މޭޔަރ އާޒިމު ދައްކަވާ ދެއްވަނީ ތަފާތު ނަމޫނާއެއް
2 އަހަރުތެރޭގައި މާލެސިޓީގެ މިސްކިތުގެ ފާހަނާތައް ފަސް ތަރީގެ ފާހަނާ ތަކަކަށް
ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ނަތީޖާ ނެރެދިނުމުގައި އާދަމް އާޒިމް ވަރުގެ ދިވެއްސަކު މަދުވާނެއެވެ. ކަމަށް ކަމޭ ހިތުމާއި ބޭނުންވާ ލަނޑު ދަނޑި ހާސިލު ކުރުމަށް ރެޔާއި ދުވާލު ހުއްޓިނުހުރެ މަސައްކަތްކުރުމުގައި އާދަން ވަރެއް ހަމަނެތެވެ.
އާޒިމު މަސައްކަތް ކުރައްވަނީ ވަގުތާއި ހާލަތާއި އެނގިވަޑައިގެން ހުންނަވައެވެ. ހިދުމަތް ލިބިގަންނަ މީހުންގެ އިހުސާސާ ވިންދާ އެއްގޮތަށެވެ. ކުރައްވަންޖެހޭ ކަމެއް ކުރަންޖެހޭ ވަގުތަށް ފެންވަރު ހުރި ގޮތެއްގައި ކުރައްވަނީ އެވަގުތަކަށް އެކަމެއް ކުރެއްވެން އޮތް ގޮތެއް ބައްލަވައިގެންނެވެ.
މާލެ ސިޓީގެ މިސްކިތްތަކުގެ ފާހާނާތައް ފަސް ތަރީގެ ފެންވަރަށް ގެނައުމަކީ މިހާރު އާދަން އާޒިމްގެ އަމާޒެކެވެ. އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި ތަނެއްގެ ތާހިރުކަން މިނާ މިންގަނޑަކީ އެތަނެއްގެ ފާހާނާއެވެ. ފާހާނާ ސާފުތާހިރު ނޫން ތަނެއްގައި އޮންނާނެ ސާފުތާހިރު ކަމެއް ނުއޮންނާނެކަން އާޒިމަށް އެނގިވަޑައިގަންނަވައެވެ.
ފެންވަރު މަތިކޮށް ތަރައްގީ ކުރަންވެފައި މިސްކިތްތަކުގެ ފަހާނާތައް ނޫންކަމެއް ނެތީއެއް ނޫނެވެ. އެހެނެއްކަމަކު އެއްވެސް ކަމެއް ނޫންކަމަށް ދޫކުރެވި އިހުމާލުކުރެވިފައި ހުންނަ ކަންކަމުން ލިބޭ ގެއްލުން ބޮޑުކަން އާދަމަށް ވިސްނިވަޑައި ގަންނަވައެވެ.
މިސްކިތްތަކުގެ ސާފު ތާހިރުކަމަށް އިސްކަން ނުދެވޭ ބަޔަކަށް އެހެން ކަމަކަށް އިސްކަމެއް ނުދެވޭނެއެވެ. އެކަމަކުން ސީދާ ނަގުދު ފައިސާ ނުލިބޭކަމަކަށް ވަގުތާއި ފައިސާ ހޭދަކުރުމަކީ މޮޔަކަމެއް ކަމުގެ ވިސްނުން މީހުންގެ ތެރޭގައި އަށަގަނެފައިވާ ޒަމާނެއްގައި އާޒިމު ދައްކަވާ މިދެއްވަނީ ތަފާތު ނަމޫނާއެކެވެ.
މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަމާއި މިސްކިތްތަކުގެ ފާހާނާތަކުގެ ސާފުކަމާ ގުޅިފައިވާ މިންވަރު ނިކަން ރަނގަޅަށް އާޒިމަށް އެނގިވަޑައިގަނެއެވެ. އެންމެ އާދައިގެ ކަންކަން ކަމަށް މީހުން ދެކޭކަން ރަނގަޅުނުވެ ރަނގަޅުވާނެއެހެން ކަމެއް ނުއޮންނާނެކަން އާޒިމަށް އެނގިވަޑައި ގަނެއެވެ.
މިސްކިތްތައް ސާފު ކުރުމުގައި ހަރަކާތްތެރި ވާނީ ދިވެހިން ކަމަށްވެސް މިހާރު ވަނީ ހައްދަވާފައެވެ. އާޒިމު އެދިވަޑައިގަތުމަކީ މިސްކިތްތަކަކީ ވަރަށް ވަރަށް ރީތި ތަންތަނޭ މީހުން ބުނާ ވަރަށް އެކަން ކޮށްދެއްވުމެވެ.
އާދަމް އާޒިމުގެ އަމާޒަކީ މާލެސިޓިގެ މިސްކިތުގެ ފާހަނާ ތަަކަކީ ފަސް ތަރީގެ ފާހަނާ ތަކަކަށް ހެއްދެވުމެވެ. ހަމައެކަނި އަމާޒެއްގެ ގޮތުގައި އެކަން އޮތީއެއް ނޫނެވެ. މަސައްކަތް ފަށައިގެން މިހާރު ދަނީ ކުރިއަށެވެ. ކުރިއަށް އޮތް ދެއަހަރު ތެރޭގައި މާލެ، ވިލިމާލެ، ހުޅުމާލޭގައި ހުންނާނީ ފަސް ތަރީގެ ރީތި ފާހަނާ ތަކަށް ހައްދަވާ ނިންމަވާނެއެވެ.