ދަރަވަންދޫން މުއިއްޒު ލަދު ގަންނަވަލައިފި

ތާއީދު ކުޜަނެ ބަޔަކުނެތިގެން ދަރަވަންދުއަށް ނާރާފުރައިފި

ދަރަވަންދޫން މުއިއްޒު ލަދު ގަންނަވަލައިފި

ތާއީދު ހޯދުމަށް ޕީއެންސީ- ސަލަފު ކެންޑިޑޭޓް މިއަދު މެންދުރުފަހު ދަރަވަންދުއަށް ވަޑައިގަތުމުން މަރުހަބާ ކިޔާނެ ބަޔަކު ނެތިގެން އެރަށަށް ފައިބާ ވަޑައިނުގެން މުއިއްޒު ފުރާ ވަޑައިގެންފިއެވެ. ޑރ. މުއިއްޒަށް މަރުހަބާ ކިޔަން އެ ރަށުން ނިކުމެ ތިބީ އެންމެ ނުވަ މީހުން ކަމަށް އެރަށުން މައުލޫމާތު ލިބިފައިވެއެވެ. މުއިއްޒަކީ ދަރަވަންދޫ ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ބޭފުޅެއްކަން މިއަދުގެ ހާދިސާއިން ވެސް ވަރަށް ރަނގަޅަށް ސާފެވެ.

ދަރަވަންދޫ ރައްޔިތުންގެ ބިމުން އެއްވެސް ސަރުތަކާ ނުލާ 13ގެވަޅު މާފިލާފުށި ބަޔަކަށް ދޭން ނިންމީ ކާކުކަށް ހަދާނެއް ނުނެތޭނެ ކަމަށް ދަރަވަންދޫ ރައްޔިތުން ބުނެއެވެ.

ޑރ. މުއިއްޒަކީ އޭނާގެ ހައުސިންގ މިނިސްޓަރުކަމުގައި ޅ. މާފިލާފުށި ހުސް ކުރުމަށްޓަކާ މާފިލާފުށިން ގެވަޅުދީ ފައިވާ ފަރާތްތަކަކަށް ދަރަވަންދޫން 13 ގެވަޅު އެރަށުގެ ރައްޔިތުންނާ ދެކޮޅަށް ދިނުމަށް މަޖުބޫރު ކުރުވި މީހެކެވެ. ދަރަވަންދޫ ރައްޔިތުންނަށް ގޯތި ނުލިބި އެތައް ޒަމާނެއް ވެފައިވަނިކޮށް މާފިލާފުށީން ބަދަލުކުރާ 13 ގެވަޅު ދަރަވަންދޫން ދިނުމަކީ އެރަށު ރައްޔިތުން ވަރަށް ބޮޑަށް ދެކޮޅުހެދި ކަމެކެވެ. ދަރަވަންދޫން 13 ގެވަޅު ދިނުމާ ދެކޮޅަށް ދަރަވަންދޫ ރައްޔިތުން ވަނީ ސިލްސިލާ މުޒާހަރާތަކެއްކޮށް އެކަން ހުއްޓުވާފައެވެ.