މާލެއަކީ އަމާން ތަނަކަށްހެދުމުގާ މޭޔަރ އާޒިމް!

ކައުންސިލަރުންނާ މޭޔަރގެ ސިޔާސީ ފިކުރު ތަފާތަސް މަސައްކަތް ސަތޭކަ!

މާލެއަކީ އަމާން ތަނަކަށްހެދުމުގާ މޭޔަރ އާޒިމް!

މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް މޭޔަރުކަމާ ހަވާލުވެ މާލެ ސިޓީގެ ލާބައަށް ހޯދަމުންދާ ކުރިއެރުންތަކުގެ ތެރެއިން ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ. މުޅި މާލެ ސިޓީ ކައުންސިލަކީ ސިޔާސީ ގޮތުން މޭޔަރ އާޒިމާ ފިކުރު ދިމާވާ ބައެއް ނޫން ނަމަވެސް އާޒިމް ކުރައްވާ ގައުމީ މަސައްކަތުގައި އެކަމެއް ނޯވެއެވެ. ގައުމުގެ ހެވާ ލާބައަށް ކުރެވޭ ކޮންމެ ކަމަކަށް އެމްޑީޕީ އަބަދުވެސް މަރުހަބާ ކިޔައެވެ. އެހެން ކަމުން މޭޔަރާ ކައުންސިލް ގުޅިގެން މަސައްކަތް ކުރަމުން ދަނީ މާލޭސިޓީގެ ހެވާ ލާބައަށެވެ. ރައްކާތެރި ކަމަށެވެ. 

ގަވައިދާ ހިލާފަށް ކާބޯތަކެތި ވިއްކުމާއި ގެސްޓްހައުސް ހިންގާ ބިދޭސީންގެ މައްސަލަ:

  • ސާފުތާހިރުކަން ކުޑަކޮށް ގަވާއިދާ ހިލާފަށް މާލޭގައި ހިންގާ ކެފޭތައް ބަލާ ޗެކުކޮށް ކަމާބެހޭ އިދާރާތަކަށް ދަނީ އަންގަމުން.
  • އިމިގްރޭޝަނަށާއި ފުލުހުންނަށް މިދަނީ އަންގަމުން ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ގެސްޓްހައުސް ފަދަ ތަންތަން ބަލާ ޗެކުކޮށް، އިމިގްރޭޝަނަށާއި ފުލުހުންނަށް ދަނީ އަންގަމުން.

މަސައްކަތުގައި ފާހަގަކޮށްލެވޭ މުހިން ބައެއްކަންކަން:

  • ޑޭޓާ ބޭސްގައި ހުރި ވަރަށް ބައިވަރު ތަންތަން ވަނީ ދެނެގަނެވިފައި.
  • މަސައްކަތް ކުރަނީ އިމިގްރޭޝަން އާއި ގުޅިގެން ވަރަށް ކައިރިން. 
  • ސަރުކާރުގެ އެއްބާރުލުން ލިބޭ. 
މާލޭ މަގުމަތީގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދާ މީހުނަށް ފިޔަވަޅުއެޅުން: 
  • ގަވާދާހިލާފްވި 350 ފަރާތަކަށް ހުސްވި މަހު ފިޔަވަޅުއެޅި.
  • ޕާކުތަކާ މިސްކިތްތަކުގައި ނިދާ 1025 މައްސަލަ އަކަށް އެޓެންޑްވި.
  • އޭސީއާއި ދިއަ ދޮވިތަކުންނާއި އެހެނިހެން ގޮތްގޮތުން މަގުމައްޗަށް ފެންފައިބާ 400 އަށް ވުރެ ގިނަ މައްސަލަ ފާހަގަކުރެވި ރަނގަޅު ކުރުމަށް އެންގާ އޭގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ މައްސަލަ ހައްލުކުރި.   
މާލެސިޓީގެ ވޭސްޓް މެނޭޖު ކުރުން:
  • އާޒިމްގެ މޭޔަރު ކަމުގެ ފުރަތަމަ ހަމަހު 7498 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު.
  • މިދިޔަ ރޯދަމަހު މުޅިންހެން ގޮނޑުވެފައި އޮތް މާލެ ވަރަށް ބޮޑަށް ސާފުކޮށް ތާހިރުކުރި.
  • ކުނި އެޅުމަށް ހާއްސަކުރެވިފައިވާ ތަންތަނަށް ކުނި އެޅުމަށް ބާރުއަޅާ ކޮންމެ ދުވަހަކު ވަކިވަކީން މީހުނާ މޭޔަރު ބައްދަލުކޮށް އެއްބާރުލުން ހޯދަމުންދޭ. 
މާލޭގައި ނުރައްކާތެރިކޮށް ހުރި އިމާރާތްތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުން: 
    • ސިޓީސް މިނިސްޓްރީއާއި މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސް އާއި އެމްޓީސީސީއާއި ވެމްކޯ އާރުޑީސީ މަޝްވަރަކޮށް ނުރައްކާތެރިކޮށް ހުރި އިމާރާތްތަކާމެދު ކަންކުރާނެ ގޮތްތަކެއް ހޯދުނު. 
    • ކަންބޮޑުވުން ހުރި ތަންތަނު ލިސްޓެއް އެކުލަވާލާ ސަރުކާރާ ހިއްސާކުރި. ހުރިހާ އެންމެން ގިނަ ބައްދަލުވުންތަކެއް ބޭއްވުމަށްފަހު މިހާރު މިވަނީ އެއް އިމާރާތް ތަޅަން ފެށިފައި. އަޅުގަނޑުމެން ވާނެ އެދިފަ މިކަމުގައި ބޮޑު ލިސްޓެއް އޮންނާނެ.
    • ނުރައްކާތެރިކޮށް ހުރި އިމާރާތެއް ތަޅާލުމުގެ މަސައްކަތްފަށާ ކުރިއަށް ގެންދަމުން އެބަދޭ.
    • ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ހުންނަ ތަންތަން ތަޅާ ސާފުކޮށް ހެދުން ކުރިއަށް ގެންދާނެ.