ބުޅަލު ނަޖިހުން މުއިއްޒަށްވާނެ އުނދަގުލެއް ނެތް!

ބުޅަލުގެ ނަޖިހާ ހެދި މާލޭގައި އާދަމުގެ ދަރިންނަށް އުޅެވޭކަށް ނެތެވެ. އެތަން މިތާގައި ބުޅަލުގެ ނަޖިހެވެ. ޕާކްތަކާއި މައިޒާންތަކާއި މަގުތަކާއި ފުރާޅު ތަކުގައި ހުސްބުޅާ ނަޖިހެވެ.
ބުޅަލުގެ ނަޖިހުން މާލެ ސަލާމަތްކުރުމަށް މޭޔަރ އާދަމް އާޒިމު ކުރެއްވި މަސައްކަތުން ސިޓީ ކައުންސިލުން ހުޅުމާލޭގައި ކެޓްޝެލްޓަރއެއް ބިނާކުރި ފަހުން އެތައް މަހެއް ފާއިތުވީއެވެ. އެތަނަށް ބުޅާތައް ގެންގޮސް ބުޅަލުގެ ނަޖިހުން މާލެ ސަލާމަތް ކުރަން ރައީސް މުއިއްޒު އެހުންނަނީ ހުރަސް އަޅައިގެންނެވެ.
ބޮޑު ހޭދަކޮށްގެން ބުރަ މަސައްކަތުން ނުލާހިކު އަވަހަށް މާލެ ސިޓީ ކައުންސިލުން ބުޅާޝެލްޓަރ ހަދާ ނިންމާލިއެވެ. ބުޅާ ޝެލްޓަރ ހަދާ ނިންމާ އިރަށް މުއިއްޒު އެތަން ޖަހައިގަތީއެވެ. ސިޓީ ކައުންސިލަށް ދޮންކަޅު އަންގާ ނުލާ ބުޅާ ޝެލްޓަރ ހުޅުވާ މުއިއްޒު މެޑެލްޖަހާ ލިއެވެ. ސިޓީ ކައުންސިލުގެ ބުޅާ ޝެލްޓަރ ޖަހައިގަނެ މުއިއްޒު ކުރިކަމަކަށް ހަދާ މޮޅުކާލިއެވެ.
ކާޅު ހާލިހެދީމާ ކޮވެލި ބިސްއަޅާހެން ވެސް ބުޅާ ޝެލްޓަރ ސަރުކާރުން ހިންގާ ނަމަވެސް ރަނގަޅެވެ. މުއިއްޒު ބޭނުންވެގެން އުޅެނީ ބުޅާ ޝެލްޓައަކީ ވެސް ލާރިޖަހާ މެޝިނަކަށް ހަދާށެވެ. މުއިއްޒަށް ބޮޑުކަޓެއް ދޭގޮތަށް ބުޅާ ޝެލްޓަރ ހިންގަން ހަވާލުވާނެ ބަޔަކު ނުވެގެން ބުޅާ ޝެލްޓަރ އެހުރީ ތަޅުއަޅުވާފައެވެ.
ބުޅަލުގެ ނަޖިހުން މާލެ ތަތް ތެޅުނަސް އުންޑަނާރާ ކާރުކޮޅުގައި ކޮޅުކޮޅަށް ދުއްވެނިކޮށް މުއިއްޒަށް ވަރިހަމައެވެ. ބުޅާ ނަޖިހުން މުއިއްޒަށްވާ އުނދަގުލެއްނެތެވެ.