަނޑިވަޅުގައި ދުނިޔޭގެ ކުރިމަތީގައި ރާއްޖޭން ދައްކަން ނުވާވަރުގެ ވާހަކަތަކެއް ރައީސް މުއިއްޒު ދައްކައިފިއެވެ. މުއިއްޒު ދެއްކި ވާހަކަތަކުން ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކާ ވަކި ތަފާތު ހާލަތެއްގައި އޮތް ގައުމެއް ނޫންކަން ދުނިޔެއަށް އަންގާދީފިއެވެ. 

ބަޔަކަށް އެހީތެރިކަމެއް ފޯރުކޮށްދެވޭ ވަރަށްވުރެ ދުނިޔޭގެ ހުރިހާ ގައުމެއްގެ ހާލަތު ގޯސްކަމަށް މުއިއްޒު އެއްބަސްވީއެވެ. އެހީތެރިކަމުގެ އަތެއް ދިއްކުރިޔަސް އެއްގައުމަކުން އަނެއް ގައުމަކަށް އެހީތެރިވޭވަރަށްވުރެ ގައުމުތަކުގެ ހާލަތު ދައްކަމަށް އަމިއްލައަށް ގަބޫލުކުރީއެވެ. ހުރިހާ ގައުމެއްވެސް އޮތީ ކާރިސާއެއްގެ ތެރޭގައި ކަމަށް މުއިއްޒު ނިންމީއެވެ. ކާރިސާއެއްގެ ތެރޭގައި އޮވެ އެއްވެސް ބަޔަކަށް އަނެއް ބަޔަކަށް އަޅާލާ އެހީތެރިކަމެއް ނުދެވޭނެއެވެ. 

ދުނިޔޭގެ ހުރިހާ ގައުމެއް ކާރިސާއެއްގެ ތެރޭގައި އޮއްވާ މީގެ 15 އަހަރު ފަހުން ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓަށް އަރާވަރަށް ތަރައްގީ ވަމުންދާ ގައުމަކަށް ބަޔަކު ކޮށްދޭކަށް ކަމެއް ނުއޮންނާނެއެވެ. ބެންކްރަޕްސީ އިއުލާން ކުރަންޖެހޭނީ އަދު ނޫނީ މާދާމާ ނޫންކަމެއް ނޭނގޭ ވަރަށް މާލީ ހާލަތު ރާއްޖޭގައި އޮތީ ގޯސްވެފައެވެ. އެހެނެއް ކަމަކު ބޮޑުވާން އުޅެން ހަދައިގެން ކުރިން ދެއްކި ހުރިހާ ވާހަކައެއް ކެންސަލްވެ އަމިއްލައަށް އަތަށް ގޮއްވާލީއެވެ. 

ބަޔަކު އަޅާނުލައިފިނަމަ ސައިބޯނި ބޮތްކެއްހެން ފަޅައިގެންދާން ތައްޔާރުވެފާވާ ރާއްޖޭގެ ހާލަތު ނޭގޭ އެކަކު އެތާކުނެތެވެ. ދުނިޔޭގެ ވެރިންގެ ކުރިމަތީ ޗަރުކޭސް ކުޅޭ އިރު އެމީހުން އެތިބެނީ މީހާގެ ހުރި ގަޅިކަމާއި މޮޔަކަމާހުރެ އެއްމިޔަކަނުން ހީލަހީލައެވެ.