ހެޔޮވެރިކަން: އެސްޓީއޯގެ އެންމެ ކާމިޔާބު ހަތަރު އަހަރު

ކާމިޔާބީ ތަކުގެ ސިއްރަކީ ކުޅަދާނަ މުއައްޒަފުން

ހެޔޮވެރިކަން: އެސްޓީއޯގެ އެންމެ ކާމިޔާބު ހަތަރު އަހަރު

ވޭތުވެ ދިޔަ ހަތަރު އަހަރަކީ އެސްޓީއޯގެ ތާރީހުގައި އެންމެ ކާމިޔާބު ހަތަރު އަހަރުކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމުރު ވިދާޅު ވުމުން އެއްވެސް ރައްޔިތަކު ހައިރާނެއް ނުވާނެއެވެ. ކޮވިޑްގެ އާލަމީ ވަބާގައި ދުނުޔޭގެ ގިނަ ކުންފުނިތައް ބަނގުރޫޓްވެ އަރައި ނުގަނެވޭ ވަރުގެ ގެއްލުންތަކާ ކުރިމަތި ލާން ޖެހުނެވެ. އެހެން ނަމަވެސް އެސްޓީއޯ އެހާލަތަށް ނުވެއްޓި އެއް ކުއާޓަރ އިން އަނެއް ކުއާޓަރ އަށް ނަފާވެރި ކުންފުންޏެއްގެ ގޮތުގައި ކުރިއަރަމުން އައީ ހީވާގި ގާބިލު މުއައްޒަފުންތަކެއްގެ ހިތްވަރުންނެވެ. އެސްޓީއޯގެ ހަރަދުތައް ކުޑަކޮށް ނަފާވެރި ކުންފުންޏެއްގެ ގޮތުގައި ދެމިއޮންނަނީ މުއައްޒަފުންގެ ހުރި ކެރުންތެރިކަމާ ދުރުވިސްނުމާއި ކުޅަދާނަކަމުން ކަމަށް އެމްޑީ އެއްބަސްވެ ވަޑައިގަނެއެވެ.

ޔޫކްރެއިންގެ ހަނގުރާމައިގެ ނުބައި އަސަރު ދުނިޔޭގެ ބަޒާރަށް ކޮށްފައިވާ މި ދަނޑިވަޅު ވެސް އެސްޓީއޯއިން އެއް ކުއާޓަރއިން އަނެއް ކުއާޓަރއަށް ހޯދާ ނަފާ ބޮޑުވެފައި ދޭ ހިދުމަތުގެ ފެންވަރު ދުވަހަކަށް ވަނީ ރަނގަޅެވެ. އެމްޑީ ހުސައިން އަމްރުގެ ހުރިހާ ތައުރީފެއް އޮހެނީ އެސްޓީއޯގެ ހީވާގި މުއައްޒަފުންނަށެވެ. 

ރައީސް ސާލިހުގެ ހެޔޮވެރި ކަމުގައި އެސްޓީއޯ ހޯދާ ކާމިޔާބީ ތަކުގެ ސިއްރަކީ ހަމަހަމަ ތަފާތު ނުކުރުމުގެ ސިޔާސަތުގެ ދަށުން މިނިވަން ކަމާއެކު ދައުލަތުގެ ކުންފުނިތައް ހިންގުމަށް ޖާގަ ދެވިފައި އޮންނަ އޮތުމެވެ. ރައްޔިތުންނަށް ތަފާތު ނުކޮށް ހަމަހަމަ ކަމާއެކު ހިދުމަތް ދިނުމަށް ރައީސް ދެއްވާ އިސްކަމެވެ.