ކޭޕާކް ސްކޭމްގެ މުގުލުގައިވެސް މުއިއްޒުތަ!؟
ކޭޕާކް ބިންދިނީ އޭރު މަތިފަޑީގައި ތިބި ބަޔަކު 1 މިލިއަން ޑޮލަރު ނަގާފާ
ކޭޕާކުގެ ހައުސިންގ ސްކީމަކީ ކުޑަ މަންޑޭ ( ހަސަން މަމްދޫހު ) ލައްވާ ރައީސް ޔާމީނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުރިއިރު ހިންގުވާފައިވާ ސްކޭމެއް ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެއެވެ. ލިބުނު މައުލޫމާތަށް އިތުރު ބާރެއް ލިބިގެން ދިޔައީ އަހުމަދު ސަލީމް (މާޒް ސަލީމް) މިއަދު ކުރެއްވި އެކްސް ޕޯސްޓްއިންނެވެ.
ކޭޕާކް ހައުސިން ސްކީމަކީ ގެދޮރުވެރި ކަމުގެ ނަމުގައި މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ޖަރީމާއެވެ. ކޭޕާކް ސްކޭމަކީ 2016 ވަނައަހަރު އޭރުގެ ސަރުކާރުގެ މަތިފަޑީގައި ތިބި ބަޔަކު 1 މިލިއަން ޑޮލަރު ނަގާގެން ހިންގު ޖަރީމާއެއް ކަމަށް ވެއެވެ. އެކަމުގައި އެޗްޑީސީގެ އޭރުގެ ބައެއް އިސްވެރިންވެސް ބައިވެރިކޮށްފައިވާ ކަމަށް އެނގިފައިވެއެވެ.
މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ކޭޕާކް ޢިމާރާތް ހެދުމަށް ހުޅުމާލޭން ބިން ދިނީ މަންޑޭގެ ކަރުދާސް ކުންފުންޏަކަށް އެޗްޑީސީން ދޫކުރި ބިމެއްގެ ގޮތުގައެވެ. މަންޑޭލައްވާ މިސްކޭމް ހިންގުވީ ކޮރެއާގެ ކިމް ކިޔާމީހަކު ބައިވެރިކޮށްގެން ހަމްބޯ ކޮރެއާގެ ނަމުގައި ކަރުދާސް ކުންފުންޏެއް އުފައްދައިގެންނެވެ. ކޭޕާކުގެ ނަމުގައި ކުރެހުމެއްހަދާ އޭރުގެ އެޗްޑީސީ މެދުވެރިވެގެން އެތަން މާރކެޓް ކުރުވީއެވެ.
ކޮރެއާގެ ކިމްއާއެކު ހެދި ކަރުދާހު ކުންފުނިން ހަންބޯ ކޮރެއާގެ ނަމުގައި 30އަށް ވުރެ ގިނަ ފްލެޓަށް ފައިސާ ނަގައިގެންވެސް އިމާރާތް ކުރަން ފެށޭގޮތް ނުވުމުން ސިނަމާލެ ބުރިޖް އެޅިއިރު އެތާ މަސައްކަތުގައި އުޅުނު މީހުނަށް ބޭނުންވާ ބައެއްތަކެތި ސަޕްލައި ކުރަން އުޅުނު ޗައިނާގެ ޖިން ޝިހޫ ކިޔާ މީހަކާއެކީ ހަމްބޯ ކޮމްޕެނީ ނަމުގައި އަލުން ކުންފުންޏެއް އުފެއްދީއެވެ. އަލުން އުފެއްދި ހަންބޯ ކުންފުނީގައި ޗައިނާގެ ޖިން ޝިހޫ ބައިވެރިކުރުވާ އެކަން އޭނާކުރާ ކަމަކަށް ހެއްދީ ކުންފުނީގެ %95 ހިއްސާ ޗައިނާގެ ޖިން ޝިހޫ ދީގެންނެވެ.
