އެސްޓީއޯގެ 578 އެޖެންޓުން

ޖެނުއަރީ މަހު އެސްޓީއޯއިން ކަންކޮޅު ތަކަށް 89909 ބަސްތާ ކާޑު ފޯރުކޮށްދިން

އެސްޓީއޯގެ 578 އެޖެންޓުން

ރާއްޖޭގެ ރަށްރަށުން ކާޑު ހުސްނުވެ ލިބެން ހުންނާނެ އިންތިޒާމް ހަމަޖެއްސުމަކީ އެސްޓީއޯގެ ފުރަތަމަ އަމާޒެވެ. ހުރިހާ ކަމަކަށްވުރެ އިސްކަން އެސްޓީއޯއިންދޭ ކަމަކީވެސް އެއީއެވެ. ރަށްރަށަށް ކާޑު ފޯރުކޮށް ދިނުމުގައި 578 އެޖެންޓުން މުޅި ރާއްޖޭގައި ހަރަކާތްތެރިވެއެވެ.

މިއަހަރު ޖެނުއަރީ މަހު މާލެ ސަރަހައްދުން ލިބުނު 1601 އޯޑަރަށް ކާޑުގެ ބާވަތްތައް ފޯރުކޮށް ދިނެވެ. އަނެއް ކޮޅުން އެސްޓީއޯގެ 9 ރީޖަނަލް ފިހާރައަށް ވެސް ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ ހަކުރު ފުށް ފޯރުކޮށްދީގެން މުޅިރާއްޖޭގެ ހުރިހާ ހިސާބަކުން ދަތިކަމެއް ނެތި ކާޑު ލިބޭނެގޮތް ޖެނުއަރީ މަހުވެސް ހަދާދިނެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި 24152 ބަސްތާ ހަނޑުލާއި، 7893 ބަސްތާ ހަކުރާއި, 19595 ބަސްތާ ފުށް ރީޖަނަލް ފިހާރަތައް މެދުވެރިކޮށް ހެޔޮ އަގުގައި ރައްޔިތުންނަށް ކާޑުގެ ލިއްބައިދިނެވެ. ޖުމްލަކޮށް ހުސްވި ޖެނުއަރީ މަހު އެކަނިވެސް އެސްޓީއޯއިން ރާއްޖޭގެ ކަންކޮޅު ތަކަށް 89909 ބަސްތާ ކާޑު ފޯރުކޮށްދީފައިވެއެވެ.