ހަސަން ލަތީފަށް: ތިޔަ އުޅެނީ ޑްރަގް އެތެރެވާތީއެއް ނޫން

ރައީސްކަން ނަޝީދަށް ފަހިވަންޏާ ޑްރަގް އެތެރެކުރާ މީހާ ޑީޕޯޓްނުކޮށް ޑިޕޮލޮމެޓިކް ޕާސްޕޯޓު ދިނަސް އޯކޭވާނެ!

ހަސަން ލަތީފަށް: ތިޔަ އުޅެނީ ޑްރަގް އެތެރެވާތީއެއް ނޫން

ބައެއްގެ ހަސަދަވެރިކަން ބޮޑުވެއްޖެއްޔާ ދެކެވޭ ނުދެކެވޭ ވާހަކައެއް ނޭނގޭނެއެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭނެއެވެ. ބިރަކާނުލާ މަޖާކޮށް ހަދަން މާލޭގައި މަރުކަޒުތައް ހަދަން ގޮވަލާ މަޖިލީހުގެ ތެޅުމުގައި އެންމެ ބާރަށް ގުންފައިޖެހި ހަސަންލަތީފު މިއަދު މިދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވޭ ބޭރުމީހާ އުމުރަށް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮއްލުމުގެ އުސޫލު ކުއްވެރިކޮށް މަޖިލީހަށް މައްސަލަ ވައްދައިގެން ކުރާން ތިޔައުޅެނީ ކީއްކަން އެބައެނގެއެވެ. ތިޔަ އުޅެނީއްޔަކީ ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެވާތީ ކަންބޮޑުވެގެނެއް ނޫނެވެ. ސަރުކާރުގެ ކުށް ހޯދުމާއި ކުށް ދެއްކުމާއި ކުއްވެރި ކުރުމުގެ އެޖެންޑާގެ ދަށުން ނަފްރަތު އުފެއްދުމުގެ ސިލްސިލާގެ ބޮޅެއްކަން ނޭގެނީ ކާކަށް ހެއްޔެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުން ތަކުގައި ބައިވެރި ނުވެ ޕީޖީ ގުރޫޕްގެ ނިންމުންތަކަށް އިދިކޮޅަށްވުރެ އިދިކޮޅުވެގެން ހަސަންކޮމެން ތިޔަ އުޅެނީ އެމްޑީޕީއާއި ގައުމީ މަސްލަހަތަށްވުރެ ރައީސް ނަޝީދުގެ ޕަޕެޓުންނަށް ވެގެންނެވެ. ރާއްޖޭގެ ރައީސްކަން ނަޝީދަށް ލިބޭގޮތަށް ފަހިވާހެން ކަންކަން އެމްޑީޕީގެ ތެރޭގައި ތަރުތީބުވާ ނަމަ މަސްތުވާ ތަކެތި އެތެރެކުރާ މީހާ ޑީޕޯޓްނުކޮށް ރައްޔިތަކަށް ހަދާ ޑިޕޮލޮމެޓިކް ޕާސްޕޯޓު ދިނަސް ހަސަންކޮމެނަށް އޯކޭވާނެއެވެ.

ޓެކްސްފައިސާ ހަރަދުކޮށްގެން ވިހިފަންސަވީސް އަހަރު ބޭރުބަޔަކު ބަންދުގައި ބައިތިއްބައިގެން ދައުލަތުން ހަރަދުކުރުމަކީ ގޯހަކަށްވެ އެންމެން ޑީޕޯޓް ކުރަން ގޮވާނެއެވެ. އޭރަކުން ގާނޫނުގެ ބާރުކަނޑައިގެންނޭ ކިޔައިގެން ބޮންޑާމެން ފަނޑިޔާރުގެއަށް ދާކަށްވެސް ނޫޅޭނެއެވެ. ކާރުގެ ޑިކީގައި ކަޅުދަބަހުގައި ދިޔާ ހަދިޔާ އުފުލި އަލީ އާޒިމާއި ގިޓާމެންނަށް "މަސްތު" އެއީ ވާކަމެއްކަން ވެސް ނޭނގޭނެއެވެ.  

އާނއެކެވެ. މަސްތުވާ ތަކެއްޗަށް ބަންދުވެފައި ހުރި ދޮރުތައް ހުޅުވޭ ވާހަކަ ދައްކަން އެންމެ ތާހިރީ ދޮންބިލަތް އަހުމަދެވެ. ތިމާގެ އެ ރޮނގަކުން މުޅި ގައުމަށް ނަންހިގި ފުޓްބޯޅައިން އަތް ދޮވެލަން ޖެހުނީ މަސްތުވާ އެއްޗެއް ހުވަފެނުން ވެސް ނުދެކޭތީއެވެ. 25 އަހަރުގެ ހުކުމެއް ބޮލު އަޅައިގެން ޖަލުގެ ތޭރިތަކުގެ ބިއްދަށަށް ވަންނަން ޖެހުނީ މަސްތުވާތަކެއްޗަށް ދެވި ނުހިފާތީއެވެ.