ޝަހީމް ޒުވާނުންނަށް ގޮވާލަނީ ދެކޮޅުވެރިކަމާ ޓެރެރިޒަމަށް؟

އިސްލާމް ދީނުގެ މާތްކަމާ މަތިވެރިކަމާ އިލްމުވެރިކަން އޮތީ ބޮޑެތި ވައްކަމާ ހިޔާނާތުގެ ފަހަތަކު ނޫން

ޝަހީމް ޒުވާނުންނަށް ގޮވާލަނީ ދެކޮޅުވެރިކަމާ ޓެރެރިޒަމަށް؟

އީސްޓަރސަންޑޭގައި މުޅި ލަންކާގައި ބޮންގޮއްވާ މީހުން މެރި މީހުން ތިބި ގޮތަށް 23 އިއްތިހާދުގައި ލޮނުޒިޔާރަތް ކޮޅަށް އެއްކުރުވި މީހުން ވެސް އެއް އިނގިލި ދިއްކޮށްގެން ދީނުގެ ނަމުގަައި މޮޔަހެއްދި ވެބޫ ހުއްތު އަނެއްކާ ތިޔަ ގޮވަނީ މީސް މީހުންނާ ދެކޮޅަށް ނުކުންނާށެވެ.

ޝަހީމް ބުނެބަލާށެވެ. ނުކުންނަންވީ ޒުވާނުންނޭ ތިޔަ ބުނަނީ އެއީ އެހެން ބަޔަކަށް ކޯޑެއް އަޅަނީ ހެއްޔެވެ! ތިޔަ ގޮތަށް ރުޅިވެރި ކަމާއި ނަފްރަތުން މުޖުތަމައު ހަލާކު ކުރަން ނުކުމެ ތިޔަ ހުރީ ގޮތްނޭގޭ އެތައް މިލިއަން ރުފިޔާއެއް އެކައުންޓަށް އަޅައިގެން އެކަމުގައި އަދު ނޫން މާދަން ވެފައިހުރި މީހެއްގެ ފަހަތުގައެވެ. ތިޔައީ އިސްލާމް ދީން ކަމަށް ވަންޏާ އައޫޒު ކިޔާ ފުމެލުމަށް ފަހު ޝަހީމާ  ދުރަށް ދުވާ މުސްލިމުން ފިސާރި ގިނަވާނެއެވެ.

ގަސްކަނޑަން އެންމެ ފަސޭހަ ވާނީ ގަސްވެރިޔާ ލައްވައެވެ. އެގޮތަށް އިސްލާމް ދީނާ މެދު ޒުވާނުން ފޫހިކޮށް ދުރުކުރުވާނެ ފަސޭހަ މޮޅު އުކުޅުތައް ހުންނާނެއވެ.

ހިތުހުރި މީހަކު ޖަލަށްލާ އަނިޔާވެރިވެ މުޅި ގައުމުގައި ބިރުވެރިކަން ފެތުރި، މީހުން ގެއްލި، ބޯބުރިކޮށް، ކަނޑު ފައްތާ، މަޖިލިސް ތަޅުމަށް ސިފައިން ވައްދާ، ފަނޑިޔާރުން ބަނޑު ބިންމަތީ ޖެއްސި މީހަކު ޝަހީމް ދަންނަން ހެއްޔެވެ. ނުވިތާކަށް ތިޖޫރީ ކަހާލާ، އެކައުންޓް ފުރާލާ އެއިން ސަލާމަތް ނުވެގެން އުޅޭ މީހަކާ ބޮޑު ވައްކަމެއްގެ ވާހަަކަ އަޑު އެހިން ހެއްޔެވެ؟

އިސްލާމް ދީނާ އެ ދީނުގެ މާތްކަމާ މަތިވެރިކަމާ އިލްމުވެރިކަން އޮތީ އެފަދަ ބޮޑެތި ވައްކަމާ ހިޔާނާތުގެ ފަހަތުގައި ކަން ތިޔަހާ ފާޅުކަން ބޮޑުކޮށް ތިޔަ ދައްކަނީ ދީނީ  އިލްމުވެރިއެއް ވީމާ ހެއްޔެވެ. އެހެން ވިއްޔާ ތިޔައީ ގަސްވެރިޔާއެވެ. ގަސްވެރިޔާ ލައްވާ ގަސްކަނޑަން ފަސޭހަ ވާނެއެވެ. ޝަހީމްމެންގެ ދީންވެރިކަން ތިޔަ އޮންނަނީ އަނބުރާ ހޭރިޔާކޮށްފައި ސުވަރުގެ ދާން ޝޭހު އާދަން ސައީދުގެ ގިފިލި ބެލުމާ އެއްގޮތަށެވެ.

އެއްކޮޅުން މީހަކު އެހުރެގެން ގޮވާ ނަގަނީ އެމްބަސީއެއްގައި ހުޅުޖަހާށެވެ. ޝަހީމް ޒުވާނުނަށް ތިޔަ ގޮވާލަނީ ނަފުރަތާ ދެކޮޅުވެރިކަމުގައި ނިކުމެ ހުޅުޖަހާ ބޮންގޮއްވާ ޓެރެރިޒަމްގެ ހާއްޔަކަށް މިތަން ހަދަންހެއްޔެވެ.