ކޭޕާކް އިމާރާތުގައި ކުރެވިފައިވާ އެއްވެސް މަސައްކަތަކީ ޗައިނާގެ ޖިން ޝިހޫ ނުވަތަ މަންޑޭގެ ލޯލާރިއެއްވެސް ހަރަދުކޮށްގެން ކޮށްފައިވާ މަސައްކަތެއް ނޫނެވެ. އެކަމަށް ސަރުކާރަކުންވެސް އަދި އެޗްޑީސީއަކުންވެސް އެއްވެސް ހަރަދެއް ކޮށްފައެއް ނުވެއެވެ. ކުރިކަމެއްކުރީ އެތައް ބަޔަކު އަތުން އެޕާޓްމަންޓް ވިއްކުމަށް މަކަރާ ހީލަތުން ހޯދި ފައިސާއިންނެވެ.
މުއިއްޒުގެ ހައުސިންގ މިނސްޓްރީއާއި އެޗްޑީސީ ގުޅިގެން ހަންބޯއިން ހިންގި ނުރައްކާތެރި ސްކީމް މާރކެޓް ކޮށްދިނީ އެޗްޑީސީގެ ވެބްސައިޓުންނެވެ. އާއްމު ރައްޔިތުން އެތަނުން އެޕަރޓްމަންޓް ގަތުމަށް ފައިސާދައްކަމުން ދިޔައީ އެޗްޑީސީއަށް އިތުބާރުކޮށްގެނެވެ. އެތައް ބަޔަކަށް އެއް އެޕާޓްމަންޓް ވިއްކިޔަސް އެނގޭކަމަށް ނުހަދާ އޭރުގެ ހައުސިންގ މިނިސްޓަރ މުއިއްޒު ލޯމަރަލައިގެން ހުރީ ބައިއަޅާގެން ހިންގި ސްކޭމަކަށް ވާތީއެވެ. މުއިއްޒު މިނިސްޓަރުކަމުގައި ހުރިހާ ދުވަހު އެއްވެސް ކަމެއް ނުބަލާ ބާއްވައިގެން މަންޑޭ ހެދީ އެ ބޮޑުސްކޭމްގެ ގުރުބާން ކަންބަޅިއަށެވެ.
ހަންބޯ ކުންފުނީގެ %95 ހިއްސާދާރު ޗައިނާގެ ޖިން ޝިހޫއަކީ ސްކޭމަރެއް ކަމަށް ހަދާ އޭނާގެ ބޮލަށް މުޅި މައްސަލަ ކަނޑާލުމުގެ މީޑިއާ ސްޓަންޓް މިހާރު ވަނީ ފަށާފައެވެ. ކަންނިމޭއިރު %5 ހިއްސާއޮތް މަންޑޭ މައުސޫމަކަށްވެ މުޅި ހަންބޯކުންފުންޏަކީ ވެރިންނަށް ބައިއަޅައިގެން މަންޑޭގެ ސްކޭމް ޓޫލަށް ބަދަލުވާނީއެވެ.
މުއިއްޒުގެ ވެރިކަން ފެށުމާއެކު ކޮށްލަން ހުރިކަންކަން ކުރިޔަށް އޮތް 2 މަހެއްތެރޭގައި ނިންމުމަށްފަހު ކޭޕާކް އަލުން މަންޑޭއާ ހަވާލުކޮށްގެން ކެޕާކް މައްސަލަ ކޮލެއްގައި ޖައްސާ ނިންމަން މުއިއްޒު ދަނީ މަސައްކަތް ކުރަމުންނެވެ. މަންޑޭލައްވާ މިހާރު ފްލެޓްގަތުމަށް ފައިސާދެއްކި މީހުންނަށް ޑިމާންޑް ކުރުވަމުން ދަނީ އެޕާޓްމަންޓަށް ދޭން އޮތް ބާކީފައިސާ އަވަހަށް ހަމަޖައްސާ ނިންމުވުމަށެވެ.